ރާއްޖޭގައި އޮތް ފުޓްބޯޅަ ފޯރިއަށް ފަބްރީޒިއޯގެ ތައުރީފް

އިއްޔެގެ މެޗުގެ ތެރެއިން ފަބްރީޒިއޯ ބޯޅަ ހިފައިގެން.--- ފޮޓޯ: އިސްމާއިލް ތޯރިގު.

އިއްޔެގެ މެޗުގެ ތެރެއިން ފަބްރީޒިއޯ ބޯޅަ ހިފައިގެން.--- ފޮޓޯ: އިސްމާއިލް ތޯރިގު.

ރާއްޖޭގައި އޮތް ފުޓްބޯޅަ ފޯރިއަކީ ކުޅިވަރުގެ އެކި ދާއިރާއިން ކުރިއަށްދާން ބަލާއިރު ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ދުނިޔޭގައި މި ވަގުތު ހުރި އެންމެ ކުޅަދާނަ ފުޓްބޯޅަ ޖާނަލިސްޓް އިޓަލީގެ ފަބްރީޒިއޯ ރޮމާނޯ ބުނެފި އެވެ.

ފުޓްބޯޅަ ޓްރާންސްފާ ތަކުގެ ހަބަރުތައް ގެނެސްދިނުމުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަބްރީޒިއޯ މި ވަގުތު ހުރީ ރާއްޖޭގަ އެވެ. ޔޫތު މިނިސްޓްރީ އިން އިސްނައިގައިގެން އިއްޔެ ވަނީ ރާއްޖޭގެ ކުޅިވަރު ނޫސްވެެރިންނާއި ފަބްރީޒިއޯއާ އެކު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ވެސް ކުޅެފަ އެވެ. މި މެޗުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ކުޅުއްވި އެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން ފަބްްރީޒިއޯ ވަނީ ރާއްޖޭގައި ފުޓްބޯޅަ އަށް އޮތް ލޯބި ފެނިފައި އެކަން ފާހަގަކޮށްފަ އެވެ.

އޭނާ ބުނީ ރާއްޖެއަކީ ފުޓްބޯޅައިގެ ލޯބި ބޮޑު ގައުމެއް ކަމަށާއި، މިއީ ކޮންމެ ކަމެއްގައި ކުރިއަށްދާން ބެލިޔަސް އެންމެ މުހިންމު ކަންތައްތަކެއް ކަމަށެވެ. އެ ގޮތުން ކުޅިވަރު ނޫސްވެރިކަމުގެ ދާއިރާގައި ކުރިއަށްދާން ބޭނުން ވިޔަސް އަބަދުވެސް ކޮންމެ ދުވަހަކަށް ވުރެ ރަނގަޅަށް ދެން އަންނަ ދުވަހު މަސައްކަތް ކުރުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

ކްރޮސްރޯޑްސްގައި އިއްޔެ ކުޅުނު އެކުވެރިކަމުގެ ފުޓްސަލް މެޗުގެ ތެރެއިން ފަބްރީޒިއޯގެ ޓީމު.-- ފޮޓޯ: އިސްމާއިލް ތޯރިގު

"ކޮންމެ ކަމެއް ކުރިއަސް އެކަމަށް ބޭނުންވާ ޕެޝަން ހުރެއްޖެއްޔާ ކާމިޔާބުކުރެވޭނެ. މިއީ ކޮންމެ ކަމެއް ކުރަން ބެލިޔަސް މުހިންމުކަމެއް. އަހަންނަށް ރާއްޖެއިން ފެންނަނީ ވަރުގަދަ ލޯތްބެއް މި ކުޅިވަރަށް އޮތްތަން. ދިވެހިންގެ ސަގާފަތާވެސް ގުޅިފައި އޮތް ބޮޑު ކަމެއްގެ ގޮތުގައި އަހަރެން މިކަން ފާހަގަކުރާނީ" މިދިޔަ މާޗު މަހު ރާއްޖޭގައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ބައިވެރިވުމަށް ރާއްޖެ އައި ފަބްރީޒިއޯ ބުންޏެވެ.

ފަބްރީޒިއޯ ވަނީ މި އިންޓަވިއުގައި އޭނާގެ ނޫސްވެރިކަމުގެ މުހިންމު ތަޖުރިބާތައް ހިއްސާކޮށްފަ އެވެ. މިގޮތުން ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ކުރިއަށްދާން އޭނާ އަށް ދިމާވި ގޮންޖެހުންތަކާއި އޭނާގެ ދަތުރުގެ އެކި ވާހަކަތައް ރާއްޖޭގެ ނޫސްވެރިންނާ ހިއްސާކުރި އެވެ.

ފަބްރީޒިއޯ ބުނީ ކޮންމެ ކަމެއްގައި ވެސް އެންމެ މުހިންމީ އެންމެންނަށް އިހުތިރާމް ކުރުން ކަމަށާއި، ކުޅޭ ކުޅުންތެރިއެއް ވިޔަސް އަދި އެންމެ އާދައިގެ ނޫސްވެރިއާ އަށް ވެސް ދޭން ވަނީ އެއް ވަރެއްގެ އިހުތިރާމެއް ކަމަށާއި، އެއީ ކުރިއަށްދާން ހުޅުވޭނެ އެންމެ މުހިންމު ދޮރުކަމަށެވެ.

"އަހަންނާ ދިމާވެއްޖެ މެސީމެން ކަހަލަ ދުނިޔޭގެ އެންމެ މަތީ މީހުންނާ. އާދައިގެ ޖާނަލިސްޓުންނާ ވެސް ދިމާވެއްޖެ. އެކަމަކު، އަބަދުވެސް އިހުތިރާމާ އެކު އެންމެންނަށް ތަފާތުކުރުމެއް ނެތި އަހަރެން ވާހަކަދައްކަނީ. އެއީ ތި އެންމެންނަށްވެސް އޮތް މެސެޖަކީ" ފަބްރީޒިއޯ، 29، ބުންޏެވެ.

އިޓަލީގެ ނަޕޯލީ އަށް އުފަން ފަބްރީޒިއޯ މިވަގުތު އޭނާގެ ރަސްމީ މަސައްކަތްތައް ކުރަނީވެސް ރާއްޖޭގައި ހުރެ އެވެ. މި ގޮތުން މި ދުވަސްކޮޅު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ އެކި ހަބަރުތަކާއި، ކުރިއަށް އޮތް ފުޓްބޯޅަ ޓްރާންސްފާގެ ހަބަރުތައްވެސް އޭނާ އަންނަނީ ރާއްޖޭގައި ހުރެ ގެނެސްދެމުންނެވެ.

ވޯލްޑް ކަޕްގެ މެޗުތައް އޭނާ ބަލަމުން އަންނަނީ ކްރޮސްރޯޑްސްގައި މެޗުތައް ބެލުމަށް ހާއްސަ ތަންތަނުގަ އެވެ. އެހެންކަމުން އެތަނުގެ މުވައްޒަފުންނާއި ފަތުރުވެރިންގެ މެޗުގައި ފުޓްބޯޅައަށް އޮތް ލޯބި އޭނާ އަށް ވަނީ ފާހަގަވެފަ އެވެ.

އިއްޔެގެ މެޗުގެ ތެރެއިން ފަބްރީޒިއޯ: އޭނާ ވަނީ މި މެޗުގައި ހަ ގޯލު ޖަހާފައި.-- ފޮޓޯ: ރާއިފް ޔޫސުފް/ ޔޫތު މިނިސްޓްރީ

މިއަހަރުގެ ފީފާ ވޯލްޑްކަޕާ ގުޅޭގޮތުން ފަބްރީޒިއޯ ބުނީ މިއީ މިހާތަނަށް އޭނާ ބެލި އެންމެ ތަފާތު އަދި ފޯރިގަދަ މުބާރާތްކަމަށާއި، ސެމީ ފައިނަލުގައި ކުޅޭ ޓީމްތަކުގެ ތެރެއިން ފްރާންސާއި އާޖެންޓީނާ އަކީ ސެމީ އަށް އަންނާނެކަމަށް ކުރިން އުއްމީދުކުރި ދެ ގައުމުކަމަށެވެ. ނަމަވެސް އަނެއް ދެ ޓީމަކީ ސަޕްރައިޒިން ދެ ޓީމްކަމަށް ފަބްރީޒިއޯ ބުންޏެވެ.

ފަބްރީޒިއޯ ބުނީ މިހާރު ޓީމްތަކުގެ ހާލަތާއި ކަންތައްތަކަށް ބަލާއިރު ތަށި ނެގުން ގާތީ އާޖެންޓީނާ ކަމަށެވެ. ސެމީ ފައިނަލުގައި އާޖެންޓީނާ އަށް ކްރޮއޭޝިއާ އަތުން މޮޅުވެވޭނީ ޕެނަލްޓީ ޖަހައިގެންކަމަށާއި، އަނެއް ސެމީ ފައިނަލުގައި މޮރޮކޯ އަތުން ފްރާންސް މޮޅުވުން ގާތްކަމަށެވެ. ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕްގައި ފެންނަ ތަފާތު ކަންތައްތަކަށް ބަލާއިރު 100 ޕަސެންޓް ދެވޭނެ އެއްވެސް ކަމެއް ނެތްކަމަށްވެސް އޭނާ ބުންޏެވެ.

ރާއްޖޭގައި ހޭދަކުރަމުން އަންނަ އުފާވެރި ދުވަސްތަކުގެ ވާހަކަ ހިއްސާކުރަމުން އޭނާ ބުނީ ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެއްކަމަށާއި، މި ގައުމަށް ހާއްސަ ޖާގައެއް މިހާރު އޭނާ އަށް ދެވިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ގިނައިން ރާއްޖެ އަންނާނެކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox