ކޮކާކޯލާގެ ނަސީބުވެރިންނަށް: ގަތަރު ވޯލްޑް ކަޕް ބަލާލުމަށް ތަފާތު ފުރުސަތެއް

ގަތަރު ވޯލްޑް ކަޕަށް ހާއްސަކޮށް ކޮކާކޯލާ ކުންފުނިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބު ވެރިން ދުބާއީގެ ބުރްޖް ހަލީފާ އެންމެ މަތީގައި ނަގާފައިވާ ފޮޓޯއެއް.

ގަތަރު ވޯލްޑް ކަޕަށް ހާއްސަކޮށް ކޮކާކޯލާ ކުންފުނިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބު ވެރިން ދުބާއީގެ ބުރްޖް ހަލީފާ އެންމެ މަތީގައި ނަގާފައިވާ ފޮޓޯއެއް.

"އަންކެޕް، ބިލީވް، ފުލައި،"

މިއީ ރާއްޖޭގެ ކޮކާކޯލާ ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ސްލޯގަން އެވެ. އެއީ ގަތަރުގައި މިހާރު ކުރިއަށްދާ، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕްގެ މެޗެއް ބަލާލުމުގެ ފުރުސަތު އަށް ނަސީބުވެރިޔަކަށް ދޭން ހުޅުވާލި ފުރުސަތެކެވެ. އެ ފުރުސަތު ދިނީ އޭގެއިން ކޮންމެ ނަސީބު ވެރިޔަކަށް ވެސް އިތުރު އެހެން މީހަކު ގެންދެވޭ ގޮތަށެވެ.

މިއީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް މަދު ގައުމެއްގައި ނޫނީ ލަކީޑްރޯ އަކުން ނަސީބު ވެރިޔާގެ އިތުރުން އެހެން މީހަކަށް އެ ފުރުސަތު ފަހިވާގޮތަށް އޮންނަ ޕްރޮމޯޝަނެކެވެ.

ކޮކާކޯލާ ކުންފުނިން ކޮންމެ ވޯލްޑް ކަޕާ ދިމާކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި މި ފަހަރުގެ ނަސީބު ވެރިންނަށް ވަނީ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިފަ އެވެ. މީގެ ކުރިންނަމަ، ޕްރޮމޯޝަނުގެ ނަސީބު ވެރިން ދާނީ ރާއްޖޭން ފުރައިގެން ސީދާ މުބާރާތް ހޯސްޓްކުރާ ގައުމަށެވެ.

ކޮކާކޯލާގެ ޕްރޮމޯޝަންގެ ނަސީބު ވެރިން އިއްޔެ ޑެޒާޓް ސަފާރީ ޓުއާގައި ނަގާފައިވާ ފޮޓޯއެއް.

އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ގަތަރުގައި ކުރިއަށްދާއިރު، ގިނަ ބަޔަކު ދުބާއީގައި މަޑުކޮށްފައި، ވެސް މެޗު ބަލަން ގަތަރަށް ދެ އެވެ. ކޮކާކޯލާ އިން އިންތިޒާމް ހަމަޖައްސާފައިވަނީ ވެސް އެ ގޮތަށް، ދުބާއީގައި މަޑުކޮށްފައި، ހަމައެކަނި މެޗު ބަލަން ގަތަރަށް ދާ ގޮތަށެވެ.

ދުބާއީ ޓުއަރިޒަމްގެ ތަޖުރިބާތަކެއް

މިދިޔަ އާދިއްތަ ދުވަހު، ކޮކާކޯލާގެ ނަސީބުވެރިން ހިމެނޭ ޓީމު މާލޭން ފުރީ ދުބާއީ އަށެވެ.

ދުބާއީގައި މިދިޔަ ދެ ދުވަހު ވަނީ ކޮކާކޯލާ ކުންފުނިން ހަމަޖައްސައިދިން އިންތިޒާމްތަކުގެ ތެރެއިން ދުބާއީ ޓުއަރިޒަމްގެ މުހިންމު އިވެންޓްތަކެއްގައި ބައިވެރިވެ، ތަޖުރިބާތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ދޯ ކްރޫޒިންގައި ޑައިނިން އެކްސްޕީރިއަންސާއި، ދުނިޔޭގެ އެންމެ އުސް ޓަވަރު، ބުރްޖް ހަލީފާ އަށް ދިއުމުގެ އިތުރުން ޑެޒާޓް ސަފާރީ އެކްސްޕީރިއަންސް ހިމެނެ އެވެ.

ދުނިޔޭގެ ޓުއަރިޒަމް ސިނާއަތަށް ބެލިޔަސް އެންމެ ކުރިއަރާފައިވާ އެއް ސިޓީ ކަމަށްވާ ދުބާއީގައި، ކޮކާކޯލާ ޕްރޮމޯޝަންގެ ނަސީބު ވެރިންނަށް މި ދޭ ފުރުސަތަކީ "މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް" ކަމަށް ކޮކާކޯލާ ކުންފުނިން ބުނެ އެވެ.

މެޗު ބަލަން ގަތަރަށް: ތާރީހީ ސްޓޭޑިއަމެއްގައި ކުޅޭ ހާއްސަ މެޗެއް

ކޮކާކޯލާ ޕްރޮމޯޝަނުން މި ފަހަރު ނަސީބު ވެރިންނަށް ބަލާލަން ލިބުނު މެޗަކީ ގަދަ 16 ޓީމު ބައްދަލުކުރާ ބުރުގައި ޕޯޗުގަލް އާއި ސްވިޒަލެންޑްގެ މެޗަށެވެ.

ސްވިޒަލެންޑާއި ޕޯޗުގަލް މެޗު ބަލަން ދިއުމަށް ކޮކާކޯލާގެ ޕްރޮމޯޝަންގެ ނަސީބުވެރިން ދުބާއީ މަގުން ގަތަރަށް ދާނީ މިއަދު މެންދުރު ފަހު އެވެ. މި މެޗު ކުޅެނީ މި ފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުކުރި ސްޓޭޑިއަމްތަކުގެ ތެރެއިން އެންމެ ޖާގައިގެ ގޮތުން ތަނަވަސް ލުސައިލް ސްޓޭޑިއަމްގަ އެވެ.

ލުސައިލް ސްޓޭޑިއަމަށް 88،966 މީހުންނަށް މެޗު ބަލަން ވަދެވެ އެވެ.

ލުސައިލް ސްޓޭޑިއަމްގައި މިރޭ ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ގިނަ ތަރިންތަކެއް ކުޅޭ ފީފާ ވޯލްޑް ކަޕްގެ މެޗެއް ބަލާލުމަށް ކޮކާކޯލާ ކުންފުނީގެ ފަރާތުން ދިން ފުރުސަތުގައި ނަސީބުވެރިންނަށް ލިބޭނީ ވޯލްޑް ކަޕަށް ތައްޔާރުކުރި ތާރީހީ ސްޓޭޑިއަމްގަ އެވެ. މިއީ މި ނަސީބުވެރިންނަށް މުޅި އުމުރު ދުވަހަށް ވެސް ސިކުނޑީގައި ރައްކާކޮށްލަން ލިބޭނެ ހަނދާންތަކަކަށް ވާނެ ކަމަށް ކޮކާކޯލާ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox