ބްރޫނޯ ފެނާންޑޭސްގެ ދެ ގޯލުން މޮޅުވެ ޕޯޗުގަލް ވެސް ދެ ވަނަ ބުރަށް

Nov 28, 2022, 9:41 PM
ބްރޫނޯ ފެނާންޑޭސްގެ ދެ ގޯލުން މޮޅުވެ ޕޯޗުގަލް ވެސް ދެ ވަނަ ބުރަށް

ލުސައިލް، ގަތަރު (ނޮވެމްބަރު 29) - ބްރޫނޯ ފެނާންޑޭސްގެ ދެ ގޯލާ އެކު އުރުގުއޭ 2-0 އިން ބަލިކޮށް ގަދަ 16 އިން ޕޯޗުގަލް ޖާގަ ހޯދައިފި އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް ގަދަ 16 އިން ޖާގަ ހޯދި ޕޯޗުގަލް އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނަގައި އޮތީ ދެކުނު ކޮރެއާ އަތުން މޮޅުވެ، ތިން ޕޮއިންޓް ހޯދާފައިވާ ގާނާ އެވެ. ތިން ވަނައިގައި އޮތް ދެކުނު ކޮރެއާ އަދި ފުލުގައި އޮތް އުރުގުއޭ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި ގްރޫޕުން ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭނެ ޓީމެއް އެނގޭނީ ފަހު މެޗުގައި ގާނާ އާއި އުރުގުއޭ ވާދަކުރާ މެޗުންނެވެ. މި މެޗުން އުރުގުއޭ މޮޅުވާން މަޖުބޫރުވާއިރު، ގާނާ އަށް އެއްވަރުކޮށްލައިގެން ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮތީ ފަހިކޮށެވެ. އަނެއްކޮޅުން ޕޯޗުގަލް އަތުން ފަހު މެޗުގައި ދެކުނު ކޮރެއާ އަށް ރަނގަޅު މޮޅެއް ހޯދިއްޖެނަމަ އެ ޓީމަށް ވެސް ހަނި ފުރުސަތެއް އެބައޮތެވެ.

މި މެޗަށް ޕޯޗުގަލް ނުކުތީ އަނިޔާގެ ސަބަބުން އޮޓާވިއޯ އާއި ޑެނީލޯ ޕެރޭރާގެ ބަދަލުގައި ވިލިއަމް ކަވާލިއޯ އާއި ޕެޕޭ ކުޅެން އަރުވައިގެންނެވެ. އުރުގުއޭ އަށް ބަލާއިރު، އެ ޓީމުން ވެސް ވަނީ ތިން ބަދަލެއް ގެނެސްފަ އެވެ. އެ ގޮތުން ޑިފެންޑަރު މާޓިން ކަސެރޭސްގެ ބަދަލުގައި ސެބަސްޓިއަން ކޯޓޭސް އެރުވިއިރު، ފަކުންޑޯ ޕެލެސްޓްރީގެ ބަދަލުގައި އަރިމަތިން ފަހަތަށް ކުޅޭ ގުއިލާމޯ ވަލޭރާ ކުޅެން އެރުވި އެވެ. މީގެ އިތުރުން ލުއިސް ސުއަރޭޒްގެ ބަދަލުގައި އެޑިންސަން ކަވާނީ ވެސް މި މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނެވެ.

މެޗު ފަށައިގެން ދެ ޓީމުން ފެނުނީ ހަމަހަމަ ކުޅުމެއް ދެއްކި ތަނެވެ. އޭރިއާ ބޭރުން ދެ ޓީމުންވެސް ހަމަލާތައް ފޮނުވާލެވޭތޯ މަސައްކަތްކުރިއިރު، ލިބުނު ކޯނަރެއްގައި އުރުގުއޭގެ ހޯސޭ ހިމެނޭޒް ފޮނުވާލި ބޯޅައެއް ދަނޑި ކައިިރިން ބޭރަށް ދިޔައެވެ. އޭގެ ފަހުން ޔާއޯ ފެލިކްސް ފޮނުވާލި ހަމަލާ ބްލޮކްވެގެން ދިޔައީ ހުރަސް ދަނޑިކައިރިން ބޭރަށެވެ.

ފުރަތަމަ ހާފަށް ބަލާއިރު ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އުރުގުއޭ އަށެވެ. މެދު ރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން، އުރުގުއޭގެ ރޮޑްރީގޯ ބެންޓަންކޫރް، އެކަނިމާއެކަނި ގޮސް، ޕޯޗުގަލްގެ ދެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ދިފާއުކޮށްފަ އެވެ.

މި ހާފުގައި ގޯލާ ސީދާކޮށް ޕޯޗުގަލް އަށް ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. މިއީ 2010ގެ ވޯލްޑް ކަޕްގައި އައިވޮރީ ކޮސްޓާ ވާދަކުރި މެޗަށް ފަހު ފުރަތަމަ ހާފުގައި ޕޯޗުގަލް އަށް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވުނު ފުރަތަމަ މެޗެވެ.

ދެ ވަނަ ހާފު ފަށައިގެން ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ޕޯޗުގަލް އަށް ލިބުނެވެ. މިފަހަރު ފެލިކްސް އަށް ލިބުނު ބޯޅައާ އެކު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. ފެލިކްސް ބޯޅަ ފޮނުވާލިއިރު އޭރިއާގެ އަނެއް ފަަރާތުގައި ހުސްކޮށް ރޮނާލްޑޯ ހުއްޓެވެ.

ޕޯޗުގަލްގެ ފުރަތަމަ ގޯލު ބްރޫނޯ ފެނާންޑޭސް ޖެހީ މެޗުގެ 54 ވަނަ މިނެޓުގަ އެވެ. އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޯސް ނަގައިދިން ހުރަސް ފުރަތަމަ ބެލެވުނީީ ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުގައި ޖެހިފައި ގޯލަށް ވަތްކަމަށެވެ. ނަމަވެސް ރީޕްލޭ ބެލުމަށް ފަހު ފީފާ އިން ނިންމީ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ރޮނާލްޑޯގެ ބޮލުގައި ނުޖެހޭ ކަަމަށެވެ.

ޕޯޗުގަލްގެ ގޯލަށް ފަހު ގޯލެއް ޖެހުމާ ގާތަށް އުރުގުއޭ ޖެހިލި އެވެ. އޭރިއާ ބޭރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެކްސީ ގޮމޭޒް ފޮނުވާލި ހަމަލާ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ހިލޭ ޖެހުމަކުން ހުރަސްވި ބޯޅަ ލުއިސް ސުއަރޭޒް ފޮނުވާލުމުން ދިޔައީ ގޯލު ބޭރުގެ އަރިމަތީ ދާ ގަނޑަށެވެ. އޭގެ ފަހުން ޖޯޖިއަން އަރަސްކައެޓާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ކޮސްޓާ ވަނީ ދިފާއުކޮށްފަ އެވެ.

އުރުގުއޭ ކުރަމުން އައި މަސައްކަތް ފެނަށް ދިޔައީ އިތުރު ވަގުތުގައި ޕޯޗުގަލް އަށް ރެފްރީ ޕެނަލްޓީ އެއް ދިނުމުންނެވެ. މިއީ އޭރިއާ ތެރެއިން އުރުގުއޭގެ ހިމެނޭޒް އަތުގައި ބޯޅަ ޖެހުމުން ވީއޭއާރު ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ޕޯޗުގަލްގެ ލީޑު ފުޅާކޮށްދިނީވެސް ބްރޫނޯ ފެނާންޑޭސް އެވެ.

މި މެޗުން މޮޅުވެ ޕޯޗުގަލް ދެވަނަ ބުރުން ޖާގަ ހޯދިއިރު، މިއީ އެޓީމުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ބަލިނުވެ ނިންމާލި 14 ވަނަ މެޗެވެ. ގްރޫޕުގެ ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ ކޮރެއާ އާ ދެކޮޅަށެވެ. އުރުގުއޭ ނުކުންނާނީ ގްރޫޕްގެ ދެވަނަގައި އޮތް ގާނާ އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox