ރޮނާލްޑޯ ބުނީ ޕޯޗުގަލްގައި އޮތީ ކާމިޔާބު ހޯދާނެ ޖީލެއް ކަމަށް

Jun 13, 2026, 9:15 AM
ކްރިސްޓިއާނޯ ރޮނާލްޑޯ: ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުން ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު މެޗެއްގެ ތެރެއިން.

ކްރިސްޓިއާނޯ ރޮނާލްޑޯ: ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުން ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު މެޗެއްގެ ތެރެއިން.

ލިޒްބަން، ޕޯޗުގަލް (ޖޫން 13) - ޕޯޗުގަލްގައި މިހާރު އޮތީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކާމިޔާބު ހޯދޭނެ ވަރުގެ ހުނަރުވެރި ޖީލެއް ކަމަށް އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. 

އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަކީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ކުޅޭނެ ހަތަރު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ރޮނާލްޑޯގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރަށް މަދުވާ ބޮޑު މުބާރާތްތަކުގެ ތެރެއިން ހަމައެކަނި ތަށްޓަކީ ފީފާ ވޯލްޑް ކަޕް އެވެ. މި ފަަހަރުގެ ވޯލްޑް ކަަޕަކީ ރޮނާލްޑޯ އަށް މި މުބާރާތް ކާމިޔާބުކުރަން ލިބޭނެ ފަހު ފުރުސަތެވެ. 

ޕޯޗުގަލްއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި ރޮނާލްޑޯ ބުނީ، މި ފަހަރުގެ ވޯލްޑް ކަޕަށް ޕޯޗުގަލް އިން ކުރިމަތިލަނީ ވަރަށް ބޮޑެތި އުންމީދުތަކަކާ އެކު ކަމަށާއި ތައްޔާރީތައް ދިޔައީ ބޭނުންވި ގޮތަށް ވަރަށް ރަނގަޅަށް ކަމަށެވެ. 

"ވަރަށް ރަނގަޅު ޖީލެއް މި އޮތީ މިހާރު ޕޯޗުގަލް އަށް ވަރަށް ބައިވަރު ކަންތައްތައް ހާސިލްކޮށްދެވޭނެ ފެންވަރު އެބަހުރި މި ކުޅުންތެރިންގެ،" ފަސް ފަަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ރޮނާލްޑޯ ބުންޏެވެ. 

ޕޯޗުގަލް އިން ވޯލްޑް ކަޕަށް ތައްޔާރުވުމަށްޓަކައި ކުޅުނު ދެ މެޗުން ވެސް ވަނީ ނައިޖީިރިއާ އާއި ޗިލީ އަތުން 2-1 އިން މޮޅުވެފަ އެވެ. ރޮނާލްޑޯ ބުނީ، ތައްޔާރީތައް ދިޔަ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ހުރިހާ އަމާޒެއް ހުރީ ފުރަތަމަ މެޗަށް ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ވެވުނު ރަނގަޅު ތައްޔާރީތަކުގެ ނަތީޖާ ފުރަތަމަ މެޗުގައި ދެއްކުން. އެކަން ކޮށްގެން އަހަރެމެންނަށް ފުރަތަަމަ މެޗުން މޮޅުވެވިއްޖިއްޔާ މިއީ ވަރަށް ރަނގަޅަށް ކުރިއަށްދާން އެޅޭ ފިޔަވަޅެއް،" ރޮނާލްޑޯ ބުންޏެވެ. 

އެންމެ މުހިންމު ކަމަކީ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރަށް ދަތުރުކުރުން ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

ޕޯޗުގަލް އިން ވޯލްޑް ކަޕެއްގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވަނީ، 1966 ވަނަ އަހަރު އެވެ. އެ ފަހަރު، އެ ޓީމުން ތިން ވަނަ ހޯދި އެވެ. އެންމެ ފަހުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ނިންމާލީ ކުއާޓާ ފައިނަލާ ހަމައިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox