ވޯލްޑް ކަޕް މެޗުތަކުގެ ސްކޯ ދިމާކޮށްގެން ޕިއްޒާ ބޯނާއިން ހާއްސަ އިނާމުތަކެއް!

Jun 12, 2026, 3:23 PM
ސްކޯ ދިމާކޮށްގެން ކޮންމެ ދުވަހަކު އިނާމެއް ލިބޭ

ސްކޯ ދިމާކޮށްގެން ކޮންމެ ދުވަހަކު އިނާމެއް ލިބޭ

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު މަގުބޫލު ޕިއްޒާ ބްރޭންޑް "ޕިއްޒާ ބޯނާ" އިން ހުޅުވާލައިފިއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޕިއްޒާ ބޯނާއިން ވަނީ ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފަ އެވެ. މި ވެބްސައިޓް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް ވޯލްޑް ކަޕްގެ މެޗުތައް ނިމޭނެ ކަމަށް ލަފާކުރާ ސްކޯ ދިމާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ޕިއްޒާ ބޯނާއިން ބުނިގޮތުގައި، ރަނގަޅު ނަތީޖާ ދިމާކުރާ ފަރާތްތަކަށް ތިން ގިންތިއަކުން އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ދުވަހަކު ހޮވާ ޑެއިލީ ޕިއްޒާ ވިނާސް އާއި، ކޮންމެ ހަފުތާއަކު ހޮވާ ވީކްލީ ޕާޓީ ޕިއްޒާ ވިނާސްގެ އިތުރުން މުބާރާތް ނިމުމުން ހޮވާ "ގްރޭންޑް ޕްރައިޒް" ޗެމްޕިއަންސް އެވެ.

ގްރޭންޑް ޕްރައިޒްގެ ބޮޑެތި އިނާމުތައް:

މުޅި މުބާރާތް ނިމޭއިރު ލީޑަރުބޯޑުގެ އެންމެ ކުރި ހޯދާ ތިން ފަރާތަކަށް ޕިއްޒާ ބޯނާއިން ވަނީ އަގުހުރި އިނާމުތަކެއް ކަނޑައަޅާފައެވެ. އެއީ:

  • 1 ވަނަ (ޗެމްޕިއަން): 100 ރުފިޔާގެ 25 ޕިއްޒާ ވައުޗަރާއި 1،000 ރުފިޔާގެ 2 ތަވާ ވައުޗަރު.
  • 2 ވަނަ: 100 ރުފިޔާގެ 15 ޕިއްޒާ ވައުޗަރާއި 500 ރުފިޔާގެ 2 ތަވާ ވައުޗަރު.
  • 3 ވަނަ: 100 ރުފިޔާގެ 10 ޕިއްޒާ ވައުޗަރާއި 250 ރުފިޔާގެ 2 ތަވާ ވައުޗަރު.

މުބާރާތުގެ މުހިންމު ގަވާއިދުތައް:

މި ހަރަކާތަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުރިއަށްގެންދާ، އެއްވެސް ކަހަލަ ބެޓިން ނުހިމެނޭ ހަރަކާތެކެވެ. މިއީ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ، މުޅިން ހިލޭ ބައިވެރިވެވޭ ގޭމެކެވެ.

  • ބައިވެރިވެވޭނީ: ހަމައެކަނި ރާއްޖޭގައި ތިބި ފަރާތްތަކަށެވެ. ކޮންމެ މީހަކަށްވެސް ހެދޭނީ އެންމެ އެކައުންޓެކެވެ.
  • ސްކޯ ދިމާކުރުން: ކޮންމެ މެޗަކަށްވެސް ލަފާކުރެވޭނީ އެންމެ ސްކޯއެކެވެ. ޕްރެޑިކްޝަންތައް މެޗު ފެށުމުގެ ކުރިން ހުށަހަޅަންޖެހޭނެއެވެ. ފަހުން ހުށަހަޅާ ނުވަތަ ބަދަލުކުރާ ސްކޯތައް ބަލައެއް ނުގަންނާނެއެވެ.
  • މެޗުގެ ވަގުތު: ސްކޯގެ ގޮތުގައި ބަލާނީ މެޗުގެ ފުރިހަމަ ވަގުތު (90 މިނެޓާއި އިތުރު ފުރުސަތުގެ ވަގުތު) އެވެ. ހާއްސަ ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެކްސްޓްރާ ޓައިމް އަދި ޕެނަލްޓީ ޝޫޓްއައުޓެއް ނުހިމެނޭނެއެވެ.
  • ޕޮއިންޓް ދިނުން: ޕޮއިންޓް ދެވޭނީ ރަސްމީ ސްކޯރިން ސިސްޓަމަށް ބަލައިގެންނެވެ. ދުވަހުގެ، ހަފުތާގެ އަދި ގްރޭންޑް ވިނާސް ހޮވާނީ އެންމެ ގިނަ ސައްހަ ޕޮއިންޓް ހޯދާ ފަރާތްތަކަށެވެ. ޕޮއިންޓް އެއްވަރުވެއްޖެނަމަ، މެޗުގެ ސީދާ ސްކޯ ދިމާކުރި އަދަދަށާއި، މެޗުން މޮޅުވި ޓީމު ދިމާކުރި އަދަދުގެ އިތުރުން އެންމެ ފުރަތަމަ ޕްރެޑިކްޝަން ހުށަހަޅި ވަގުތަށް ބަލާނެއެވެ.

ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން:

ފޭކް އެކައުންޓްތައް، ޑުޕްލިކޭޓް އެންޓްރީތައް ނުވަތަ ބޮޓްސް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދަން އުޅޭ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އިނާމު ހޯދުމަށް ސައްހަ މައުލޫމާތު ހުށަހަޅަންޖެހޭއިރު، އިނާމުތައް އެހެން މީހެއްގެ ނަމަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި އިނާމަށް ފައިސާގެ ބަދަލެއް ނުލިބޭނެއެވެ. ވައުޗާ އިނާމުތައް ބޭނުންކުރެވޭނީ އޭގެ މުއްދަތު ހަމވުމުގެ ކުރިންނެވެ. ބަލައިނުގަނެ ގިނަދުވަސްވާ އިނާމުތައް ކެންސަލް ކުރުމުގެ އިހުތިޔާރު އޮގަނައިޒަރަށް ލިބިގެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox