ހުލާސާކޮށް އިއްޔެ: ބޮޑު ދެ ހަމަނުޖެހުމެއް

Nov 14, 2022, 1:35 AM
ފުޓްސަލް މެޗަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގަމުން ދަނީ.

ފުޓްސަލް މެޗަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގަމުން ދަނީ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި އިއްޔެ އިނގުރައިދު އާއި ދުވާފަރު ބައްދަލު ކުރި މެޗު ނިމުމަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަދި ލ. މާންދޫގައި މަސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާ ހޫނުވެ، މަސްވެރިންނާއި ފުލުހުންގެ ކުރިމަތިލުމެއް ހިނގި އެވެ.

އުނގޫފާރުގައި ކުޅުނު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ދުވާފަރު ކާމިޔާބު ކުރީ 4-3 އިންނެވެ.

އެ މެޗަށް ފަހު ހިނގި ހަމަނުޖެހުމުގައި އަނިޔާވި މީހުންނަށް އުނގޫފާރު ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހުނެވެ. ފަރުވާ ދޭންޖެހުނު ޖުމުލަ އަދަދެއް ނޭނގެ އެވެ. ނަމަވެސް، އިނގުރައިދޫ ކައުންސިލް މެމްބަރު އިބާދުﷲ މުހައްމަދު ވިދާޅުވީ އެ ރަށުގެ ހަ މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.

ކުޑަ ދެ އަންހެން ކުއްޖަކަށް ފިޓު ޖެހިގެން ވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ.

ހޮރައިޒަން ފިޝަރީޒު ކޮމްޕެނީން ލ. މާންދޫގައި ހިންގާ ފެކްޓްރީން މަސްވެރިންނަށް ފައިސާ ނުދޭ ކަމަށް ބުނެ އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވީ، ފުލުހުން ދަމާފައިވާ ލައިން ފަޅާލައި މަސްވެރިން ދިޔުމާއެކު، އެކަން ކޮންޓްރޯލްކުރަން ޕެޕާ ސްޕްރޭ ބޭނުންކުރުމުންނެވެ. ރައްދުގައި މަސްވެރިން ވެއްޔާއި ގާ އުކި އެވެ.

މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ޕޮލިސް ލައިން ފަޅާލާފައި މަސްވެރިން ދިޔައީ، މާންދޫ ފިޝަރީޒު ކޮމްޕްލެކްސްގެ ވެރިޔަކާ ބައްދަލުކުރަން އެދި އެކަން ހަމަޖައްސައި ނުދިނުމުންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • ހޮރައިޒަން ފިޝަރީޒުން ހިންގާ ލ. މާންދޫގައި ހިންގާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އެ އަތޮޅުގެ މަސްވެރިންނަށް ކިރާ މަހަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވާތީ އާއި ތެލާއި އައިސް ގަތުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދަން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް އިއްޔެ މައްސަލައެއް ހުށަހެޅި އެވެ.

  • މާލޭގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ އޮފިސަރު ސަސްޕެންޑުކުރި ކަން ހާމަކުރީ އިއްޔެ އެވެ.
  • ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ކުރަން ޖެހޭނެ ކަަމެއް ކަމަށާއި އެހެން ނަމަވެސް ގޯހީ މިދަނޑިވަޅުގައި ޓެކްސް ބޮޑުކުރުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އިއްޔެ ވިދާޅުވި އެވެ. އަދި އިއްޔެ އެމްޑީޕީގެ މެމްބަރުން ވަނީ އަލީ ހާޝިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
  • ހުޅުމާލޭގައި ދެ މިސްކިތާއި، ފަސް ސްކޫލުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން އިއްޔެ ސަރުކާރާއި ކުންފުނިތަކާއެކު ސޮއިކުރި އެވެ.

ދުވަހުގެ ކޯޓޭޝަން

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ގަވަރުނަރު އަލީ ހާސިމް އިއްޔެ ވިދާޅުވީ؛

އަޅުގަނޑުމެން، ޓެކްސް ރެވެނިއު އިތުުރުކުރަން ޖެހޭނެކަން އަބަަދުވެސް ދަންނަވަމުން މިދަނީ. ދަނޑިވަޅު އަޅުގަނޑުމެންނަށް ދިމާނުވީ މިފަހަރު އިނގޭތޯ،"

    ކޮމެންޓް

    ފަހުގެ ޚަބަރު

    ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

    ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

    އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

    މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

    ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

    ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

    އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

    މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

    އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

    އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

    ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

    އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

    އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

    ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

    Newsletter

    Get the latest news delivered straight to your inbox