ބަޖެޓަށް ދެއްވި ލަފަޔާ އެކު އެމްޑީޕީގެ މެމްބަރުންގެ ނުރުހުން ގަވަރުނަރަށް!

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން މިއަދު އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. ފޮޓޯ: އަބްދުޣﷲ އިޔާން/އަދަދު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން މިއަދު އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. ފޮޓޯ: އަބްދުޣﷲ އިޔާން/އަދަދު

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދިން ލަފަޔާ ގުޅުވައި، މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން، ގަވަރުނަރު އަލީ ހާޝިމަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް އެމްއެމްްއޭއިން ދިން ލަފާގައި ހިމެނޭ އެންމެ މުހިއްމު އެއް އިރުޝާދަކީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސް ބޮޑުނުކުރުމެވެ. ދައުލަގެ ރިކަރެންޓް ހަރަދުކުޑަކުރަން ވެސް އެމްއެމްއޭގެ އިސްތިޝާރީ ލަފާގަައި އިރުޝާދު ދިނެވެ.

ބަޖެޓް ދިރާސާކުރަން މަޖިލީހުން ނެގި ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގެން، ލަފާ ހުށަހެޅުއްވުމުން، މެމްބަރުން އޭނާއާ ސުވާލުކުރަން ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ހުޅުއްވައިލެއްވި އެވެ. އެމްއެމްއޭގެ ލަފަޔަށް އެ ފުރުރުސަތުގައި އެންމެ ފުރަތަަމަ ފާޑުވިދާޅުވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ.

ޣަފޫރު ތުހުމަތުމަތުކުރެއްވީ އެމްއެމްއޭގެ ލަފާ އޮތީ އެއް ފަރާތަކަށް ބުރަވެ، ވަކި ބަޔަކު ބޭނުންވާ ގޮތަށް ބައްޓަން ކޮށްފައި ކަަމަށެވެ. އެމްއެމްއޭގެ ލަފާގައި ރަނގަޅު އެއްވެސް ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު އެންމެ އަވަހަށް ރަނގަޅުވާން ފެށީ ރާއްޖޭގެ އިގުތިސާދު ކަމަށާއި އެއީ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރީމާ ކަމަށާއި އެހެން ނަމަވެސް ލަފާގައި އެކަން ފާހަގަކޮށްފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެެހެންވީމާ މި ހުރިހާ ކަމަކަށް ރިއާޔަތް ކުރާ އިރު މިއީ ވަރަށް ބޮޑަށް އެއް ފަރާތަކަށް ޖެހިފައި އޮތް ލަފައެއް ކަަމަަށް އަޅުގަނޑަށް ފާހަގަކުރެވުނީ. ވަކި ބަޔަކު ބޭނުންވާ ގޮތަށް ބައްޓަންކޮށްގެން ނެރެގެން މިތަނަށް ފޮނުވާފައި އޮތް ލަފައެއް ކަމަށް،" ޣަފޫރު ވިދާޅުވި އެވެ.

ލަފަޔަށް އެގޮތަށް ފާޑުވިދާޅުވުމަށް ފަހު އޭނާާ އެއްވެސް ސުވާލެއް ނުކުރައްވަ އެވެ.

ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ގަވަރުނަރު އަލީ ހާޝިމަށް ގިނަ ސުވާލުތަކެއް ކުރެއްވުމަށް ފަހު ތުހުމަތުކުރެއްވީ އެމްއެމްއޭގެ ލަފަޔަކީ ވަރަށް ބޮޑަށް ސިޔާސީ ކުލަޖެހިފައިވާ ލަފައެއް ކަމަށެވެ.

"އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް މިއީ ސިޔާސީ ރިޕޯޓެއްގެ ގޮތުގައި ހަމަ ފާހަގަކުރެވޭ،" އިސްމާއީލް ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ތުހުމަތުކުރެއްވި ގޮތުގައި ބަޖެޓަށް އެމްއެމްއޭ އިން ދިން ލަފަޔަކީ މިއަދުގެ ހަގީގަތަށް ނުވިސްނައި ދީފައި އޮތް ލަފައެކެވެ.

ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ ވެސް ވިދާޅުވީ ބަޖެޓަށް އެމްއެމްއޭއިން ދީފައިވާ ލަފަޔަކީ "ސީދާ ސާފުކޮށް ސިޔާސީ" ލަފައެއް ކަމަށެވެ. އެހެން ވިދާޅުވާ ބައިވަރު ސަބަބުތަކެއް އެބަހުރި ކަަމަށް ވެސް އޭނާ ވިދާޅުވި އެެވެ. އެމްއެެމްއޭގެ ތާއީދު ހޯދައިގެން ސަރުކާރު ވައްޓައިލަން ބަޔަކު މަސަކަތްކުރާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"މިހާރު އަޅުގަނޑަށް މިފެންނަ ފެނުމަކީ ސަލާމަތީ ބާރުތަކުގެ ސަޕޯޓު ނުލިބުނީމާ، މި ސަރުކާރު ވައްޓަައިލަން ތާއީދު ނުލިބުނީމާ އެމްއެމްއޭގެ ސަޕޯޓް ހޯދައިގެން އެމަގަށް ބަޔަކު މަސައްކަތްކުރަމުންދާ ތަން،" ޔައުގޫބު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި، އެމްއެމްއޭގެ ލަފަޔާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ޓެކްނިކަލް ސުވާލުތަކަށް ޖަވާބުދެއްވި ނަމަވެސް ސިޔާސީ ގޮތުން ކީ ފާޑުކިއުންތާއި ސުވާލުތަކަށް ވެސް ގަވަރުނަރު އަލީ ހާޝިމް ޖަވާބެއް ނުދެއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox