ލަންކާގެ ކްރިކެޓް ކުޅުންތެރިޔާގެ ރޭޕް މައްސަލަ އެ ގައުމުން ވެސް ތަހުގީގުކުރަނީ

Nov 8, 2022, 11:32 AM
ކްރިކެޓް މެޗެއްގެ ތެރެއިން ލަންކާގެ ދަނުޝްކާ: އޭނާ މި ވަގުތު ހުރީ ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި.

ކްރިކެޓް މެޗެއްގެ ތެރެއިން ލަންކާގެ ދަނުޝްކާ: އޭނާ މި ވަގުތު ހުރީ ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި.

ކޮލަމްބޯ، ލަންކާ (ނޮވެމްބަރު 8) - އޮސްޓްރޭލިއާގައި ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ތެރެއިން ލަންކާގެ ބެޓްސްމަން، ދަނުޝްކާ ގުނަތިލަކަ، އޮސްޓްރޭލިއާގެ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާއިރު، އެ މައްސަލަ ސްރީ ލަންކާ ކްރިކެޓް ބޯޑުން ވެސް ބަލަން ފަށައިފި އެވެ.

ލަންކާ ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ދަނުޝްކާ، 31، މި ފަހަރުގެ ޓީ20 ވޯލްޑް ކަޕަށް ގެންދިޔައީ އަނިޔާގައި ހުއްޓަ އެވެ.

މިދިޔަ މަހު 20 ވަނަ ދުވަހު ލިބުނު އަނިޔާގެ ސަބަބުން ދަނުޝްކާ އަށް ޓީ20 ވޯލްޑް ކަޕްގައި ނުކުޅެވުނު ނަމަވެސް ލަންކާ އިން ނިންމީ ޓީމާ އެކު އޭނާ ގެންދިއުމަށެވެ.

ރޭޕްކުރި ކަމުގެ ތުހުމަތުގައި ދަނުޝްކާ ހައްޔަރުކުރީ ޓީ20 ވޯލްޑް ކަޕުގައި ލަންކާ ކުޅުނު ފަހު މެޗު ނިމުނުތާ އަށް ގަޑިއިރު ފަހުންނެވެ.

ރޭޕްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ލަންކާގެ ކުޅުންތެރިޔާ، ދަނުޝްކާ: އޭނާ ވަނީ ތުހުމަތަށް އިންކާރުކޮށްފައި.

އިންގްލެންޑް އަތުން ހަތަރު ވިކެޓުން ލަންކާ ބަލިވި މެޗަށް ފަހު، އެ ޓީމުގެ ކުޅުންތެރިން ހޮޓަލުގައި ތިއްބައި، ދަނުޝްކާ ހައްޔަރުކޮށްގެން ގެންދިޔައިއިރު، ކޯޓުގައި މައްސަލަ ކުރިއަށް ދިޔަސް ކަފާލާތުގެ ދަށުން ދަނުޝްކާ ދޫކޮށްލަން އޭނާގެ ވަކީލު އިއްޔެ ކޯޓުގައި ކުރި އެޕީލް ވެސް ބަލައިނުގަތެވެ.

ދަނުޝްކާގެ މައްޗަށް ކުރަނީ މި މަހު ދެ ވަނަ ދުވަހު، އުމުރުން 29 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތެވެ. އެ އަންހެން މީހާ ބުނާ ގޮތުގައި ދަނުޝްކާއާ ބައްދަލުވީ ޑޭޓިން އެޕަކުންނެވެ. ރުހުމުގައި ބައްދަލުކުރަން ދިޔަ ނަމަވެސް، ދަނުޝްކާ އޭނާ ރޭޕްކުރީ ކަމަށް އެ އަންހެން މީހާ ކޯޓުގައި ވެސް ބުނެފައިވެ އެވެ. ރޭޕްގެ ތުހުމަތަށް ދަނުޝްކާ އިންކާރު ކުރެ އެވެ.

ދަނުޝްކާ ފިޔަވައި ކްރިކެޓް ވޯލްޑް ކަޕަށް ދިޔަ އެހެން ހުރިހާ ކުޅުންތެރިން ވަނީ އެނބުރި ލަންކާ އަށް އަތުވެފަ އެވެ. ދަނުޝްކާގެ މައްސަލަ އޮސްޓްރޭލިއާ ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައިގެ އިތުރު ތަހުގީގުތަކެއް ހިންގަން ލަންކާ ކްރިކެޓް ބޯޑުން ނިންމީ ބަލަން ޖެހޭ އިތުރު ކަންތައްތަކެއް އެބަހުރި ކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox