ދިވެހި ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން: ބެންޖޯ

Oct 20, 2026, 1:33 PM
ލީގުގެ މެޗެއްގެ ތެރެއިން އީގަލްސްގެ ކޯޗު ބެންޖޯ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ލީގުގެ މެޗެއްގެ ތެރެއިން އީގަލްސްގެ ކޯޗު ބެންޖޯ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު މިހާރަށް ވުރެން ރަނގަޅުކުރެވޭނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން ކަމަށް ކްލަބް އީގަލްސްގެ ކޯޗު، އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފި އެވެ. 

ބެންޖޯ، މިހެން ބުނެފައިވަނީ، އިއްޔެ ބޭއްވި ދިވެހި ޕްރިމިއާ ލީގުގެ ކުރިއަށް ހުރި މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އޭނާ މި ވާހަކަ ހިއްސާކޮށްފައިވަނީ، އީގަލްސް އިން އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި، ހއ. ދިއްދޫ ފުޓްބޯޅަ ޓީމާ 2-2 އިން އެއްވަަރުވި މެޗުގެ ކަންކަމަށް އިޝާރާތްކޮށެވެ. 

ދިއްދޫއާ ދެކޮޅަށް އީގަލްސް އިން ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި، ރެފްރީގެ ގިނަ ނިންމުންތައް ހުރީ އީގަލްސްއާ ދެކޮޅަށް ކަމަށް ބެންޖޯ ވަނީ ބުނެފަ އެވެ. އަދި، އެ މެޗު އުނދަގޫވި ސަބަބަކީ ވެސް، ގޯސްތަކެއް ހެދިގެން ރެފްރީގެ ނިންމުންތައް ގޯސްވުމުން ކަމަށެވެ. 

"މި ލީގު ވަރުގަދަ ވާ ވަރަކަށް އެބަޖެހޭ ރެފްރީންގެ ސްޓޭންޑާޑް ވެސް ރަނގަޅުވާން. ޓީމުތަކުން ހަމައެކަނި މަސައްކަތްކޮށްގެނެއް ފުޓްބޯޅައެއް ރަނގަޅެއް ނުވާނެ، ހަަމަ ވަރަށް ގިނަ މެޗު ގަލޮޅު ދަނޑުގައި އެބަހުރި މައްސަލަ ވެސް ޖެހިފައި ރެފްރީންނާ ހެދި. ކުރީ މެޗުގައި، (ނިއު ރޭޑިއަންޓާއި ދިއްދޫ ކުޅުނު މެޗުގައި) ދިއްދޫން ވެސް ވަރަށް ބޮޑެތި މައްސަލަ ޖައްސާފައި އެބަހުރި ރެފްރީގެ، އެ އެއްޗެހި ފެންނާނެ ސޯޝަލް މީޑިއާ އިން،" ބެންޖޯ ބުންޏެވެ. 

"އެހެންވީމަ، ލީގުގައި ޕްލޭޔަރުންނާއި ކްލަބްތަކުން މި ކުރާ މަސައްކަތާ އެއްވަރަށް، ލީގުގައި އެބަޖެހޭ ރެފްރީންގެ ސްޓޭންޑަޑް ވެސް ރަނގަޅުވާން، އެކަން ރަނގަޅުވެއްޖިއްޔާ، މިސްޓޭކްސް ވެސް އަންނާނެ ރެފްރީންގެ، މާ ބޮޑެތި މިސްޓޭކްސް އަންނާތީ، މިސާލަކަށް ދިއްދޫ މެޗުގައި ދެ ޕެނަލްްޓީ އާއި ރަތް ކާޑަކާ، އެތަން ޑިޒިޝަނެއް ގޯސްކޮށް ގޮސްފައި ހުރީ،" 

މިދިޔަ ސީޒަނުގައި އީގަލްސްގެ ފެށުން ދަށްވުމުގެ ސަބަބުން އެ ޓީމުގެ ފޯމަށް އަސަރުކުރި އެވެ. ބެންޖޯ، އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ ވެސް ސީޒަނުގެ ވަކި ހިސާބަކުންނެވެ. މި ސީޒަނަށް ބަލާއިރު، އީގަލްސް އިން މި ވަނީ ފުރަތަމަ ހަަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފަ އެވެ. 

ބެންޖޯ ބުނީ، މިދިޔަ ސީޒަނުގައި ދިމާވި ފެށުން ދަށްވުމުގެ މައްސަލަ އަށް މި ފަހަރު ހައްލު ލިބުމަކީ ޓީމުގެ ކޮންފިޑެންސަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ލީގުގެ މެޗުތަކަށް ބަލާއިރު، ހުރިހާ ޓީމަކުން ވެސް މިދިޔަ ދެ އަހަރު ވަރަށް ރަނގަޅަށް މެޗުތަަކަށް ތައްޔާރުވެ، އޭގެ ނަތީޖާ ވެސް މެޗުތަކުގައި ނެރެފައިވާ ކަމަށް ބެންޖޯ ވަނީ ބުނެފަ އެވެ. 

"ކުރީގައި ވާ ގޮތަކީ، ބައެއް ފަހަރު ވަރަށް ބޮޑެތި ބްރޭކުތަކެއް ވެސް އައިސްފައި އެބަހުރި، ދެން، ލީގު ކުޅެވޭނެ ކަމުގެ އުންމީދު ވެސް ނެތި އެބަދޭ، ކުރީ އަހަރުތަކުގައި ދެން، މި ދެ އަހަރު މި ދަނީ ހަަމަ ހުރިހާ ޓީމެއް ވެސް ރަނގަޅުކޮށްގެން ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކަށް ލަނޑު ދެވޭ ފެންވަރުގައި ބައެއް ދުވަސް ދުވަހު އެބަކުޅޭ، ދީފައި ވެސް އެބަހުރި، އެންމެ މުހިންމު ކަމަކީ މެޗުތަކަށް ތައްޔާރުވުން، އެކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން މި ދަނީ، އީގަލްސް ވެސް އެއްވެސް މެޗަކަށް ލައިޓްކޮށް ނޯންނާނެ ނަގާފައެއް. (މެޗަށް) ދާއިރަކު ނޭނގޭނެ ހަމަ، ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކަށް ލަނޑު ދީފާނެ. އަބަދުވެސް އީގަލްސް ދަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން،" ބެންޖޯ ބުންޏެވެ. 

ލީގުގައި މާދަމާ ހަވީރު އީގަލްސް އިން ކުޅޭނީ އޮޑިއާ އެވެ. ބެންޖޯ ބުނީ، އޮޑި އަކީ މިދިޔަ އަހަރުގެ ދެ ވަނަ ޓީމު ކަމަށާއި މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާތީވެ، މިހާރުގެ ފެންވަރަށް ބަލާއިރު، އޮޑި އަކީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ. 

"މި ސީޒަނުގައި އޮޑިން ދެ ވަނަ ކޯޗާ އެކުގައި އެ މަސައްކަތް ކުރަނީ. އޮޑި ފެންނަނީ ވަރަށް ތަފާތުކޮށް މިހާރު ވަރަށް ޕްރެސިން ގޭމެއްގައި، ބުނެވޭނީ ކުރިއަށް ވުރެން ވެސް ވަރުގަދަކޮށޭ، ޕްލޭޔަރުންގެ ގޮތުން ބެލިޔަސް މިދިޔަ އަހަރަށް ވުރެން ވެސް ރަނގަޅު ކޮށްފައި އޮތީ. ވަރަށް ހަމަ ހައި ޕްރެސިން ގޭމެއް ކުޅޭ ޓީމެއް. ފަސޭހައެއް ނުވާނެ ވަރަށް ވަރުގަދަކޮށް އޮޑި ފެންނަނީ،" ބެންޖޯ ބުންޏެވެ. 

އޮޑި އާއި އީގަލްސްގެ މެޗު ފަށާނީ މާދަމާ ހަވީރު، 16:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox