ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

Oct 20, 2026, 5:20 PM
މުހައްމަދު ނަޒީހު: ގައްދޫ ޓީމުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ދިވެހި ޕްރިމިއާ ލީގު

މުހައްމަދު ނަޒީހު: ގައްދޫ ޓީމުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ގދ. ގައްދޫ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް މަސައްކަތް ކުރަމުން އައި މުހައްމަދު ނަޒީހުއާ އެކު އެ ކްލަބުން ހަދާފައި އޮތް އެއްބަސްވުން އުވާލައިފި އެވެ. 

ގައްދޫން ވަނީ މީގެ ދެ ދުވަސް ކުރިން، ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަން އަންގައިފަ އެވެ. ފުރަތަަމަ ޑިވިޝަނުގައި އަދި އަތޮޅު ފުޓްބޯޅައިގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ނަޒީހު އަކީ، ދިވެހި ޕްރިމިއާ ލީގަށް ގައްދޫ ކޮލިފައިކޮށްދިން ކޯޗެވެ.

އެކަމަކު، ޕްރިމިއާ ލީގުގައި ގައްދޫން މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، އެ ޓީމު އޮތީ 10 ޓީމު ވާދަކުރާ ލީގުގެ އެންމެ ފުލުގައެވެ. ލީގުގައި ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ވެސް ގައްދޫ އެެވެ. 

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ ސިސްޓަމަށް ކުޅޭއިރު، ގައްދޫގައި މިހާތަނަށް ތިން މެޗެއް ވަނީ ކުޅެފަ އެވެ. އެ ގޮތުން، ގައްދޫގައި ކުޅުނު މެޗުތަކަށް ބަލާއިރު، އެ ޓީމު ވަނީ ނިއު ރޭޑިއަންޓް އަތުން 2-0 އިން، ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-2 އިން އަދި އީގަލްސް އަތުން 2-0 އިން ބަލިވެފަ އެވެ. އަދި، ގައްދޫން ގަލޮޅު ދަނޑުގައި ކުޅުނު މެޗުތަކަށް ބަލާއިރު، އޮޑި ސްޕޯޓްސް ކްލަބް އަތުން 4-0 އިން، ބުރު ސްޕޯޓްސް ކްލަބް އަތުން 2-0 އިން އަދި އެންމެ ފަހުން ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން ވަނީ ބަލިވެފަ އެވެ. 

ވިކްޓަރީ މެޗަކީ ނަޒީހު ގައްދޫ އަށް ކޯޗުކޮށްދިން އެންމެ ފަހު މެޗެވެ. އެ މެޗަށް ފަހު، ގައްދޫ މެނޭޖްމަންޓުން ނަޒީހު މަގާމުން ވަކިކުރުމަށް ނިންމީ ޓީމުގެ ނަތީޖާތައް ދަށްވުމުން، މިއީ، އާ ކޯޗަކާ އެކު ކުރިއަށްދާންވީ ވަގުތު ކަމަށް ކަނޑައަޅައިފަ އެވެ. 

ނަޒީހު އަކީ މި ސީޒަނުގައި ޕްރިމިއާ ލީގުގެ ޓީމަކުން ވަކިވި ދެ ވަނަ ކޯޗެވެ. މީގެ ކުރިން، އޮޑި ސްޕޯޓްސް ކްލަބުން ވަނީ އެއް މެޗަށް ފަހު، ޕޯޗުގަލްގެ ކޯޗު ރުއި ގްރެގޯރިއޯ މަގާމުން ދޫކޮށްލައިފަ އެވެ. 

ނަޒީހުއާ އެކު ގައްދޫން ހަދާފައި އޮތް އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު، އެ ޓީމުން އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ގައްދޫން ދެން އެންމެ އަވަހަށް ކުޅޭ މެޗު އޮތީ، ސާފް ޗެމްޕިއަންޝިޕްގެ ބްރޭކަށް ފަހު އެވެ. އަންނަ މަހު 23 ވަނަ ދުވަހު، ގައްދޫން ކުޅޭނީ ބިސް ބުރު ސްޕޯޓްސް ކްލަބާ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox