އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ޗެމްޕިއަންކަން މެޕްސް އާއި ބިޒްނަސް ސްކޫލް އަށް

Oct 29, 2022, 8:01 AM
އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އެމްއެންޔޫ ބިޒްނަސް ސްކޫލަށް ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އެމްއެންޔޫ ބިޒްނަސް ސްކޫލަށް ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ

ލެކްނޯ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މެޕްސް ކޮލެޖުން ހޯދިއިރު، އަންހެން ބައިގެ ތަށި ފުރަތަމަ ފަހަރަށް އެމްއެންޔޫ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) އިން އުފުލާލައިފި އެވެ.

ޓާފް ދަނޑުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ފައިނަލުގައި އެމްއެންޔޫ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) އަތުން މެޕްސް މޮޅުވީ 4-3 އިންނެވެ. މިއީ މެޕްސް އިން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ތަށި އުފުލާލީ 2018 ވަނަ އަހަރު އެވެ.

ރޭގެ ފައިނަލުގައި ފުރަތަމަ ތިން ގޯލު ޖަހާފައިވަނީ ބިޒްނަސް ސްކޫލުންނެވެ. ފުރަތަމަ ދެ ގޯލު ޖެހީ އިބްރާހީމް އާތިފް އެވެ. ތިން ވަނަ ގޯލު ކާމިޔާބުކުރީ މުހައްމަދު އަނާން އެވެ. މެޕްސް ފަަހަތުން އަރައި މޮޅުވިއިރު، ގޯލުތައް ޖެހީ ޖަމްޝާދު ޖައިފަރު (ޖޭޖޭ)، އަބްދުﷲ ހިޝާން، ހަނާމް އިސްމާއިލް އަދި އަލީ ޝާޒް ހިލްމީ އެވެ. ޝާޒް، އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހީ މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށެެވެ.

Advertisement

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި މެޕްސް ކޮލެޖަށް ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ

ފިރިހެން ޑިވިޝަނުގެ މޮޅު ކުޅުންތެރިއަކީ މެޕްސްގެ މަންސޫރު އެވެ. ފިިރިހެން ޑިވިޝަންގެ ފެއާޕްލޭޔަރަކީ އެމް އައި ކޮލެޖްގެ އަހުސާމް ހަސަން ދީދީ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ސީއެފްއެސްގެ އަހުމަދު އިހާން އިނާޒް އެވެ. އެންމެ މޮޅު ކޯޗަކީ ބިޒްނަސް ސްކޫލްގެ އިސްމާއިލް އާސިފް އެވެ. އެންމެ ގިނަ ގޯލު ޖެހީ ބިޒްނަސް ސްކޫލްގެ މުހައްމަދު އިނާން އެވެ.

ފިރިހެން ޑިވިޝަނުގެ ގަދަ ފަހެއްގައި ހިމެނެނީ މެޕްސްގެ އަލީ ޝާޒް ހިލްމީ، އަހުމަދު އިބްތިޝާމް މައުސޫމް، ސީއެފްއެސްގެ މުހައްމަދު ނާބިތު ހުސެއިން، ބިޒްނަސް ސްކޫލްގެ އިނާން އަދި އަހުމަދު ރިޔުޝާން އެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުގައި ރޭ ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް)ގެ މައްޗަށް ބިޒްނަސް ސްކޫލުން ކުރިހޯދީ 2-0 އިންނެވެ. މި މެޗުގައި ބިޒްނަސް ސްކޫލްގެ ދެ ގޯލު ވެސް ކާމިޔާބުކުރީ ފިރުޝާނާ ނަސީރު އެވެ. ފިރުޝާނާ ވަނީ މުބާރާތުގެ އަންހެން ޑިިވިޝަންގެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވިފަ އެވެ.

ބިޒްނަސް ސްކޫލަކީ އަންހެން ޑިވިޝަނުގެ ތަށި އުފުލާލި ތިން ވަނަ ޓީމެވެ. މީގެ ކުރިން ބޭއްވި ދެ ފަހަރު ތަށި ހޯދީ 2018 ވަނަ އަަހަރު ކްލިކް ކޮލެޖާއި 2019 ވަނަ އަަހަރު އެމްއައި ކޮލެޖް އެވެ.

އަންހެން ޑިވިޝަނުގެ ގަދަ ފަހެއްގައި ހިމެނެނީ ކްލިކް ކޮލެޖްގެ ރޮވީނާ މަރިޔަމް، ބިޒްނަސް ސްކޫލްގެ އައިމިނަތު ޝަފްނާ، ސީއެފްއެސްގެ ފާތިމަތު ނިހާމާ، އައިޝަތު ލައިސާ މަޖީދު އަދި އައިމިނަތު އާޔާ އިގްބާލް އެވެ.

އަންހެން ޑިވިޝަންގެ އެންމެ ގިނަ ގޯލު ޖެހީ ކްލިކް ކޮލެޖްގެ ޝީނީޒް މުހައްމަދު އެވެ. މި ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކަށް މުހައްމަދު ޔާސިރު ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިއަކީ އެފްއެޗްއެސްގެ މަރިޔަމް ރިޝްމާ އެވެ. އަދި ފެއާ ޕްލޭޔާ އަކީ އެފްއެޗްއެސްގެ އައިމިނަތު ޝަފާނާ އަލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox