ހަތަރު އަހަރުގެ ކުޑަކުއްޖަކު ކާނުގަނޑެެއް ތެރެއަށް ވެއްޓި ބޮޑު ޒަހަމެއް

ކާނުގަނޑަށް ވެއްޓުނު ކުއްޖާ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައި--

ކާނުގަނޑަށް ވެއްޓުނު ކުއްޖާ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައި--

މަޖީދީ މަގުން ހިނގާފައި ދިޔަ އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖަކު ކާނުގަނޑެއް ތެރެއަށް ވެއްޓި އެ ކުއްޖާގެ ފަޔަށް ބޮޑު ޒަހަމެއް ލިބިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައި ވަނީ އެ އެކުއްޖާ ވެއްޓިފައިވަނީ ގަލޮޅު ދަނޑު ކައިރީގައި ހަދާފައިވާ ހީނާމާގެ ޕާކިން ޒޯނު ކުރިމަތިން ހިނގާފައި ދަނިކޮށެވެ.

އޭނާ ވެއްޓުނީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކާނުގަނޑަކަށެވެ. އެ ކާނުގަނޑުގެ އެތެރޭގައި ހުރި ދަގަނޑުތަކުގައި ދަބަރު ޖަހައި ދަގަނޑު ގަނޑު އޮތީ މެދުން ބިންދައިގެން ގޮސްފަ އެވެ.

އެ ކުއްޖާ ކާނުގަނޑަށް ވެއްޓުމާ އެކު ދެ ފަރާތުގައި ހުރި ދަގަނޑުތައް އޭނާގެ ފަޔަށް ހެރި ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. އޭނާއަށް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

އެކަމާ ގުޅިގެން ކުރި ޓުވީޓަށް ޖަވާބު ދެއްވަމުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ހާދިސާގެ ހަބަރު އެހީ ފުން ހިތާމަޔާއެކު ކަމަށެވެ.

"އެ މައުލޫމާތު ލިބުމާއިއެކު ހާދިސާ ހިނގި ސަރަހައްދު ހޯދައި ގަޑިއެއްހާއިރުތެރޭ ކާނުގަނޑުގަނޑު ވަނީ ބަދަލުކޮށްފައި،" މުއިއްޒު ވިދާޅުވި އެވެ.

ގިނަ މަގުތަކެއްގައި ހުރި ކާނުތައް ހަލާކުވެ މަގުން ދުއްވާ އުޅަނދުތަކަށާއި ހިނގާބިިނގާވެ އުޅޭ މީހުންނަށް އަންނަނީ ގެއްލުންވަމުންނެވެ. މާލޭގެ މަގުތައް މެއިންޓެއިންކޮށް ބެލެހެއްޓުމުގެ ޒިންމާ އޮތީ މާލެ ސިޓީ ކައުންސިލުގައި ކަމަށްވާއިރު މަގުތައް ހަލާކުވެ އަނިޔާ ލިބޭ ކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން އާންމުން ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox