ޑިބާލާ އަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލުމުގެ ބިރު

Oct 10, 2022, 4:19 AM
ޑިބާލާ އަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލުމުގެ ބިރު

ރޯމް (އޮކްޓޫބަރު 10) - އިޓާލިއަން ލީގުގައި ރޭ ލެއްޗޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރޯމާގެ އާޖެންޓީނާގެ މިޑްފީލްޑަރު ޕައޮލޯ ޑިބާލާ އަށް އަނިޔާވެ، ވޯލްޑް ކަޕްގައި އޭނާ އަށް ނުކުޅެވުމުގެ ބިރު ކުރިމަތިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ލެއްޗޭ އަތުން ރޯމާ މޮޅުވީ 2-1 އިންނެވެ. މެޗުގެ ހަ ވަނަ މިނިޓުގައި ރޯމާ އިން ލީޑު ނެގީ ޑިފެންޑަރު ކްރިސް ސްމޯލިން ޖެހި ލަނޑުންނެވެ. ލެއްޗޭގެ ގެބްރިއަލް ސްޓްރެފެޒާ ޖެހި ލަނޑާއެކު މެޗުގެ 39 ވަނަ މިނިޓުގައި އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުރީކޮޅު ރޯމާ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ޑިބާލާ އެވެ.

ރޭގެ މެޗުގައި ޕެނަލްޓީ ޖެހުމަށް ފަހު ޑިބާލާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑިބާލާ އަށް އަނިޔާވީ މި ޕެނަލްޓީ ޖެހުމުގެ ތެރޭގަ އެވެ. ޕެނަލްޓީ ކާމިޔާބުކުރުމަށް ފަހު، ޑިބާލާ އުފާފާޅެއް ނުކުރެ އެވެ. އެކަމަކު ފެނުނީ ފަޔަށް ތަދެއް އަރައި، ކޮރު ޖެހި މަންޒަރެވެ. ޕެނަލްޓީ ޖެހުމުގެ ތެރޭގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޑިބާލާ ވަނީ ބާލައިފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މި އަނިޔާއާ ގުޅިގެން މި އަހަރުގެ ތެރޭގައި ޑިބާލާ އަށް ކުޅެވުމަކީ "ނާދިރު ކަމެއް" ކަމަށެވެ.

"ވަރަށް ދެރަކަމެއް މިއީ. އަހަންނަކީ ޑޮކްޓަރެއް ނޫން. އަދި އޭނައާ ވާހަކައެއް ވެސް ނުދައްކަން. އެކަމަކު އަހަރެންގެ ތަޖުރިބާ އިން ބުނާނީ ސީޒަން ބްރޭކްގެ ކުރިން އެނާ އަށް ނުކުޅެވޭނެއޭ،" ޑިބާލާ ބުންޏެވެ.

ޑިބާލާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އެނގޭނީ އިތުރު ޓެސްޓްތައް ހެދުމަށް ފަހު އެވެ. އެކަމަކު ވޯލްޑް ކަޕް ފެށުމަށް ހަ ހަފުތާގެ މުއްދަތެއް އޮތްއިރު، ޑިބާލާ އަށް މި މުބާރާތް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox