މި ފަހަރު ވެސް ފޯމިއުލާ ވަންގެ ދުނިޔޭގެ ޗެމްޕިއަނަކީ ވާސްޓެޕަން

Oct 9, 2022, 9:37 AM
މިއަދު ޖަޕާނުގައި ކުރިއަށްދިޔަ ރޭހަށް ފަހު ވާސްޓެޕަން ތަށި އުފުލާލަނީ

މިއަދު ޖަޕާނުގައި ކުރިއަށްދިޔަ ރޭހަށް ފަހު ވާސްޓެޕަން ތަށި އުފުލާލަނީ

ސުޒޫކާ، ޖަޕާން (އޮކްޓޫބަރު 9) - ވިއްސާރައިގެ ސަބަބުން އަސަރު ކުރި ޖަޕާންގެ ގްރޭންޑްޕްރިކްސް ރޭސް ކާމިޔާބުކޮށް ނެދަލެންޑްސްގެ ރެޑްބުލް ރޭސަރު މެކްސް ވާސްޓެޕަން، ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.

މިދިޔަ އަހަރު ފަހު ރޭހަށް ނުކުތްއިރު، ވާސްޓެޕަން އާއި މެރްސެޑީސްގެ ލެވިސް ހެމިލްޓަންއާ އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. ވާސްޓެޕަން، ރޭސް ނިންމާލީ ފަހު ވަގުތު ހަނި ފަރަގަކުންނެވެ. މި ފަހަރު ވާސްޓެޕަން ދުނިޔޭގެ ތަށި ދިފާއު މިކުރީ ބާކީ ހަތަރު ރޭސް އޮއްވަ އެވެ. ހަތަރު ރޭސް އޮއްވައި، ދުނިޔޭގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދިފައިވަނީ އެންމެ ދެ ރޭސަރުންނަށެވެ. އެއީ ލެޖެންޑަރީ ދެ ރޭސަރުން ކަމަށްވާ މައިކަލް ޝޫމާކާ އާއި ސެބަސްޓިއަން ވެޓްލް އެވެ.

ވާސްޓެޕަން، 25، މިއަދު ޖަޕަނީސް ގްރޭންޑްޕްރިކްސް ކާމިޔާބުކޮށް ވަނީ ރޭންކިންގައި 113 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިއީ ދެން އޮތް ހަތަރު ރޭހުން އެހެން ރޭސަރަކަށް ހަމަކުރެވޭނެ ފަރަަގަކަށް ނުވާތީ ވާސްޓެޕަން އަށް ވަނީ މިއަދު ދުނިޔޭގެ ޓްރޮފީ ހަވާލުކޮށްފަ އެވެ. އެ ގޮތަށް ނިންމީ ފޯމިއުލާ ވަންގެ ދުނިޔޭގެ ފެޑެރޭޝަން އިން ރޭންކިން ޕޮއިންޓްތަކުގެ ފަރަގު ފުރިހަމަ އަށް ބެލުމަށް ފަހު އެވެ.

ވާސްޓެޕަން އަށް ވެސް ދުނިޔޭގެ ޓްރޮފީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ލިބުނުކަން އެނގުނީ އޭނާ ޓީވީ އިންޓަވިއުގައި ހުއްޓަ އެވެ.

"މި ރޭހުގައި ޓްރޮފީ ލިބޭނެ ކަމަށް ހިއެއް ނުކުރަން. މިއީ ވަރަށް ސަޕްރައިޒިން ކާމިޔާބީއެއް،" ވާސްޓެޕަން ބުންޏެވެ.

ވާސްޓެޕަން ވަނީ މި އަހަރުގެ މިހާތަނަށް 18 ރޭހުގެ ތެރެއިން 12 ރޭސް ކާމިޔާބު ކޮށްފަ އެވެ. ދުނިޔޭގެ ޗެމްޕިއަން ފުރަތަމަ ފަހަރަށް ލިބޭއިރު ވަރަށް ޖަޒުބާތީ ވާނެކަން ފާހަގަކޮށް، ވާސްޓެޕަން ބުނީ ޓްރޮފީ ދިފާއުކުރުމުން ކުރެވެނީ ތަފާތު އިހުސާސެއް ކަމަށެވެ.

ޖަޕަނީސް ގްރޭންޑް ޕްރިކްސްގެ ދެ ވަނަ ހޯދީ ފެރާރީގެ ރޭސަރު ޗާލްސް ލެކްލާކް އެވެ. އަދި ތިން ވަނަ އަށް ދިޔައީ ރެޑްބުލްގެ ރޭސަރެއް ކަމަށްވާ ސާޖިއޯ ޕެރޭޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox