ހަރަދުކުރުމުގެ ގަވާއިދާ ހިލާފުވެފައިވާނަމަ އަދަބުދޭން ހެމިލްޓަން ގޮވާލައިފި

Oct 7, 2022, 4:44 AM
ހަރަދުކުރުމުގެ ގަވާއިދާ ހިލާފުވެފައިވާނަމަ އަދަބުދޭން ހެމިލްޓަން ގޮވާލައިފި

ސުޒޫކާ، ޖަޕާން (އޮކްޓޫބަރު 7) - ފޯމިއުލާ ވަންގެ ސީޒަނުގައި އެއްވެސް ޓީމަކުން ހަރަދުކުރުމުގެ ގަވާއިދާ ހިލާފުވެފައިވާނަމަ އަދަބުދޭން ޖެހޭ ކަމަށް މަޝްހޫރު ރޭސަރު، ލެވިސް ހެމިލްޓަން ގޮވާލައިފި އެވެ.

ހަތް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހެމިލްޓަން މި ގޮތަށް ގޮވާލީ ފޯމިއުލާ ވަން ދުނިޔޭގެ ފެޑެރޭޝަނުން ޓީމުތަކުގެ މާލީ ރިޕޯޓްތައް މިދިޔަ ބުދަ ދުވަހު އިއުލާނުކުރަން ހަމަޖެހި އޮއްވައި، އެކަން އަންނަ ހަފްތާގެ ހޯމަ ދުވަހަށް ފަސް ކުރުމުންނެވެ.

ފޯމިއުލާ ވަން ޓީމުތަކުން ކުރާ ހަރަދުތައް ކޮންޓްރޯލެއްގެ ދަށުގައި ބެހެއްޓުމުގެ ބޭނުމުގައި ބަޖެޓް ކެޕެއް ހަމަޖައްސާފައި އޮވެ އެވެ. އެ އުސޫލުގެ ދަށުން ކުރިއަށްދާނަމަ ކޮންމެ ޓީމަކަށް ވެސް ސީޒަނަކު ހަރަދުކުރެވޭނީ 145 މިލިއަން ޑޮލަރެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެޑްބުލް އާއި އެސްޓަން މާޓިން ވަނީ ބަޖެޓް ކެޕް އަށް ވުރެ އިތުރަށް މިދިޔަ ސީޒަނުގައި ހަރަދުކޮށްފަ އެވެ. ރެޑްބުލް އިން ވަނީ އުސޫލާ ހިލާފަށް ހަރަދުނުކުރާ ކަމަށް ބުނެފަ އެވެ. އަދި އެސްޓަން މާޓިން އިން ވެސް ބުނީ އެ ޓީމު ދަނީ ގަވާއިދާ އެއްގޮތަށް ކަމަށް ހާމަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އަބޫ ދާބީ ރޭހުގައި ފަހު ވަގުތު ހެމިލްޓަން ބަލިވީ ރެޑްބުލްގެ ރޭސަރު، މެކްސް ވާސްޓެޕަން އަތުންނެވެ. ވާސްޓެޕަން ވަނީ ފަހު ރޭހުގެ މި ކާމިޔާބީއާ އެކު ހެމިލްޓަންގެ މައްޗަށް ކުރިހޯދައި ދުނިޔޭގެ ޗެމްޕިިއަންކަން ހޯދައިފަ އެވެ.

ޖަޕަނީސް ގްރޭންޑް ޕްރިކްސްގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ހެމިލްޓަން ބުނީ ދުނިޔޭގެ ފެޑެރޭޝަންގެ އިތުބާރު ދަމަހައްޓާނަަމަަ އުސޫލަކާ ހިލާފުވެފައިވާ ކޮންމެ ޓީމަކަށް ވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

"އަހަރެން އުންމީދު ކޮށްގެން ހުރީ ރިޕޯޓްތައް ބުދަ ދުވަހު ކިޔާލަން ލިބޭނެ ކަމަށް. އެކަމަކު، އެކަމެއް ނުވި. ދެން ލަސްކުރި ސަބަބާ ބެހޭގޮތުން އަހަންނަށް ބުނެވޭނީ، އޭގެ ސީރިއަސް ނަޒަރަކުން ބަލަންޖެހޭ ކަންކަން ހުރީހެން،" ހެމިލްޓަން ބުންޏެވެ. "އުސޫލާ ހިލާފުވެފައި އޮއްވައި، ފިޔަވަޅެއް ނާޅައިފިނަމަ އެ ދެވެނީ ވަރަށް ނުރަނގަޅު މެސެޖެއް،"

މަރްސެޑީސް ޓީމުގެ ހެމިލްޓަން ބުނީ ފޯމިއުލާ ވަންގެ އިންޓަނޭޝަނަލް ފެޑެރޭޝަންގެ ރައީސް މުހައްމަދު ބެން ސުލަޔޭމް އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އޭނާ ކަންކަން ކުރަމުން އަންނަނީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކަމަށްވާއިރު، މި ކަމުގައި ވެސް ކުޅިވަރަށް ރަނގަޅު ގޮތަށް ގޮތް ނިންމާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox