އަބްރަހަމްގެ ގޯލުން މޮޅުވެ ރޯމާ އަށް ހަމަޖެހުމެއް

Sep 13, 2022, 2:28 AM
ލަނޑު ޖެހުމަށް ފަހު ރޯމާގެ އަބްރަަހަމް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރޯމާގެ އަބްރަަހަމް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އެމްޕޮލީ، އިޓަލީ (ސެޕްޓެމްބަރު 13) - އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ ދަނޑުގައި ޓަމީ އަބްރަހަމް ޖެހި ގޯލުން 2-1 އިން މޮޅުވެ، ރޯމާ އިން ހަމަޖެހުމެއް ހޯދައިފި އެވެ.

މި މެޗަށް ނުކުތްއިރު ރޯމާ ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އިޓާލިއަން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އުދިނޭޒީ އަތުން 4-0 އިން ބަލިވިއިރު، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގައި ލުޑޮގޮރެޓްސް އަތުން ބަލިވީ 2-1 އިންނެވެ.

ރޭގެ މޮޅާ އެކު ރޯމާ ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ނަޕޯލީ އާއި ދެ ވަނައިގައި އޮތް އެޓަލަންޓާ އަދި ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނަށް ވަނީ ހަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އުދިނޭޒީ އާއި ފަސް ވަނައިގައި އޮތް ރޯމާ އަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

އެމްޕޮލީ ކޮޅަށް ރޯމާގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 17 ވަނަ މިނިޓްގައި ޕައޮލޯ ޑިބާލާ އެވެ. އޭރިއާބޭރުން ޑިބާލާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ގޯލު ޖެހުމުގެ ކުރިން އޭރިއާތެރެއިން ޑިބާލާ ޖެހި ޝޮޓެއް އަމާޒުވީ ގޯލުގެ ދަނޑިއަށެެވެ.

އެމްޕޮލީގެ ކުޅުންތެރިއެއް ކައިރިން ރޯމާގެ ޑިބާލާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

ފުރަތަަމަ ހާފު ނިމުމުގެ ކުރިން އެމްޕޮލީން ވަނީ އެއްވަރުކޮށްފަ އެވެ. މި ގޯލު ޖެހީ އޭރިއާތެރެއަށް އެމްޕޮލީގެ ޕީޓާ ސްޓޮޖަނޮވިކް ނެގި ހުރަހަކުން ފިލިއްޕޯ ބަންޑިނެލީ ބޮލުންނެވެ. ރޯމާގެ ކީޕަރު ރުއީ ޕެޓްރީޝިއޯ އަށް އެ ބޯޅަ ހުއްޓުވޭގޮތެއް ނުވީ މިސްރާބު ބަދަލުވެގެން އައުމުންނެވެ.

ރޯމާ މޮޅުކޮށްދިން ގޯލު މެޗުގެ 71 ވަނަ މިނިޓްގައި އަބްރަހަމް ޖެހީ ޑިބާލާ އަރިމަތިން ނެގި ހުރަހަކުންނެވެ. އެ ބޯޅަ ގޯލަށް ވަނީ އެމްޕޮލީ ކީޕަރު ގުގްލިއެލްމޯ ވިކާރިއޯ އަތުގައި ޖެހިފަ އެވެ. އޭގެ 10 މިނިޓް ފަހުން، ރޯމާ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން ލިބުނު ޕެނަލްޓީން އެ ޓީމުގެ ކެޕްޓަން، ލޮރެންޒޯ ޕެލެގްރީނީ ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

އެމްޕޮލީ އަށް ނަތީޖާ ހަމަހަމަކޮށްދޭން އެ ޓީމުގެ ޖިއާން އަކްޕާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ޝޮޓް ފޮނުވާލިތާ އިރުކޮޅެއް ފަހުން، ރޯމާގެ ސްމޯލިން އަށް އަކްޕާ ކުރި ފައުލަކަށް އޭނާ އަށް ރަތް ކާޑެއް ދެއްކި އެވެ. އެމްޕޮލީގެ ކުޅުންތެރިއަކު މަދުވި ފަހުން، ރޯމާ އިން ކުރި އެޓޭކެއްގައި އެ ޓީމުގެ ފޯވާޑް އަންދްރެއާ ބެލޮއްޓީ ހުސްކޮށް ވަދެ ޖެހި ބޯޅަ އެމްޕޮލީގެ ކީޕަރު ވިކާރިއޯ ވަނީ މަތަކޮށްފަ އެވެ.

ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފައި އޮއްވައި އެމްޕޮލީ ދަނޑުގައި އޭނާގެ ޓީމުން މި ހޯދި މޮޅަކީ ކުރިއަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox