މިއަދު ފުލުހުންނަށް ހަމަލާ ދިނީ ހެންވޭރުގެ ގޭންގަކުން، އަވަސް ފިޔަވަޅު އަޅާނަން

ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު: ފުލުހުންނަށް ދޭ ހަމަލާތައް ސީރިއަސް މައްސަލައިގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވި  އަދަދު ފޮޓޯ

ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު: ފުލުހުންނަށް ދޭ ހަމަލާތައް ސީރިއަސް މައްސަލައިގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވި އަދަދު ފޮޓޯ

މިއަދު ހެނދުނު ތިން ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހެންވޭރުގެ މަޝްހޫރު ގޭންގަކުން ކަމަށާއި މައްސަލަ އަވަހަށް ބަލައި، ފިޔަވަޅު އަޅާނެކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު، ގާތްގަނޑަކަށް 11:50 ހާއިރު ހަމަލާދީ ޒަހަމްކޮށްލާފައިވަނީ، ޑްރަގް އެންފޯސްމަންޓަށް ނިސްބަތްވާ ތިން ފުލުހެކެވެ. ހަމަލާތަކާ ގުޅިގެން އެ ތިން ފުލުހުންނަށް ވަނީ އޭޑީކޭގައި ފަރުވާދީފަ އެވެ.

Advertisement

ޒަހަމްވި ފުލުހުންނަށް ޒިޔާރަތްކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ކޮމިޝަނާ ވިދާޅުވީ، ތިން ފުލުހުންނަށް ހަމަލާ ދީފައިވަނީ ޑިއުޓީ ގަޑީގައި އެ ފުލުހުން ހަރަކާތްތެރިވަމުންދަނިކޮށް ނޫންކަމަށެވެ. ފުލުހުންނަށް ދޭ މިފަދަ ހަމަލާތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ ކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަށް މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުށްކުރާ ގްރޫޕްތަކާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރަންޖެހޭ މަސައްކަތުގައި ފަހަތަށް ނުޖެހޭނަން، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވި ފިޔަވަޅުތައް އެޅިގެން މިފަދަ ކަންކަން ހައްލުވާނީ،" ސީޕީ ވިދާޅުވި އެވެ.

ފުލުހުންގެ ވާޖިބު ރައްކާތެރިގޮތުގައި އަދާކުރުމަށް ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ޒަހަމްކޮށްލާފައިވާ ތިން ފުލުހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox