ޔުނައިޓެޑުން ޔޫރޮޕާ ލީގު ނަގާނީ ސީރިއަސްކޮށް: ޓެން ހާގް

Sep 8, 2022, 5:19 AM
ޔުނައިޓެޑުން ޔޫރޮޕާ ލީގު ނަގާނީ ސީރިއަސްކޮށް: ޓެން ހާގް

މެންޗެސްޓާ (ސެޕްޓެމްބަރު 8) - މެންޗެސްޓާ ޔުނައިޓެޑަކީ އަަބަދުވެސް އެ ކުޅޭ މުބާރާތެއްގެ ކޮންމެ މެޗަކުން މޮޅުވާން ބޭނުންވާ ޓީމެއް ކަމަށާއި އެ އުސޫލުން ބަލާއިރު ޔުނައިޓެޑުން މި ފަހަރުގެ ޔޫރޮޕާ ލީގުގައި ނުކުންނާނީ ސީރިއަސްކޮށް ނަގައިގެން މުބާރާތް ކާމިޔާބު ކުރަން ކަމަށް ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑުން އެންމެ ފަހުން ތަށްޓެއް ހޯދީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގެވެ. އެއީ ފައިނަލުގައި އަޔަކްސް ބަލިކޮށްގެންނެވެ. އޭގެ ފަހުން، 2021 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލުގައި ޔުނައިޓެޑް ވަނީ ވިޔަރެއާލް އަތުން ބަލިވެފަ އެވެ.

މި ފަހަރުގެ ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ކުޅެން ޖެހިފައިވާއިރު، އެ ޓީމާ އެއް ގްރޫޕެއްގައި އޮތީ ސްޕެއިނުގެ ރެއާލް ސޮސިއެޑާޑްގެ އިތުރުން ދާދި ފަހުން ޗެމްޕިއަންސް ލީގުގައި ވެސް ކުޅުނު މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް އާއި ސައިޕްރަސްގެ އޮމޯނިއާ އެެވެ.

Advertisement

ޔުނައިޓެޑުން މި ފަހަރުގެ ޔޫރޮޕާ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ސޮސިއެޑާޑާ ކުޅޭނެ އެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓެން ހާގް ބުނީ ޔުނައިޓެޑްގައި ވަރުގަދަ ސްކޮޑެއް އެބައޮތް ކަަަމަށާއި އެހެންކަމުން ބަދަލުތަކެއް ގެނެސްގެން ވިޔަސް ހުރިހާ މުބާރާތެއްގައި ހާސިލްކުރަން ބޭނުންވާ ޓާގެޓަށް ދެވޭނެ ކަމަށެވެ.

"ޔަގީނުން ވެސް އަހަރެމެން ކުޅެން ޖެހޭނީ ކޮންމެ މެޗަކުން މޮޅުވާން. އަހަރެމެން ކޮންމެ މުބާރާތެއް ވެސް ކާމިޔާބުކުރަން ބޭނުން. އެހެންވީމަ މި މުބާރާތް ވެސް (ޔޫރޮޕާ ލީގު ވެސް) އަހަރެމެން ނަގާނީ އެހެން މުބާރާތެކޭ އެއްގޮތަށް ސީރިއަސްކޮށް، ކޮންމެ މެޗަކުން ވެސް މޮޅުވުމަކީ މެންޗެސްޓާ ޔުނައިޓެޑްގެ މެންޓަލިޓީ،" ޓެން ހާގް ބުންޏެވެ.

ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ބޭނުންކުރާ ފުރަތަމަ އެގާރައިގައި ބަދަލުތަކެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. އެ ގޮތުން އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ހަތަރު މެޗުގައި ބެންޗުން ފަށަން ޖެހުނު ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޓީމުގެ ކެޕްޓަން، ހެރީ މެގުއާ އަށް ސޮސިއެޑާޑް މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ލިބުން ގާތެވެ.

"ރޮނާލްޑޯ ބްރެންޓްފޯޑް މެޗުގައި ފެށި، ދެން އެ އަށް ފަހު މި އައީ އެހެން މެޗުތަކެއް، މިހާރު އޭނާ ހުރީ މެޗެއް ފަށައިގެން ބޭނުން ލެވަލަށް ކުޅެވޭހާ ފިޓްކޮށް، ޔަގީނުން ވެސް ގިނަ މެޗުތަކެއްގައި އޭނާ ފެންނާނެ،" ޓެން ހާގް ބުންޏެވެ.

ޓެން ހާގް ވަނީ ސީޒަނުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް ދައްކަމުން އަންނަ ކުޅުމަށް ތައުރީފުކޮށްފަ އެވެ. އަދި ރަޝްފޯޑްގެ ފަރާތުން އެ ފެންނަ ޕޮޒިޓިވް ކަންކަމަކީ ރަނގަޅު ޕްރީ ސީޒަނެއް ފުރިހަމަކޮށްފައި އައުމުގެ ނަތީޖާ ކަމަށާއި މެޗަކަށް ފަހު މެޗެއް މުޅި ޓީމުގެ ކުޅުން ރަނގަޅުވަމުން އައުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox