އެރީނާ މާފުށީ ޕްރޯ ކައިޓް ސާފިން މުބާރާތް ހަންޓޭ ކާމިޔާބުކޮށްފި

Aug 28, 2022, 12:35 PM
މާފުށީ ޕްރޯ ކައިޓް ސާފިން މުބާރާތް ކާމިޔާބުކުރި ހަންޓޭ (ވ) އަށް ޓްރޮފީ ދެނީ.-- ފޮޓޯ: ވޭރިއަސްއާޓް ސްޓޫޑިއޯ

މާފުށީ ޕްރޯ ކައިޓް ސާފިން މުބާރާތް ކާމިޔާބުކުރި ހަންޓޭ (ވ) އަށް ޓްރޮފީ ދެނީ.-- ފޮޓޯ: ވޭރިއަސްއާޓް ސްޓޫޑިއޯ

ނިއު ސްޓާ ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މާފުށީ ޕްރޯ ކައިޓް ސާފިން މުބާރާތް ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ކައިޓް ސާފަރު ހަސަން މާހިރު (ހަންޓޭ) ކާމިޔާބުކޮށްފި އެވެ.

ސާދަ ކައިޓް ސާފަރުންނާ އެކު މާފުށީ ޕްރޯ ކައިޓް ސާފިން މުބާރާތް ކުރިއަށް ގެންދިޔައީ އިއްޔެ މާފުށީގެ ދެކުނު ބީޗު ސަރަހައްދުގަ އެވެ.

ބ. ގޮއިދޫ އަށް އުފަން ހަންޓޭ އެއް ވަނަ ހޯދިއިރު، މި އިވެންޓުން ދެ ވަނަ އަދި ތިން ވަނަ އަށްވެސް ދިޔައީ ގޮއިދޫގެ އެތުލީޓުންނެވެ. ދެ ވަނަ ރާއިފް ޝަނީޒް ހޯދިއިރު، ތިން ވަނަ ހޯދީ މަމްނޫން ނިޔާޒު (މަންނު) އެވެ.

Advertisement

އިންޓަނޭޝަނަލް ބްރޭންޑެއް ކަމަށްވާ "ސްލިންގްޝޮޓް"ގެ ރާއްޖޭގެ އެމްބެސެޑަރު ހަންޓޭ ވަނީ މި އަހަރުގެ ކުރީކޮޅު ރާޅުގުޑިން މާފުށީގައި ބޭއްވި ކައިޓް ބޯޑިން މުބާރާތުގެ ދެ ވަނަ ހޯދައިފަ އެވެ. އެ ފަހަރު ހަންޓޭ ބަލިކޮށް އެއް ވަނަ ހޯދީ އަބްދުއްތަސްލީމް (ޑެލިއޯ) އެވެ.

ފްރީ ސްޓައިލް މުބާރާތެއްގެ ގޮތުގައި ކުރިއަށްދިޔަ މާފުށީ ޕްރޯ ކައިޓް ސާފިން މުބާރާތަކީ ވާދަވެރިގޮތެއްގައި ކައިޓް ސާފަރުންނަށް މި ކުޅިވަރުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށް މާފުށީގެ ނިއު ސްޓާ ސްޕޯޓްސް ކުލަބުން ބޭއްވި މުބާރާތެކެވެ.

މީގެ އިތުރުން ކައިޓް ސާފަރުން އެއްތަނަކުން ދިމާވެލައި އެކުވެރި މާހައުލެއްގައި ވާދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް މުބާރާތް ބޭއްވުމުގައި މައިގަނޑު އެއް ސަބަބުކަމަށް ނިއު ސްޓާ ސްޕޯޓްސް ކުލަބުން ހާމަކުރެ އެވެ.

ކ.މާފުއްޓަކީ ވޯޓާ ސްޕޯޓްސް ޓުއަރިޒަމް އަށް ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ރަށެކެވެ. އެހެންކަމުން މާފުށި އިސްތިހާރުކުރުމަށް ވެސް މި މުބާރާތުގެ ސަބަބުން ފުރުސަތު ލިބުނު ކަމަށް މުބާރާތް އިންތިޒާމް ކުރި ފަރާތުން ހާމަ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox