ވާދަވެރި ފައިނަލުގައި އާމިން ބަލިވެއްޖެ! ކުރި ހިތްވަރަށް ސާބަސް!

މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލުގައި ވާދަކުރި އާމިން މޫސާ / ފޮޓޯ: އަދަދު - މުހައްމަދު ޝާބިން

މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލުގައި ވާދަކުރި އާމިން މޫސާ / ފޮޓޯ: އަދަދު - މުހައްމަދު ޝާބިން

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޖޫނިއާ ބައިގެ ފައިނަލުގައި މިއަދު ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާ އަތުން ބަލިވި ނަމަވެސް އާދަޔާ ޚިލާފު ހިތްވަރެއް ރާއްޖޭގެ ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ދައްކައިފި އެވެ.

އާމިން އަކީ ރާއްޖޭގެ ބޮޑީބޯޑިން ތާރީޚުގައި ބޮޑީބޯޑިން ވޯލްޑް ޓުއާގެ ފައިނަލުން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ. އަދި މިއީ އައިބީސީ ވޯލްޑް ޓުއާ މުބާރާތެއްގައި ރާއްޖޭގެ އެތުލީޓުން ވާދަކުރި ފުރަތަމަ ފަހަރެވެ.

ޖޫނިއާ ބައިގެ ފައިނަލުގައި އާމިން ވަނީ މިހާތަނަށް މި މުބާރާތުގެ ޖޫނިއާ ބައިގައި އޭނާގެ އެންމެ މަތީ ސްކޯވެސް ހޯދައިފަ އެވެ. ފައިނަލުން ގެބްރިއެލް މޮލީނާ މޮޅުވީ ވެސް މި މުބާރާތުގެ ޖޫނިއާ ބައިގެ ހުރިހާ ގޮތަކުން އެންމެ މަތީ ސްކޯ ހޯދައިގެންނެވެ. ފައިނަލުން އާމިން ބަލިވީ 0.90 ގެ ކުޑަ ތަފާތަކުންނެވެ.

ފައިނަލް ހީޓު ފަށައިގެން ލީޑުގައި އޮތީ އާމިން އެވެ. އޭނާގެ ފުރަތަމަ ދެ ރާޅުން ހޯދި ސްކޯއާ އެކު ކުރީގައި އޮއްވައި މޮލީނާ އަށް ކުރި ލިބުނީ ހީޓު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް އޭނާ ހޯދި ސްކޯ އިންނެވެ. އޭގެ ފަހުން އާމިން އަނެއްކާ ވެސް އެއް ރާޅުގައި 6.60 ގެ ސްކޯ އެއް ހޯދައި ލީޑު ނެގި އެވެ.

މޮލީނާ ފައިނަލުން މޮޅުވި ހީޓު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިބުނު ރާޅުގައި 7.25ގެ ސްކޯ އެއް ހޯދައިގެން 13.00ގެ ޖުމްލަ ސްކޯ އަކާ އެކުގަ އެވެ. އާމިން އަށް ޖުމްލަ ލިބުނީ 12.10ގެ ސްކޯ އެކެވެ.

މޯލްޑިވްސް ޕްރޯގެ ފައިނަލުގައި މިއަދު އާމިން މޫސާ ވާދަކުރަނީ / ފޮޓޯ: އަދަދު - މުހައްމަދު ޝާބިން
މޯލްޑިވްސް ޕްރޯގެ ފައިނަލުގައި މިއަދު އާމިން މޫސާ ވާދަކުރަނީ / ފޮޓޯ: އަދަދު - މުހައްމަދު ޝާބިން

މޯލްޑިވްސް ޕްރޯގެ ފައިނަލުގައި މިއަދު އާމިން މޫސާ ވާދަކުރަނީ / ފޮޓޯ: އަދަދު - މުހައްމަދު ޝާބިން

މި މުބާރާތުގެ ފައިނަލާ ހަމައަށް އާމިން ދިޔައީ ހުރިހާ ގޮތަކުންވެސް ހިތްވަރު ދައްކައިގެންނެވެ. ފުރަތަމަ ބުރުގައި އޭނާ ވާދަކުރި ހީޓުން ލިބުނީ ދެ ވަނަ އެވެ. އޭގެ ފަހުން ތިންވަނަ ބުރުގައި ގެބްރިއެލް މޮލީނާ އަތުން ބަލިވީ ބޮޑު ތަފާތަކުންނެވެ. ނަމަވެސް އެ ހީޓުގެ ދެ ވަނަ އާމިން އަށް ލިބުމުން އޭނާ އަށް ސެމީ ފައިނަލުން ޖާގަ ލިބުނެވެ.

ސެމީ ފައިނަލުގައި އާމިން ވަނީ އެންމެ ފަހު ވަގުތު ރާއްޖޭގެ ޖޫނިއާ ޗެމްޕިއަން ޝިމާލް ޝަމީމް (ޝިމައްލެ) ބަލިކޮށްފަ އެވެ. އެ ހީޓުގެ އެންމެ ފަހު ތިން މިނެޓަށް ދިޔައިރު އާމިން އޮތީ ބަލިވެފަ އެވެ. ނަމަވެސް ފަހު ވަގުތު 0.50ގެ ތަފާތަކުން އޭނާ ވަނީ ޝިމައްލެ ބަލިކޮށްފަ އެވެ.

އެ މޮޅާ އެކު ދުނިޔޭގެ ބޮޑީބޯޑިންގެ ތާރީޚީ ފައިނަލުން އޭނާ ޖާގަ ހޯދި އެވެ. އާމިން އަކީ ދުނިޔޭގެ ބޯޑީބޯޑިން ފެޑެރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާ މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ދިވެހި އެތުލީޓެވެ.

ކްލަބް ވެލެންސިއާއާ އެކު މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އާމިން އަކީ ވެލެންސިއާ ޔޫތު ޓީމުގެ ކެޕްޓަނެވެ. ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) މީގެ ކުރިން "އަދަދު" އަށް ބުނެފައިވަނީ އާމިން އަކީ ރަނގަޅަށް ފޯކަސް ކޮށްގެން މަސައްކަތް ކުރާ އެތުލީޓެކެވެ. ބޮޑީބޯޑިން އާއި ފުޓްބޯޅައިގައި ވެސް އޭނާ އަށް ކުރިއެރުން ލިބޭ އެންމެ ބޮޑު ސަބަަބަކީ ކުޑަހީނާގެ ނަޒަރުގައި އެއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox