ނަޕޯލީން އެފްރިކާ ކުޅުންތެރިންނަށް އިންވެސްޓްކުރުން މަދުކުރަނީ

Aug 3, 2022, 7:02 AM
ނަޕޯލީގެ ރައީސް ޑި ލޯރެންޓީސް: އެފްރިކާ ބައްރުން ކުޅުންތެރިން ގެންނައިރު، ކްލަބުން ކުރާ ހަރަދު ސަލާމަތްވާ ގޮތަށް ވިސްނަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައި.

ނަޕޯލީގެ ރައީސް ޑި ލޯރެންޓީސް: އެފްރިކާ ބައްރުން ކުޅުންތެރިން ގެންނައިރު، ކްލަބުން ކުރާ ހަރަދު ސަލާމަތްވާ ގޮތަށް ވިސްނަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައި.

ނޭޕްލްސް (އޮގަސްޓް 3) - ނަޕޯލީން ކުރިއަށް އޮތްތަނުގައި ވިސްނާނީ އެފްރިކާ ބައްރުން ވީހާވެސް މަދު ކުޅުންތެރިން ހޯދުމަށް ކަމަށް އެ ކްލަބްގެ ރައީސް އައުރޭލިއޯ ޑި ލޯރެންޓީސް ވިދާޅުވެއްޖެ އެވެ.

ނަޕޯލީގައި މި ވަގުތު ތިބި އެފްރިކާގެ ކުޅުންތެރިންނަކީ ނައިޖީރިއާގެ ވިކްޓަ އޮސީމެއިން އާއި ކެމަރޫންގެ ޒަމްބޯ އަންގީސާ އެވެ.

އިޓަލީގެ ގިނަ ކްލަބްތަކުން އެފްރިކާގެ ކުޅުންތެރިންނަށް އިންވެސްޓް ކުރުމުގެ ބަދަލުގައި އާ ކުޅުންތެރިން ހޯދަން ބަލަނީ ދެކުނު އެމެރިކާ އަށެވެ. އޭސީ މިލާނާއި އިންޓަ މިލާން އަދި ޔުވެންޓަސް އަކީ ދެކުނު އެމެރިކާގައި ސްކައުޓުން ހަމަޖައްސައިގެން ކުޅުންތެރިން އަތްފުނާ އަޅާ ކްލަބްތަކެވެ. ފަހަކަށް އައިސް އިޓަލީގައި އެފްރިކާ އަށް ނިސްބަތްވާ ކުޅުންތެރިންގެ ނުފޫޒު އަންނަނީ ގަދަވަމުންނެވެ.

އެކަމާ ބެހޭގޮތުން ނަޕޯލީގެ ރައީސް ޑި ލޯރެންޓީސް ބުނީ އެފްރިކާ ކުޅުންތެރިންގެ ހުނަރާ މެދު ސުވާލެއް ނެތް ކަމަށާއި މައްސަލަ ޖެހެނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޝެޑިއުލާއި އެފްރިކާގައި ވޯލްޑް ކަޕް ކޮލިފައިން ފަދަ މެޗުތައް ކުޅެން ރާވާ ގޮތް ކަމަށެވެ.

"އަހަރެން މިއީ އެފްރިކާއާ ދެކޮޅު މީހެއް ނޫން. އެކަމަކު، ވިޔަފާރިއެއްގެ ގޮތުގައި ކްލަބްގެ ކަންކަން ހިނގާއިރު، އަހަރެމެން ކްލަބްގެ މަސްލަހަތު އިސްކުރަން ޖެހޭ ފަހަރު އަންނާނެ. އެފްރިކަން ކަޕް މި ކުޅެނީ ޖެނުއަރީގައި، ދެން އެ މީހުން ބޭނުން ގޮތަކަށް ކޮލިފައިން މެޗުތައް ރާވަނީ. މި ހުރިހާ މެޗުތަކަށް ކުޅުންތެރިން ރިލީސްކޮށްފައި އަހަރެމެން މި ޖެހެނީ ކޮންޓްރެކްޓްގައިވާ ގޮތަށް އެ މީހުންނަށް (އެފްރިކާ ކުޅުންތެރިންނަށް) މުސާރަދޭން،" ޑި ލޯރެންޓީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްލަބަކުން ކުޅުންތެރިއަކު ގަންނަން އެ ކުރަނީ އިންވެސްޓްމަންޓެއް ކަމަށާއި އެ ލަސްވެގެން ފަސް އަހަރު ތެރޭ ކްލަބަށް ބަދަލު ލިބޭ ގޮތަށް ކަމަށެވެ. އެކަމަކު، އެފްރިކާ ކުޅުންތެރިން ގަނެގެން، ގިނަ ފަހަރު ޖެހެނީ ހަރަދު ދެކޮޅު ނުޖެހި، ސީޒަންގެ މުހިންމު ހިސާބަކުން އެ ކުޅުންތެރިން ގެއްލޭއިރު ވެސް މުސާރަ ދޭން ކަމަށް ޑި ލޯރެންޓީސް ވަނީ ވިދާޅުވެފަ އެވެ.

ފްރާންސްގެ ލިލް ދޫކޮށް، މީގެ ދެ އަހަރު ކުރިން ނަޕޯލީ އަށް އޮސީމެއިން، 23، ބަދަލުވިއިރު، 80 މިލިއަން ޑޮލަރުގެ ފީއެއް ދެއްކި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބްތަށް އެމެރިކާގެ މަހުޖަނުން ގަންނާތީ އެ ކަމާ ބެހޭގޮތުން ޑި ލޯރެންޓީސް ވިދާޅުވީ ނަޕޯލީ ގަންނަން ވެސް އެމެރިކާ ވިޔަފާރިވެރިއަކުގެ ހުށަހެޅުމެއް ލިބުނު ކަމަށެވެ. އެ ގޮތުން 2017 ވަނަ އަހަރު ނަޕޯލީ ގަންނަން ލިބުނު 900 މިލިއަން ޑޮލަރުގެ ބިޑް އަނބުރާ ފޮނުވާލީ، ފައިސާތަކެއް ހިފައިގެން އަޔަސް "ޕެޝަން" ނެތް ބަޔަކަށް ކްލަބެއް ނުހިންގޭނެ ކަމަށް ފެންނާތީ ކަމަށް ޑި ލޯރެންޓީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox