ބަދުއަހުލާގީ ވީޑިއޯކުގެ މައްސަލައިގައި ބައެއް އިދާރާތަކުގެ އެއްބާރުލުން ނުލިބޭ ކަމުގެ އިޝާރާތެއް އިމްރާން ދެއްވައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފައިލް ފޮޓޯ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފައިލް ފޮޓޯ

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ހިމެނޭ މީހުންނަށް ފިޔަވަޅު އެޅުމަށް ބައެއް އިދާރާތަކުން އެއްބާރުލުން ނުދޭ ކަމުގެ އިޝާރާތެއް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދެއްވައިފި އެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ، ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތަކުން ފެންނަ މީހުން ކޯޓު އަމުރުތަކެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށާފައިވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.

އިިމްރާން ވިދާޅުވީ މިފަދަ މީހުންނަށް ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅިނަމަވެސް, ޖިނާއީ އަދުލު ހިންގުމަކީ ފުލުހުންގެ އަތްމަތީގައި އެކަނި އޮތް ކަމެއް ނޫން ކަމަށެވެ.

Advertisement

"ނިޒާމުގައި ހިމެނޭ އެންމެން ﷲއަށް ބިރުވެތިވެ، ފުރިހަމަ ޒިންމާ އަދާކުރަން ޖެހޭ،" އިމްރާން ވިދާޅުވެފައިވެ އެވެ.

އަދި، މިފަދަ މީހުންނާމެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވި ވާހަކަ އިމްރާން ވަނީ ތަކުރާރުކުރައްވާފަ އެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް އާއްމުވުމުން، އެ ވީޑިއޯތަކުން ފެންނަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވާތީ އާއްމުންނާއި ބައެއް ދީނީ އިލްމުވެރިން އަދި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން އިމްރާނަށް ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން އިމްރާން ވަނީ ފާހިޝް އަމަލުތައް ހުއްޓުވަން ފިޔަވަޅު ނާޅައި ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވެ މީގެ ހަފުތާއެއް ކުރިން ވެސް ޓްވީޓެއް ކުރައްވާފަ އެވެ.

ފުލުހުން މިއަދު ފަށާފައިވާ އޮޕަރޭޝަނުގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ކާނަލް ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު އެވެ.

މި މައްސަލައިގައި ހައްޔަރު ކުރުމަށް ދެން ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްޗަށެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ މިވަގުތު މާލޭގައި ނެތެވެ.

އޭނާ މިވަގުތު ހުރީ އއ. އަތޮޅުގެ ރަށެއްގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނާޒިމްގެ ބައެއް ގާތް މީހުން މި ނޫހާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އަމުރު ލިބުމުން އޭނާ ހައްޔަރުކުރަން ފުލުހުން, އޭނާ އުޅޭ ތަނެއް ބެލުމަށް ގުޅި ކަމަށެވެ. އެ ތަނުގެ މައުލޫމާތު ނާޒިމް ދީފައިވާ ކަމާއި ފުލުހުން އެތަނަކަށް ގޮސް އޭނާ ހައްޔަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި މީހުން ހައްޔަރުކުރުން ލަސްވީ ވީޑީއޯ އާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެސިކް ތަޙްލީލުން ކަށަވަރުކުރުމަށް ވަގުތު ނެގުމުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox