ވެޓަލް، ފޯމިއުލާ ވަން އިން ރިޓަޔާކުރަނީ

Jul 28, 2022, 1:05 PM
ވެޓަލް، ފޯމިއުލާ ވަން އިން ރިޓަޔާކުރަނީ

ބުޑަޕެސްޓް، ހަންގޭރީ (ޖުލައި 28) - ހަތަރު ފަހަރު ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަންގެ ސެބެސްޓިއަން ވެޓަލް، މި ހިނގާ 2022 ވަނަ އަހަރުގެ ސީޒަނަށް ފަހު ފޯމިއުލާ ވަން އިން ރިޓަޔާކުރަން ނިންމައިފި އެވެ.

"ރިޓަޔާކުރުމަކީ އަހަންނަށް ފަސޭހަ ނިންމުމެއް ނޫން. މިކަމާމެދު ވަރަށް ދުވަހުު ވިސްނައިފިން،" ވެޓަލް ،35، މިހާރު ހިމެނޭ ޓީމު ކަމަށްވާ އެސްޓަން މާޓިން އިން ނެރުނު ބަޔާނެއްގައި އޭނަ ބުނެފައިވެ އެވެ.

"ބައްޕަ އަކަށް ވުމާ އެކު، އަހަރެން ބޭނުންވޭ އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރަން. އެކަމަކު، މިއަދު މިއީ އަލްވަދާއު ކިޔަންޖެހޭ ދުވަހެއް ނޫން. މިއަދު އަހަރެން ބޭނުންވަނީ ޝުކުރު އަދާކުރަން. ހާއްސަކޮށް ސަޕޯޓަރުންނަށް. ސަޕޯޓަރުން ނެތި، މި ކުޅިވަރު ދެމިއެއް ނޯންނާނެ."

ރެޑްބުލްއާ އެކު، ވެޓަލް އިން ވަނީ 2010 އިން 2013 އަށް ޖެހިޖެހިގެން ހަތަރު ފަހަރު ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، ރެޑްބުލް ޓީމުން ވަކިވި ފަހުން، ފެރާރީގެ ޓީމާ އެކު އޭނާ އަށް ކުރީގެ ފޯމެއް ނުދެއްކުނެވެ. އެސްޓަން މާޓިންގެ ޓީމަށް އޭނާ ބަދަލުވީ މިދިޔަ އަހަރެވެ.

ވެޓަލް އެންމެ ފަހުން ފޯމިއުލާ ވަންގެ ރޭހެއް ކާމިޔާބުކުރީ 2019 ވަނަ އަހަރެވެ. އެކަމަކު، ގްރޯން ޕްރީގެ ޖުމްލަ 53 ރޭސް ކާމިޔާބުކޯށް، އޭނާ އަކީ ފޯމިއުލާ ވަންގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ ރޭސް ކާމިޔާބުކުރި ޑްރައިވަރެވެ.

އެމެރިކާގެ ގްރޯން ޕްރީގައި، ވެޓަލް އެންމެ ފުރަތަމަ ސައުބާއާ އެކު ފޯމިއުލާ ވަންގައި ވާދަކުރީ 2017 ވަނަ އަހަރެވެ. އަދި ހަމަ އެ އަހަރު، ޓޮރޯ ރޯސޯ އަށް ބަދަލުވެ، އެެ އަހަރު ބާކީ އޮތް ހަތް ރޭހުގައި އޭނާ ވާދަކުރި އެވެ.

އެއް ސީޒަން ޓޮރޯ ރޯސޯއާ އެކު ފުރިހަމަކުރުމަށް ފަހު އޭނާ ރެޑްބުލްގެ ޓީމާ ގުޅުނީ 2009 ވަނަ އަހަރެވެ. ވެޓެލް 2010 ވަނަ އަހަރު ރެޑްބުލްއާ އެކު ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދިއިރު، އޭނާގެ އުމުރަކީ 23 އަހަރާއި 134 ދުވަހެވެ. އެހެންކަމުން، ވެޓަލް އަކީ ފޯމިއުލާ ވަންގެ ތާރީހުގައި ވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެންމެ ހަގު ޑްރައިވަރެވެ.

ފެރާރީއާ އެކު ޗެމްޕިއަންކަން ވެޓަލް އަށް ނުލިބުނު ނަމަވެސް، ދެ އަހަރެއްގައި ރަނަރަޕްގެ މަގާމު ލިބުނެވެ. އެކަމަކު، ވެޓަލްގެ އައިޑަލް ކަމަށްވާ މައިކަލް ޝޫމާކާއާ އެއްގޮތަށް، ފެރާރީއާ އެކު ޗެމްޕިއަންކަން ނުލިބުމުން، ފެރާރީއާ އެކު ހޭދަކުރި ދުވަސްތައް އޭނާ ވަނީ ނާކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox