ސިންގަޕޫރުގައި ގޮތަބަޔާ ހައްޔަރު ކުރަން މަސައްކަތް ކުރަނީ

ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ: އެމަނިކުފާނު މި ވަގުތު ހުންނެވީ ސިންގަޕޫރުގައި.

ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ: އެމަނިކުފާނު މި ވަގުތު ހުންނެވީ ސިންގަޕޫރުގައި.

ސިންގަޕޫރުގައި މި ވަގުތު ހުންނެވި ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ހައްޔަރު ކުރުމަށް އެދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕަކުން ހުށަހަޅައިފި އެވެ.

އިންޓަނޭޝަނަލް ޓްރުތް އެންޑް ޖަސްޓިސް ޕްރޮޖެކްޓް (އައިޓީޖޭޕީ) އިން އެކަމަށް އެދި ހުށަހެޅީ ސިންގަޕޫރުގެ އެޓާނީ ޖެނެރަލްގެ އޮފީހަށެވެ. އެއީ ލަންކާގެ ދިގު ދާހިލީ ހަނގުރާމައިގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ލާއިންސާނީ އަމަލުތަކާ ގުޅިގެންނެވެ.

އައިޓީޖޭޕީއިން ބުނީ ލަންކާގެ ދާހިލީ ހަނގުރާމައިގެ ފަހު ދުވަސްކޮޅު ގޮތަބަޔާ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިރު، ލާއިންސާނީ އެތައް އަމަލެއް ސިފައިން ހިންގި ކަމަށެވެ.

"އަޅުގަނޑުމެން ހުށަހެޅި ޖިނާއީ ޝަކުވާ ބިނާވެފައި ވަަނީ ޔަގީން ކުރެވޭ މައުލޫމާތުގެ މައްޗަށް. ކުރި ކުށުގެ މައުލޫމާތު ވެސް ކަަށަވަރު ކުރެވޭނެ އަދި އެކަމާއި މި ވަަގުތު ސިންގަަޕޫރުގައި ހުންނެވި ގޮތަބަޔާއާ އޮތް ގުޅުމުގެ ހެކި ވެސް އެބަަ ހުރި،" ގާނޫނީ ވަކީލު އެލެގްޒެންޑްރާ ލިލީ ކޭތާ ރޮއިޓާޒްއަށް ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް ވަަންދެން ރައްޔިތުން ކުރި މުޒާހަަރާގެ ސަބަބުން ޕްރެޝަަރު ބޮޑުވެ، ގޮތަބަޔާ ސިއްރުން ގައުމު ފުރާވަޑައިގެންނެވީ ޖުލައި 13 ގަ އެވެ. އެންމެ ފުރަތަމަ ރާއްޖޭގައި މަޑު ކުރެއްވުމަށް ފަހު އެމަަނިކުފާނު ވަޑައިގެންނެވީ ސިންގަޕޫރަށެވެ.

ސިންގަޕޫރަށް ވަޑައިގެން ރަސްމީކޮށް އިސްތިއުފާ ދެއްވި އެވެ. ސިންގަޕޫރުގައި އެމަަނިކުފާނު ހައްޔަރު ކުރަން އެދުނު މައްސަލައިގައި މިހާތަނަށް ވަަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު މީގެ ކުރިން ގޮތަބަޔާ ވަނީ ހަނގުރާމައާ ގުޅުވައިގެން ކުރާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox