ސިންގަޕޫރު ކައިރިން ކާގޯ ބޯޓަކާއި މަސްބޯޓެއް ޖެހިއްޖެ

Sep 21, 2026, 1:44 PM
ފޮޓޯ: އެކްސް

ފޮޓޯ: އެކްސް

ސިންގަޕޫރު ކައިރިން 229 މީޓަރުގެ ބޮޑު މުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ސަމާލުކަމަށް ލިބިއްޖެ އެވެ.

ބެލެވޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، ސެޕްޓެމްބަރު 17 ގައެވެ.

މެރިޓައިމް އެގްޒެކެޓިވް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެނަމާގެ ދިދަ ޖަހާފައިވާ "ފަސްޓް މާގޯ" ނަމަކަށް ކިޔާ ބޯޓާއި، ދިގުމިނުގައި 49 މީޓަރު ހުންނަ ޗައިނާގެ "ލޫކިން ޔުއާންޔޫ 108" މަސްބޯޓު ސިންގަޕޫރުގެ ބަނދަރުން ފުރާފައިވަނީ ދާދި އެއް ވަގުތެއްގަ އެވެ.

ޕޯލް ސްޓާ ގްލޯބަލްގެ އޭއައިއެސް ޝިޕް-ޓްރެކިން މައުލޫމާތުތަކާ ހަވާލާދީ އެ ނޫހުން ބުނި ގޮތުގައި، މި ދެ އުޅަނދުވެސް ދަތުރުކުރަމުން ދިޔައީ ސިންގަޕޫރު ކަނޑުއޮޅީގެ ތެރޭގައި އުޅަނދުފަހަރު ދަތުރުކުރުމަށް ހާއްސަކޮށްފައިވާ "ޓްރެފިކް ސެޕަރޭޝަން ސްކީމް" ގެ ތެރެއިންނެވެ.

މަސްބޯޓުގައި ތިބި މީހުން ކަމަށް ބެލެވޭ ބަޔަކު ނަގާފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، މުދާ އުފުލާ ބޮޑު ބޯޓު މަޑުމަޑުން އައިސް މަސްބޯޓުގައި ޖެހެ އެވެ. ބޯޓު ޖެހުމާއެކު މަސްބޯޓު އެއްފަރާތަކަށް ވަރަށް ބޮޑަށް އަރި އަޅާލައި، ބޯޓުގެ ޑެކް މައްޗަށް ރާޅުތައް އަރައިގެންދާ މަންޒަރު ފެނެ އެވެ. އަދި ބޯޓުގައި ތިބި މީހުން ސަލާމަތްވުމަށްޓަކައި އެކި ތަންތަނުގައި ހިފަހައްޓައިގެން ތިބި މަންޒަރު ފެނުމަށްފަހު، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވީޑިއޯ މެދުކެނޑެ އެވެ.

އުޅަނދުފަހަރު ދަތުރުކުރާ މަގު ދައްކައިދޭ ޓްރެކިން މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި ހާދިސާއަށްފަހުވެސް މަސްބޯޓު އަޑިއަކަށް ނުދެ އެވެ. މެރިޓައިމް އެގްޒެކެޓިވް އިން ބުނި ގޮތުގައި އެ ބޯޓުގެ އޭއައިއެސް ސިގްނަލް މެދުނުކެނޑި ލިބެމުންދިޔަ ކަމަށާއި، ބޯޓު މިހާރު ކައިރީގައި އޮތް ބަނދަރަކަށް ގާތްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ނުވަތަ މީހަކު މަރުވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ކަމާބެހޭ އިދާރާތަކުން މި ހާދިސާއާ ގުޅޭ ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައި ނުވާއިރު، ދެ އުޅަނދު ޖެހެން މެދުވެރިވި ސަބަބެއް ކަށަވަރެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox