ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

Nov 25, 2026, 6:28 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން ސިޓީއިން ބޭރުގައި ދިރިއުޅުއްވާ ގެކޮޅަށް ބަޔަކު ވަދެގަނެފައިވާ ކަމަށް "ދަ ސަން" ނޫހުން އަންގާރަ ދުވަހު ރިޕޯޓްކޮށްފި އެވެ.

އެ ނޫހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ އިރުމަތީ ނޯފޯކްގައި އޮންނަ ޝާހީ އާއިލާގެ ސޭންޑްރިންގްހަމް އެސްޓޭޓްގައި ހުންނަ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ދިހަ ކޮޓަރީގެ އެ ގެކޮޅަށް ބަޔަކު ވަދެގަތް ވަގުތު، ވިލިއަމް އާއި ކޭޓްގެ އިތުރުން އެ ދެކަނބަލުންގެ ތިން ބޭފުޅުން ވެސް އެ ގޭގައި ނޫޅުއްވާ ކަމަށް "ދަ ސަން" އިން ރިޕޯޓްކޮށްފައިވެ އެވެ. އެ ގެކޮޅަކީ 2011 ވަނަ އަހަރު ވިލިއަމް އާއި ކޭޓްގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި އޭރުގެ ރާނީ އެލިޒަބަތު ދެއްވި ތަނެކެވެ.

ޗުއްޓީ ހޭދަކުރެއްވުމަށާއި ކުރު ދަތުރުފުޅުތަކުގައި އެ ގެކޮޅު ބޭނުންކުރެއްވި ނަމަވެސް، އެ ބޭފުޅުންގެ މައިގަނޑު ދިރިއުޅުއްވުން އޮންނަނީ ލަންޑަންގެ ހުޅަނގުގައި ހުންނަ ވިންޑްސާ ކާސަލް އެސްޓޭޓްގަ އެވެ.

މި ހާދިސާއާ ގުޅިގެން ނޯފޯކް ފުލުހުން ވަގުތުން އެއްޗެއް ބުނެފައި ނުވާއިރު، ވިލިއަމްގެ ތަރުޖަމާނު ވިދާޅުވީ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަވާނެ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓްތައް ފެންމަތިވެފައި މިވަނީ، ވިލިއަމް އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީ އޮފީސް ކަމަށްވާ "10 ޑައުނިން ސްޓްރީޓް" އަށް ޒިޔާރަތްކުރައްވައި ބޮޑުވަޒީރު އެންޑީ ބާންހަމްއާ ބައްދަލުކުރެއްވި ވަގުތެއްގަ އެވެ.

އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ސިޔާސީ ލީޑަރުންނާއި ސަރުކާރުގެ ވަޒީރުންނާ ރަސްމީ މުނާސަބަތުތަކުގައި އާންމުކޮށް ބައްދަލުކުރެއްވި ނަމަވެސް، 1735 ވަނަ އަހަރުން ފެށިގެން އިނގިރޭސި ލީޑަރުންގެ ރަސްމީގެކޮޅުގެ ގޮތުގައި ބޭނުންކުރާ ޑައުނިން ސްޓްރީޓަށް ޝާހީ ބޭފުޅުން ޒިޔާރަތްކުރެއްވުމަކީ ވަރަށް މަދުން ނޫނީ ހިނގާ ކަމެއް ނޫނެވެ.

ކުރީގެ ރާނީ އެލިޒަބަތު 1955 ވަނަ އަހަރު ވިންސްޓަން ޗާޗިލް އިސްތިއުފާ ދެއްވުމުގެ ކުރީ ރޭ "ނަމްބަރު 10" ގައި އޭނާއާއެކު ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި 2012 ވަނަ އަހަރު އެކަމަނާގެ ޑައިމަންޑް ޖުބިލީ ފާހަގަކުރި އަހަރު، އެތަނުގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި އެވެ. 

މީގެ އިތުރުން، މިހާރުގެ ރަސްގެފާނު ޗާލްސް ވެސް ވަލީއަހުދުގެ ގޮތުގައި ހުންނެވި ދުވަސްވަރު، ސަރުކާރު ހިންގާ ގޮތް ބެއްލެވުމަށާއި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ޑައުނިން ސްޓްރީޓަށް އެތައް ފަހަރަކު ޒިޔާރަތްކުރެއްވި އެވެ. އަދި ވިލިއަމްގެ މަންމާފުޅު، ޑަޔާނާ ވެސް މީގެ ގާތްގަނޑަކަށް 37 އަހަރު ކުރިން، 1989 ވަނަ އަހަރު އެތަނަށް ޒިޔާރަތްކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

ޑިސެމްބަރު 16 ވަނަ ދުވަހު އެނބުރި ގައުމަށް ދާން ބޭނުން: ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަންނަ ޑިސެމްބަރު 16 ގައި އެނބުރި ގައުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ހާމަކުރެއްވި ނަމަވެސް، އެ ގައުމުގެ މިހާރުގެ ސަރުކާރުން ވަނީ އެ ފުރުސަތު ނެތް ކަމަށް ބުނެފަ އެވެ. އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ހަސީނާ، އިންޑިއާގެ ހިމާޔަތުގައި ހުންނަވައިގެން ގައުމުގެ ހަމަނުޖެހުންތަކަށް ހިތްވަރުދޭ ކަމަށް ބަންގްލަދޭޝް ސަރުކާރުން ތުހުމަތުކުރެ އެވެ.

"ކޮކްރޯޗް" ޕާޓީގެ ލީޑަރަކު އެއާޕޯޓުން ހުއްޓުވައިފި

އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކެއްގައި ތަގުރީރުކުރުމަށް ފުރަން ދަނިކޮށް، އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ލީޑަރު ސޯރަވް ދާސްގެ ޕާސްޕޯޓު ފްލެގްކޮށް ދިއްލީ އެއާޕޯޓުން ވަނީ ހުއްޓުވާފައެވެ. އިންޑިއާގެ ޒުވާނުންގެ މެދުގައި މަގުބޫލު މި ލީޑަރު ހުއްޓުވި ސަބަބެއް ސާފުނުވާއިރު، އޭނާއަކީ މީގެކުރިން ސަރުކާރާ ދެކޮޅަށް ކުރި އެކި މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ ފަރާތެކެވެ.

ފެއާނަސް ކްރީމަކުން 17 އަހަރުގެ ކުއްޖެއްގެ ކިޑްނީ ހަލާކުވެއްޖެ

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ އަންހެން ކުއްޖަކު ބޭނުންކުރި ފެއާނަސް ކްރީމެއްގައި ނުރައްކާތެރި މިންވަރަކަށް މާކަރީ ހުރުމުގެ ސަބަބުން، އެ ކުއްޖާގެ ކިޑްނީއަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ. މި މައްސަލައިގައި ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް ފުލުހުން މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، އެ ކްރީމުގައި މާކަރީ ހުރީ ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ކަމަށް ލެބޯޓްރީ ޓެސްޓުތަކުން ވަނީ ދައްކާފައެވެ.

ނޭޕާލަށް އިންޑިއާއިން 1.6 ބިލިއަން ޑޮލަރުގެ ބޮޑު އެހީއެއް

ނޭޕާލަށް ދިމާވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ގައުމު އާރާސްތުކުރުމަށް 1.62 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާއިން ނިންމައިފިއެވެ. މި އެހީ އިއުލާނުކުރީ ނޭޕާލްގެ ބޮޑުވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހުގައެވެ. މި ބައްދަލުވުމުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން، ދެ ގައުމު ގުޅުވައިދޭ ރޭލު ދަތުރުފަތުރުގެ ހިދުމަތް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އިންޑިއާގައި ހުންނެވި ހަސީނާ އަނބުރާ ގެނައުމަށް ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާގެ ދަށުން މަސައްކަތް ކުރަމުންދާއިރު، އެކަމަނާގެ މައްޗަށް އެ ގައުމުގައި ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox