ޗައިނާގެ ޖައްވީ މަރުކަޒަށް ދިޔަ ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާނަށް

Nov 25, 2026, 2:02 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރާ ފުރަތަމަ ބޭރު ގައުމެއްގެ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފި އެވެ.

މިއީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދިއުމަށް ޕާކިސްތާނުން ކުރާ އުންމީދުތަކަށާއި، ޖައްވީ ހޯދުންތަކުގެ އެހީގައި ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ޗައިނާއިން ކުރާ މަސައްކަތަށް ލިބުނު ތާރީހީ ކުރިއެރުމެކެވެ.

ޗައިނާގެ ހުޅަނގު އުތުރުގައި ހުންނަ "ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރު" އިން "ލޯންގް މާޗް-2އެފް" ރޮކެޓުގައި ފޮނުވާލި "ޝެންޒޯ-24" އުޅަނދު ޓިއަންގޮންގް ޖައްވީ މަރުކަޒާ ގުޅިފައިވަނީ ބުދަ ދުވަހުގެ ހެނދުނެވެ. މިއީ އެ އުޅަނދު ދަތުރު ފެށިތާ ގާތްގަނޑަކަށް ތިން ގަޑިއިރާއި ބައިގެ ފަހުންނެވެ.

ޖައްވަށް ދަތުރުކުރި ޕާކިސްތާނުގެ ފުރަތަމަ މީހާގެ ޝަރަފު ހޯދި އުމުރުން 40 އަހަރުގެ ޕައިލެޓް، ޒީޝާން އަލީ މި މިޝަންގައި މަސައްކަތް ކުރާނީ "ޕޭލޯޑް ސްޕެޝަލިސްޓެއް" ގެ ގޮތުގަ އެވެ. އޭނާ އެ ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަޑުކުރާނެ އެވެ.

މި ދަތުރުގައި ޒީޝާން އަލީއާއެކު ޗައިނާގެ ކޮމާންޑަރު ޓޭންގް ހޮންގްބޯ އާއި ފްލައިޓް އިންޖިނިއަރު ވޫ ޔީ ބައިވެރިވެ އެވެ.

މި ތާރީހީ ދަތުރަށް ތައްޔާރުވުމުގެ ގޮތުން ޒީޝާން ވަނީ ބެއިޖިންގައި ހަތް މަސް ދުވަހުގެ ތަމްރީނުތަކެއް ފުރިހަމަކޮށްފަ އެވެ. މި މުއްދަތުގައި އޭނާ ވަނީ ވަރަށް ބޮޑަށް ޗައިނާ ބަސް ދަސްކޮށް، އެ ގައުމުގެ ލަވަތަކާއި ޅެންވެރިކަން އުނގެނިފަ އެވެ. މީގެ އިތުރުން ޗައިނާގެ ސަގާފީ ލިޔުންތެރިކަން ނުވަތަ "ކެލިގްރަފީ" ދަސްކޮށް، ޓޭބަލް ޓެނިސް ކުޅުމުގެ ތަމްރީނުތައް ވެސް އޭނާ ވަނީ ހޯދާފަ އެވެ.

"އަހަރެން މި އުދުހެނީ ހަމައެކަނި އަމިއްލަ ނަމަކު ނޫން. އަހަރެންގެ ކޮނޑުގައި މިވަނީ ޕާކިސްތާނުގެ ނަން،" އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޒީޝާން އަލީ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

ޑިސެމްބަރު 16 ވަނަ ދުވަހު އެނބުރި ގައުމަށް ދާން ބޭނުން: ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަންނަ ޑިސެމްބަރު 16 ގައި އެނބުރި ގައުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ހާމަކުރެއްވި ނަމަވެސް، އެ ގައުމުގެ މިހާރުގެ ސަރުކާރުން ވަނީ އެ ފުރުސަތު ނެތް ކަމަށް ބުނެފަ އެވެ. އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ހަސީނާ، އިންޑިއާގެ ހިމާޔަތުގައި ހުންނަވައިގެން ގައުމުގެ ހަމަނުޖެހުންތަކަށް ހިތްވަރުދޭ ކަމަށް ބަންގްލަދޭޝް ސަރުކާރުން ތުހުމަތުކުރެ އެވެ.

"ކޮކްރޯޗް" ޕާޓީގެ ލީޑަރަކު އެއާޕޯޓުން ހުއްޓުވައިފި

އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކެއްގައި ތަގުރީރުކުރުމަށް ފުރަން ދަނިކޮށް، އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ލީޑަރު ސޯރަވް ދާސްގެ ޕާސްޕޯޓު ފްލެގްކޮށް ދިއްލީ އެއާޕޯޓުން ވަނީ ހުއްޓުވާފައެވެ. އިންޑިއާގެ ޒުވާނުންގެ މެދުގައި މަގުބޫލު މި ލީޑަރު ހުއްޓުވި ސަބަބެއް ސާފުނުވާއިރު، އޭނާއަކީ މީގެކުރިން ސަރުކާރާ ދެކޮޅަށް ކުރި އެކި މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ ފަރާތެކެވެ.

ފެއާނަސް ކްރީމަކުން 17 އަހަރުގެ ކުއްޖެއްގެ ކިޑްނީ ހަލާކުވެއްޖެ

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ އަންހެން ކުއްޖަކު ބޭނުންކުރި ފެއާނަސް ކްރީމެއްގައި ނުރައްކާތެރި މިންވަރަކަށް މާކަރީ ހުރުމުގެ ސަބަބުން، އެ ކުއްޖާގެ ކިޑްނީއަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ. މި މައްސަލައިގައި ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް ފުލުހުން މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، އެ ކްރީމުގައި މާކަރީ ހުރީ ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ކަމަށް ލެބޯޓްރީ ޓެސްޓުތަކުން ވަނީ ދައްކާފައެވެ.

ނޭޕާލަށް އިންޑިއާއިން 1.6 ބިލިއަން ޑޮލަރުގެ ބޮޑު އެހީއެއް

ނޭޕާލަށް ދިމާވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ގައުމު އާރާސްތުކުރުމަށް 1.62 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާއިން ނިންމައިފިއެވެ. މި އެހީ އިއުލާނުކުރީ ނޭޕާލްގެ ބޮޑުވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހުގައެވެ. މި ބައްދަލުވުމުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން، ދެ ގައުމު ގުޅުވައިދޭ ރޭލު ދަތުރުފަތުރުގެ ހިދުމަތް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އިންޑިއާގައި ހުންނެވި ހަސީނާ އަނބުރާ ގެނައުމަށް ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާގެ ދަށުން މަސައްކަތް ކުރަމުންދާއިރު، އެކަމަނާގެ މައްޗަށް އެ ގައުމުގައި ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox