ސިންގަޕޫރުގެ ބަސްތަކުގައި އަދަބާ ހިލާފު އަމަލުތައް ކުރާ މީހުންނަށް ބޮޑު ޖޫރިމަނާ

Sep 24, 2026, 7:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ސިންގަޕޫރުގެ ބަސްތަކުގައި ދަތުރުކުރާއިރު ގޮނޑިމައްޗަށް ފައި އެރުވުމާއި، ބާރަށް ލަވަ ނުވަތަ އޯޑިއޯ ޖެހުމާއި، ކެއިންބުއިމުގެ އިތުރުން ކުނި އެޅުން ފަދަ އަމަލުތައް ކުރާ ފަރާތްތައް 500 ސިންގަޕޫރު ޑޮލަރު (391 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރަން ފަށައިފި އެވެ.

މީގެ އިތުރުން، ބަސް ޓާމިނަލްތަކުގައި އެހެން ފަސިންޖަރުންނަށް އުނދަގޫވާ ފަދަ ކަންކަން ކުރުމާއި، ނުރައްކަލަށް ހުށަހެޅުމާއި، ބަހެއްގެ ނުވަތަ ބަސް ޓާމިނަލެއްގެ އެއްވެސް ތަނެއް ހަޑިކުރުން ފަދަ ސީރިއަސް ކުށްތަކަށް 5،000 ސިންގަޕޫރު ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ސިންގަޕޫރުގެ ލޭންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އެލް.ޓީ.އޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅުތަކުގެ ސަބަބުން އާންމު ދަތުރުފަތުރުގެ ނިޒާމަކީ އެންމެންނަށް ވެސް ރައްކާތެރި، އަދި އެކަކު އަނެކަކަށް އިހުތިރާމްކުރާ ހިތްފަސޭހަ މާހައުލަކަށް ވެގެންދާނެ ކަމަށެވެ.

Advertisement

މިދިޔަ ހޯމަ ދުވަހު އިއުލާންކުރި މި އާ ގަވާއިދުތަކަކީ ސިންގަޕޫރުގެ ރޭލު ނިޒާމު ނުވަތަ މާސް ރެޕިޑް ޓްރާންސިޓް (އެމް.އާރް.ޓީ) ގައި މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ގަވާއިދުތަކެކެވެ.

މީގެ ކުރިން އެމް.އާރް.ޓީ ރޭލުތަކުގައި ކެއިންބުއިން ފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ދެމުންދިޔަ ނަމަވެސް، ބަސްތަކުގައި މިފަދަ ކަންކަން ކޮންޓްރޯލް ކުރަމުން އައީ ބަސް ކުންފުނިތަކުގެ އަމިއްލަ ސިޔާސަތުތަކުގެ ދަށުންނެވެ. އެގޮތުން، އުނދަގޫވާ ގޮތަށް އަމަލުކުރާ ފަސިންޖަރުން ބަހުން ބޭލުމުގެ އިހުތިޔާރު ބަސް ދުއްވާ މީހުންނަށް އޮވެ އެވެ.

ނަމަވެސް، އަލަށް ގެނައި ބަދަލާއެކު މިފަދަ އުނދަގޫވާ އަމަލުތަކަކީ ގާނޫނީ ކުށްތަކެއްގެ ގޮތުގައި ކަނޑައަޅައި، ވަގުތުން ޖޫރިމަނާ ކުރެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އެލް.ޓީ.އޭ އިން ބުނި ގޮތުގައި، ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ފަސިންޖަރުންނަށް ރަސްމީ ނޯޓިސް ދޫކުރުމުގެ ބާރު، ޓިކެޓް އިންސްޕެކްޓަރުންނާއި ބަސް ޓާމިނަލްތަކުގެ މުވައްޒަފުން ފަދަ ހުއްދަ ދެވިފައިވާ ފަރާތްތަކަށް އޮންނާނެ އެވެ.

ބަސް ދުއްވާ މީހުން ނުވަތަ ސިންގަޕޫރުގައި ކިޔާ ގޮތުން ނަމަ "ބަސް ކެޕްޓަނުން" ނަށް މި ބާރު ދީފައެއް ނުވެ އެވެ. އެއީ އެމީހުންގެ މައިގަނޑު މަސްއޫލިއްޔަތު ކަމަށްވާ ބަސް ރައްކާތެރިކަމާއެކު ދުއްވުމަށް އިސްކަންދިނުމުގެ ގޮތުންނެވެ. އެހެން ނަމަވެސް، އުނދަގޫވާ ގޮތަށް އަމަލުކުރާ ފަސިންޖަރުންނަށް އެކަން ހުއްޓާލުމަށް އެންގުމުގެ ބާރު އެމީހުންނަށް އޮންނާނެ އެވެ. އަދި އެކަމަށް އެއްބާރުލުން ނުދޭ ފަރާތްތައް ބަހުން ބޭލުމާއި، ހާލަތު ގޯސްވެއްޖެ ނަމަ ފުލުހުންގެ އެހީތެރިކަން ހޯދުމުގެ އިހުތިޔާރު ބަސް ދުއްވާ މީހުންނަށް ލިބިގެންވެ އެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު އަމާން ތަނަކަށް ހެދުމަށް މަސައްކަތް ކުރަނީ ހަމައެކަނި ސިންގަޕޫރަކުން ނޫނެވެ. ދުނިޔޭގެ އެކި ސިޓީތަކުގެ ދަތުރުފަތުރުގެ ނިޒާމުތައް ފުޅާވަމުންދާއިރު، ހުރިހާ ފަސިންޖަރުންނަށް ހިތްފަސޭހަ ދަތުރެއް ކަށަވަރުކޮށްދިނުމަށްޓަކައި ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ގިނަ ގައުމުތަކަކުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

ޗާޕޯ އިސިދްރޯ ހައްޔަރުކޮށްފި

އެމެރިކާގެ އެފްބީއައި އިން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މެކްސިކޯގެ ޑްރަގު ލީޑަރު "ޗާޕޯ އިސިދްރޯ" ބަޑީގެ ހަމަލާތަކަކަށްފަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި ކުރިމަތިލުންތަކުގައި 11 މީހަކު މަރުވެފައިވާއިރު، އޭނާ ހައްޔަރުކުރީ އެމެރިކާއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ ތުހުމަތުގައެވެ. އެމެރިކާގެ އިންޓެލިޖެންސް އެހީގައި ހިންގި މި އޮޕަރޭޝަނަށްފަހު، އޭނާ އެގައުމާ ހަވާލުކުރުމަށް އެމެރިކާ ސަރުކާރުން ދަނީ އެދެމުންނެވެ.

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

Newsletter

Get the latest news delivered straight to your inbox