ޓެމިލް ނާޑޫއިން 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޔަގީންކުރަނީ

Nov 25, 2026, 2:02 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 500 ބިލިއަން ރުޕީސް (5.38 ބިލިއަން ޑޮލަރު) އަށް ވުރެ އަގުބޮޑު 70 އިންވެސްޓްމަންޓް އެއްބަސްވުމުގައި ބުދަ ދުވަހު ސޮއިކުރަން ނިންމާފައިވާ ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ ދެ ފަރާތަކުން އަންގާރަ ދުވަހު ރޮއިޓާސް އަށް ބުނެފި އެވެ.

"އޭޝިއާގެ ޑިޓްރޮއިޓް" ގެ ނަމުން މަޝްހޫރުވެފައިވާ އެ ސްޓޭޓުގެ ވެރިރަށް ޗެންނާއީ އަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒެކެވެ. އެ ސިޓީގައި ހިއުންޑާއީ އާއި ރެނޯ ގްރޫޕްގެ އިތުރުން އެޕަލް ކުންފުންޏަށް ސާމާނު ފޯރުކޮށްދޭ ފޮކްސްކޮން އަދި ޓާޓާ އިލެކްޓްރޯނިކްސް ފަދަ ބޮޑެތި ކުންފުނިތަކުގެ ފެކްޓްރީތައް ހުރެ އެވެ.

މައުލޫމާތު ދިން ފަރާތްތަކުގެ ތެރެއިން އެކަކު ބުނި ގޮތުގައި، އަލަށް ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ބްރެޒިލްގެ އިންޖީނު އުފައްދާ ކުންފުންޏެއް ކަމަށްވާ ޑަބްލިއުއީޖީ އާއެކު ވެވޭ އެއްބަސްވުން ހިމެނެ އެވެ. މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ނެތުމުން އެ ފަރާތްތަކުން ވަނީ ނަން ހާމަނުކުރުމަށް އެދިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ޑަބްލިއުއީޖީ ކުންފުނިންނާއި ޓެމިލް ނާޑޫ ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޓެމިލް ނާޑޫ ސަރުކާރުން ބުދަ ދުވަހު ޗެންނާއީގައި އިންވެސްޓަރުންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވަނީ، މީގެ ކުރިން އިއުލާންކޮށްފައިވާ އިންވެސްޓްމަންޓްތައް އަމަލީ މަސައްކަތަށް ބަދަލުކޮށް، އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޭދަކުރަން ފެށުމުގެ މަގު ފަހިކުރުމަށެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ޖޯސެފް ވިޖޭ ޗީފް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ އިންވެސްޓަރުންގެ ބައްދަލުވުމުގައި، މިދިޔަ އޮގަސްޓް މަހު ވަނީ 674.52 ބިލިއަން ރުޕީސްގެ 100 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ސެއިންޓް-ގޮބައިން އާއި އެމެރިކާގެ ސާވާ އުފައްދާ ކުންފުންޏެއް ކަމަށްވާ ސުޕަ މައިކްރޯ ކޮމްޕިއުޓާ ހިމެނެ އެވެ.

އިންޑަސްޓްރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބުދަ ދުވަހު ބާއްވާ މި ބައްދަލުވުމުގައި އުފެއްދުންތެރިކަމާއި، ސިނާއީ އުމްރާނީ ތަރައްގީ އާއި، ސާފު ހަކަތަ އާއި، އިންޖިނިއަރިން އަދި ފޭރާމާއި އިލެކްޓްރޯނިކްސް ދާއިރާގެ އެކި މަޝްރޫއުތަކުގެ ބިންގާ އެޅުމާއި އިފްތިތާހު ކުރުން ކުރިއަށްދާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާގައި، ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކުން އެ ފަރާތްތަކުގެ ސަޕްލައި ޗެއިން ފުޅާކޮށް ޓެކްނޮލޮޖީ މަރުކަޒުތައް ގާއިމުކުރަން މަސައްކަތް ކުރަމުންދާއިރު، އިންޑިއާގެ ސްޓޭޓްތަކުގެ މެދުގައި އިންވެސްޓްމަންޓްތައް ހޯދުމަށް ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފަ އެވެ.

މި މަހުގެ ކުރީކޮޅު، ޓެމިލް ނާޑޫއާ އަވަށްޓެރި އަންދްރަ ޕްރަދޭޝް އިން ވެސް ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކަށަވަރުކޮށްފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީޒް އިން ކުރިއަށްގެންދާ 4.59 ބިލިއަން ޑޮލަރުގެ ކޯލް-ޓު-ގޭސް މަޝްރޫއަކާއި، ކިއާ އިންޑިއާގެ 2 ބިލިއަން ޑޮލަރުގެ ދެވަނަ ކާރު ފެކްޓްރީ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

ޑިސެމްބަރު 16 ވަނަ ދުވަހު އެނބުރި ގައުމަށް ދާން ބޭނުން: ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަންނަ ޑިސެމްބަރު 16 ގައި އެނބުރި ގައުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ހާމަކުރެއްވި ނަމަވެސް، އެ ގައުމުގެ މިހާރުގެ ސަރުކާރުން ވަނީ އެ ފުރުސަތު ނެތް ކަމަށް ބުނެފަ އެވެ. އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ހަސީނާ، އިންޑިއާގެ ހިމާޔަތުގައި ހުންނަވައިގެން ގައުމުގެ ހަމަނުޖެހުންތަކަށް ހިތްވަރުދޭ ކަމަށް ބަންގްލަދޭޝް ސަރުކާރުން ތުހުމަތުކުރެ އެވެ.

"ކޮކްރޯޗް" ޕާޓީގެ ލީޑަރަކު އެއާޕޯޓުން ހުއްޓުވައިފި

އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކެއްގައި ތަގުރީރުކުރުމަށް ފުރަން ދަނިކޮށް، އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ލީޑަރު ސޯރަވް ދާސްގެ ޕާސްޕޯޓު ފްލެގްކޮށް ދިއްލީ އެއާޕޯޓުން ވަނީ ހުއްޓުވާފައެވެ. އިންޑިއާގެ ޒުވާނުންގެ މެދުގައި މަގުބޫލު މި ލީޑަރު ހުއްޓުވި ސަބަބެއް ސާފުނުވާއިރު، އޭނާއަކީ މީގެކުރިން ސަރުކާރާ ދެކޮޅަށް ކުރި އެކި މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ ފަރާތެކެވެ.

ފެއާނަސް ކްރީމަކުން 17 އަހަރުގެ ކުއްޖެއްގެ ކިޑްނީ ހަލާކުވެއްޖެ

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ އަންހެން ކުއްޖަކު ބޭނުންކުރި ފެއާނަސް ކްރީމެއްގައި ނުރައްކާތެރި މިންވަރަކަށް މާކަރީ ހުރުމުގެ ސަބަބުން، އެ ކުއްޖާގެ ކިޑްނީއަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ. މި މައްސަލައިގައި ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް ފުލުހުން މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، އެ ކްރީމުގައި މާކަރީ ހުރީ ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ކަމަށް ލެބޯޓްރީ ޓެސްޓުތަކުން ވަނީ ދައްކާފައެވެ.

ނޭޕާލަށް އިންޑިއާއިން 1.6 ބިލިއަން ޑޮލަރުގެ ބޮޑު އެހީއެއް

ނޭޕާލަށް ދިމާވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ގައުމު އާރާސްތުކުރުމަށް 1.62 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާއިން ނިންމައިފިއެވެ. މި އެހީ އިއުލާނުކުރީ ނޭޕާލްގެ ބޮޑުވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހުގައެވެ. މި ބައްދަލުވުމުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން، ދެ ގައުމު ގުޅުވައިދޭ ރޭލު ދަތުރުފަތުރުގެ ހިދުމަތް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އިންޑިއާގައި ހުންނެވި ހަސީނާ އަނބުރާ ގެނައުމަށް ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާގެ ދަށުން މަސައްކަތް ކުރަމުންދާއިރު، އެކަމަނާގެ މައްޗަށް އެ ގައުމުގައި ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox