ރާއްޖޭގެ އަޒްނީން މި ފަހަރު ހޯދީ އޭޝިއާ މުބާރާތުން ރަން މެޑަލް

Jul 17, 2022, 6:46 PM
ރާއްޖޭގެ އަޒްނީން މި ފަހަރު ހޯދީ އޭޝިއާ މުބާރާތުން ރަން މެޑަލް

ރާއްޖޭގައި މިހާރު ކުރިއަށްްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ބޮޑީބިލްޑިން ޓީމުގެ އެތުލީޓް، އަޒްނީން ރަޝާދު އެތުލެޓިކް ފިޒީކް ކެޓަގަރީން ރަން މެޑަލް ހޯދައިފި އެވެ.

އަޒްނީން މީގެ ކުރިން ވަނީ 2019 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގައި ބޭއްވި ސައުތު އޭޝިއާ ބޮޑީބިލްޑިން މުބާރާތުގެ 170 ސެންޓިމީޓަރު ބައިން ރާއްޖެ އަށް ރަން މެޑަލް ހޯދައިދީފަ އެވެ. އެކަމަކު، އެ ފަހަރު އިންޑޮނީޝިއާގެ ބަތާމްގައި ބޭއްވި އޭޝިއާ މުބާރާތުން އަޒްނީން ދިޔައީ ހަތަރު ވަނަ އެވެ.

އާ ފެށުމަކާ އެކު ބައިނަލްއަގުވާމީ ސްޓޭޖަށް އައިސް، ކ. މާފުށީގައި މިހާރު ކުރިއަށްދާ އޭޝިއާ މުބާރާތުން އަޒްނީން، 170 ސެންޓިމީޓަރު ބައިން ރަން މެޑަލް ހޯދީ ސައުތު އޭޝިއާގެ ދެ އެތުލީޓުންނާ ވާދަކޮށެވެ. އަޒްނީން، 2017 ވަނަ އަހަރު ބޮޑީބިލްޑިން އަށް ރަނގަޅަށް ފޯކަސް ކޮށްގެން މަސައްކަތް ފެށި ފަހުން އޭނާ އަކީ ރާއްޖޭގެ އެންމެ ރަނގަޅު އެއް ބޮޑީބިލްޑަރެވެ.

ރާއްޖޭގެ އަޒްނީން (މ) އަށް ޓްރޮފީ ހަވާލުކުރަނީ.---

މިއީ، އޭޝިއާ ބައްރުގެ ބޮޑީބިލްޑިން މުބާރާތަކުން ރާއްޖެ އަށް ލިބުނު ދެ ވަަނަ ރަން މެޑަލް އެވެ. އެންމެ ފުރަތަމަ ރަން މެޑަލް ރާއްޖެ އިން ހޯދީ 2017 ގެ އޭޝިއާ މުބާރާތުގަ އެވެ. އެއީ 2017 ވަނަ އަހަރު އޮތް އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި ބޮޑީބިލްޑަރު ޝާހީން އިބްރާހިމް ދީދީ އެވެ.

މި ފަހަރުގެ އޭޝިއާ މުބާރާތުގައި މިއަދު ކުރިއަށްދިޔަ އިވެންޓްތަކުގައި ދިވެހި ގިނަ އެތުލީޓުންތަކެއް ފެނިގެންދިޔައިރު، އޭގެ ބައެއް އިވެންޓްތަކުގައި ވާދަކުރި ދިވެހި އިތުރު ދެ އެތުލީޓަކު ވެސް ނިންމާލީ މެޑަލަކާ އެކު އެވެ. އެއީ 180 ސެންޓިމީޓަރު ކެޓަގަރީން ވާދަކުރި މުހައްމަދު އިމްރާހާއި 175 ސެންޓިމީޓަރު ބައިން ވާދަކުރި އަލީ ސަލީމް (އައްޔަ) އެވެ.

ބޮޑީބިލްޑިން އަކީ ރާއްޖެ އަށް ގިނަ ރަން މެޑަލްތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އޭޝިއާގެ މުބާރާތުން ވެސް ރާއްޖެ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަމިއްލަ ގައުމުގައި އޭޝިއާގެ ބޮޑު މުބާރާތް ބޭއްވުމުން ދިވެހި ބޮޑީބިލްޑަރުންނަށް ކާމިޔާބު ހޯދުމަށް ފަސޭހަވެގެންދާނެ އެވެ.

ރާއްޖޭގެ 20 ވަރަކަށް ބޮޑީބިލްޑަރުން ބައިވެރިވ މި ފަަހަރުގެ މުބާރާތަށް ބީބީއޭއެމުން ކަނޑައެޅި މެޑަލް ޓާގެޓަކީ 10 އެކެވެ. އެކަން ހާސިލްވެއްޖެނަމަ މިއީ ބޮޑީބިލްޑިން ތާރީހުގައި ރާއްޖެ އަށް އެންމެ ކާމިޔާބު މުބާރާތަށް ވާނެ އެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox