އަޒްނީނަށް ދުނިޔޭގެ މުބާރާތުން ވެސް ޖެހިޖެހިގެން ތިން ވަނަ ރަން މެޑަލް

Nov 10, 2024, 5:15 PM
އަޒްނީނަށް ދުނިޔޭގެ މުބާރާތުން ވެސް ޖެހިޖެހިގެން ތިން ވަނަ ރަން މެޑަލް

އައްޑޫ ސިޓީ ކެނަރީފް ރިސޯޓުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވެސް ރަން މެޑަލް ހޯދައި، ރާއްޖޭގެ އަޒްނީން ރަޝާދު، އޭނާގެ ކާމިޔާބީ އެހެން ހަރުފަތަކަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެތުލީޓަކަށް މީގެ ކުރިން ހޮވިފައިވާ އަޒްނީން މި ވަނީ އޭނާގެ ހާއްސަ އިވެންޓް ކަމަށްވާ، ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ކެޓަގަރީން، ދެކުނު އޭޝިއާ އާއި އޭޝިއާ އަދި ދުނިޔޭގެ މުބާރާތުގައި ވެސް ޖެހިޖެހިގެން ތިން ފަހަރު ރަން މެޑަލް ހޯދައިފަ އެވެ.

އެ ގޮތުން، ދެކުނު ކޮރެއާގެ ވޮންޖޫ ސިޓީގައި މިދިޔަ އަހަރު ބޭއްވި ދުނިޔޭގެ މުބާރާތުގައި ރަން މެޑަލް ދިފާއުކުރި، އަޒްނީން މި ވަނީ، އަމިއްލަ ގައުމުގައި ހޯސްޓްކުރާ މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ތިން ވަނަ ފަހަރަށް އެ އިވެންޓް ކާމިޔާބުކޮށްފަ އެވެ.

ނިވައިކަން ކުޑަހެދުމުގައި މީހުން ހަރަކާތްތެރިވާތީ، ކެނަރީފް ރިސޯޓްގައި ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ބޮޑީބިލްޑިން މުބާރާތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން، ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ވަނީ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދި، މި ފަހަރުގެ މުބާރާތް ބާއްވަން ދިމާވި ސަބަބު އޮޅުންފިލުވައިދޭން ބަޔާނެއް ނެރެފަ އެވެ.

އަޒްނީން ވަނީ އޭނާގެ ސަޕޯޓަރުންނަށް ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާކޮށްފަ އެވެ.

"ލޯބިވާ ސަޕޯޓަރުންނޭ. ގައުމަށް ރަން މެޑަލް ހޯދައިދީފައިވާ މި ދާއިރާ އިން ކުރިއަށްދިއުމަށް އަދި ރާއްޖެ އަށް އަބަދުވެސް ރީތިނަން ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ އެތުލީޓެއްގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ ލެވަލްގައި ވާދަކުރުމަކީ ވަކި ފަރުދަކަށް އެސޯސިއޭޝަނެއް ނުލައި ކުރެވޭނެ ކަމެއް ނޫން ކަމަށް ވުމާ އެކު، އަޅުގަނޑުމެންގެ އެސޯސިއޭޝަން ބޮޑީބިލްޑިން ޓޯނަމެންޓް ބޭއްވި މަގުސަދު ފުށޫއަރާގޮތަށް ސިޔާސީ ބޭނުމެއްގައި މިކަން ނުކުރެއްވުމަށް ނިހާޔަތަށް އެދެމެވެ." އަޒްނީން ފޭސްބުކްގައި ލިޔެފައިވެ އެވެ.

އަޒްނީން މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހިފައިގެން.--

ބޮޑީބިލްޑިންގެ ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ކުރިއަށްދާ 55 ކިލޯގެ އިވެންޓުގައި ވާދަކޮށް، ގައުމީ ބޮޑީބިލްޑިން ޓީމުގެ ޝާހީން އިބްރާހިމް ދީދީ ވަނީ ރަން މެޑަލް ހޯދައި، ތާރީހީ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. މިއީ، ބޮޑީބިލްޑިންގެ 55 ކިލޯގެ ކެޓަގަރީގައި ރާއްޖޭގެ އެތުލީޓެއް ހޯދި އެންމެ ފުރިހަމަ ކާމިޔާބެވެ.

ބޮޑީބިލްޑިންގެ ސުޕަ ކެޓަގަރީގައި ހިމެނޭ 75 ކިލޯގެ ބައިގައި ވާދަކުރި، ރާއްޖޭގެ ޖޫނިއާ އޯޕަން ޗެމްޕިއަން ކަމަށްވާ ޔޫސުފް އަޔާން ރިޒްވީ ވަނީ، މި ފަަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ރިހި މެޑަލް ހާސިލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox