އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ޝާހީނަށް ރިިހި މެޑަލެއް

Aug 9, 2024, 10:11 AM
އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ޝާހީނަށް ރިިހި މެޑަލެއް

އިންޑޮނޭޝިއާގެ ބަތަމްގައި މިހާރު ކުރިއަށްދާ 56 ވަނަ އޭޝިއާ ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޝާހީން އިބްރާހިމް ދީދީ (ޝާންޓެ) ރިހި މެޑަލެއް ހޯދައިފި އެވެ.

ޝާހީން، ރިހި މެޑަލް ހޯދީ 60 ކިލޯ ކެޓަގަރީންނެވެ. މި ކެޓަގަރީން، އެއް ވަނަ ހޯދީ އިންޑިއާގެ ތަންގަދުރާޖް ޖަޔަޕްރަކާޝް އެވެ. ދެ ވަނަ އަށް ޝާހީން ދިޔައިރު، ތިން ވަނަ ހޯދީ އިންޑިއާގެ ސޯރާ އަލްމާން އެވެ. އަދި ދެން ވާދަކުރި މެލޭޝިއާގެ މުހައްމަދު ހަމްރުއްދީން ދިޔައީ ހަތަރު ވަނަ އެވެ.

މިއީ، އޭޝިއާގެ މުބާރާތަކުން ޝާހީން އަށް ލިބުނު ދެ ވަނަ މެޑަލް އެވެ. މީގެ ކުރިން ޝާހީން ވަނީ، 2017 ވަނަ އަހަރުގެ އޭޝިއާ ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދައިފަ އެވެ. އެެއާ އެކު، އޭނާ ވެފައިވަނީ އޭޝިއާ ބައްރުގެ މުބާރާތަކުން ރަން މެޑަލެއް ހޯދައިދިން ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

އޭގެ ކުރިން، ޝާހީން ވަނީ 2014 ވަނަ އަހަރު މަކާއޫގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުގެ 160 ސެންޓިމީޓަރު ފިޓްނަސް ކެޓަގަރީން ލޯ މެޑަލް ހޯދައިފަ އެވެ.

ދިމާވި މައްސަލައެއްގެ ސަބަބުން، ބޮޑީބިލްޑިން ދުރުގައި މުއްދަތެއް ހޭދަކުރުމަށް ފަހު، އަލުން އެނބުރި އައިސް ޝާހީން ރިހި މެޑަލެއް ހޯދުމާ އެކު، ކެރިއަރުގައި ކުރިއަށްދާން އޭނާ އަށް އަނެއްކާ ވެސް ފުރުސަތު ހުޅުވުނީ އެވެ.

ޝާހީންގެ އިތުރުން، އޭޝިއާ މުބާރާތަކުން ދެން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނީ، މުހައްމަދު މޫސާ (މޯޑް) އެވެ. އެއީ، ކ. މާފުށީގައި 2022 ވަނަ އަހަރު ހޯސްޓްކުރި އޭސިއާ ބޮޑީބިލްޑިން މުބާރާތުގެ 55 ކިލޯ ކެޓަގަރީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox