އަޒްނީނަށް އޭޝިއާގެ ރަން މެޑަލް ޖެހިޖެހިގެން ތިން ވަނަ ފަަހަރަށް

އަޒްނީނަށް އޭޝިއާގެ ރަން މެޑަލް ޖެހިޖެހިގެން ތިން ވަނަ ފަަހަރަށް

އިންޑޮނޭޝިއާގެ ބަތަމްގައި މިހާރު ކުރިއަށްދާ 56 ވަނަ އޭޝިއާ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް މުބާރާތުން ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑަލް ހޯދައި، ޖެހިޖެހިގެން ތިން ވަނަ އަހަރު އެ ކާމިޔާބީ ތަކުރާރުކޮށްފި އެވެ.

އަޒްނީން، ރަން މެޑަލް ހޯދީ އޭނާގެ ހާއްސަ އިވެންޓް ކަމަށްވާ، ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ކެޓަގަރީންނެވެ. އަޒްނީން ވަނީ އެންމެ ފަހުން، 2022 ވަނަ އަހަރު މާލޭގައި ބޭއްވި އޭޝިއާ މުބާރާތާއި މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ވެސް ރަން މެޑަލް ހޯދައިފަ އެވެ.

އަޒްނީން މި ހޯދީ މި ފަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖެ އަށް ލިބުނު ދެ ވަނަ މެޑަލް އެވެ. އިއްޔެ، ރާއްޖޭގެ ޝާހީން އިބްރާހިމް ދީދީ (ޝާންޓެ) ވަނީ މި މުބާރާތުގެ 60 ކިލޯ ކެޓަގަރީން ރިހި މެޑަލެއް ހޯދައިފަ އެވެ.

އޭޝިއާ މުބާރާތުން މީގެ ކުރިން ރާއްޖޭގެ ދެ އެތުލީޓަކު ރަން މެޑަލް ހޯދި އެވެ. އެއީ، 2017 ވަނަ އަހަރުގެ މުބާރާތުގައި ޝާހީން އާއި 2022 ވަނަ އަހަރުގެ މުބާރާތުގައި މުހައްމަދު މޫސާ (މޯޑް) އެވެ.

އެންމެ ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި އަޒްނީން ވަނީ އޭނާގެ ހާއްސަ ކެޓަގަރީން ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ދެ ފަަހަރު ރަން މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން، ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ 170 ސެންޓްމީޓަރު ސްޕޯޓްސް ފިޒީކް ކެޓަަގަރީން ޖެހިޖެހިގެން ތިން ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީން ވަނީ ރެކޯޑެއް ވެސް ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox