އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ޔާމްބެ އާއި އަޒްނީން ރަން މެޑަލް ހޯދައިފި

Sep 6, 2023, 5:00 AM
އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ޔާމްބެ އާއި އަޒްނީން ރަން މެޑަލް ހޯދައިފި

ނޭޕަލްގެ ކަތަމަންޑޫގައި ކުރިއަށްދާ 55 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ މުހައްމަދު ޔާމީން (ޔާންބެ) އާއި އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިފި އެވެ.

މިމަހުގެ އެކަކުން ހަތަކަށް ކުރިއަށްދާ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ޔާމްބެ ރަން މެޑަލް ހޯދީ 85 ކިލޯ ކެޓަގަރީންނެވެ.

ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް މިދިޔަ ތިން އަހަރުވެސް ހޯދި ޔާމްބެ ވަނީ މިދިޔަ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ޗެލެންޖް ބޮޑު ބޮޑީބިލްޑިން ސުޕަ 90 ކިލޯގެ ކެޓަގަރީން ބްރޯންޒް މެޑަލް ހޯދާފަ އެވެ. އަދި މިއަހަރު ރާއްޖޭގައި އޮތް ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކޮށްވެސް ރަން މެޑަލް ހޯދާފަ އެވެ.

މިފަހަރުގެ އޭޝިއާ މުބާރާތުން އަޒްނީން ރަޝާދު ރަން މެޑަލް ހޯދީ ސްޕޯޓްސް ފިޒީކް ބައިގެ 170 ސެންޓިމީޓަރު ކެޓަގަރީގަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ރާއްޖޭގައި އޮތް އޭޝިއާ މުބާރާތުންނާއި، މިއަހަރުގެ ދެކުނު އޭޝިއާ މުބާރާތުންގެ ސްޕޯޓްސް ފިޒީކް ބައިންވެސް ރަން މެޑަލް ހޯދާފަ އެވެ. އަދި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުންވެސް އޭނާ ވަނީ ސްޕޯޓްސް ފިޒީކް ބައިން ރަން މެޑަލް ހޯދާފަ އެވެ.

އޭޝިއަން ޗެމްޕިއަންޝިޕުގައި މިފަހަރު ރާއްޖެއިން ވާދަކުރި އެހެން އެތުލީޓުންނަށް ބަލާއިރު، އަބްދުﷲ އަހުސަން ވަނީ އެތުލެޓިކް ފިޒީކް ބައިގެ 167 ސެންޓިމީޓަރުގެ ކެޓަގަރީން ރިހި މެޑަލް ހޯދާފަ އެވެ.

އަހުސަން އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތައިލެންޑުގައި ކުރިއަށްދިޔަ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ބްރޯންޒް މެޑަލް ހޯދާފައިވާ އެތުލެޓީކެވެ.

އޭޝިއާ ޗެމްޕިއަންޝިޕުގައި ދެން މެޑަލް ހޯދީ ފަތުހުﷲ މުހައްމަދު އެވެ. އޭނާ ވަނީ އެތުލެޓިކް ފިޒީކް ބައިގެ 160 ސެންޓިމީޓަރު ކެޓަގަރީން ބްރޯންޒް މެޑަލް ހޯދާފަ އެވެ.

ފަތުހުﷲ ވަނީ މިދިޔަ އަހަރު އޮތް އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ އެތުލެޓިކް ފިޒީކް 167 ސެންޓްމީޓަރު ކެޓަގަރީން ރިހި މެޑަލް ހޯދާފަ އެވެ. އަދި މިދިޔަ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕުގައި އޭނާ ވަނީ ބްރޯންޒް މެޑަލްވެސް ހޯދާފަ އެވެ.

އޭޝިއާ މުބާރާތުން މިފަހަރުވެސް ގިނަ ކާމިޔާބީތަކެއް ބޮޑީބިލްޑިން އިން ހޯދިއިރު، މި ކުޅިވަރަކީ ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އެންމެ ގިނަ ބައިނަލްއަގްވާމީ މެޑަލް ރާއްޖެއަށް ހޯދައިދޭ ކުޅިވަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox