ގދ. ތިނަދޫގައި ބިދޭސީން ތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައި ޒަހަމްވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ބިދޭސީ ދެ މީހެއްގެ މެދުގައި ފައިސާގެ މައްސަލައެއްގަ އެވެ.
ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިޝަރު ސާލިމް އަލީ "އަދަދު"އަށް ވިދާޅުވީ މާރާމާރީއެއްގައި ޒަހަމްވި ބިދޭސީއަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު އެނގޭނީ ފަހުން ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެނައި އިރު ބޮލަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.














