ޒަމާނީ ސީޕްލޭން ޓާމިނަލް؛ ހިތްގައިމު ލޯންޖުތަކާ އެކު ހުޅުވަން ތައްޔާރު

އާ ސީޕްލޭން ޓާމިނަލް "ނޫވިލް": މިހާރު ދަނީ ޓާމިނަލްގެ އެންމެ ފަހުގެ ޓްރަޔަލްތައް

އާ ސީޕްލޭން ޓާމިނަލް "ނޫވިލް": މިހާރު ދަނީ ޓާމިނަލްގެ އެންމެ ފަހުގެ ޓްރަޔަލްތައް

"މިއަދު މީ ވަރަށް އުފާވެރި ދުވަހެއް، އަޅުގަނޑުމެންގެ ސީޕްލޭން ޓާމިނަލްގެ ޓްރަޔަލްތައް ނިމި، ފަށަނީ މި" މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް ސީޕްލޭން ޓާމިނަލް ދައްކާލަމުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވި އެވެ.

ހިތްގައިމު ލޯންޖުތަކާ އެކު އިމާރާތްކޮށްފައިވާ އާ ސީޕްލޭން ޓާމިނަލްގެ މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ޓްރަޔަލް އެވެ. 14 ވަރަކަށް ޓްރަޔަލްއަށްފަހު ހުޅުވަން ތައްޔާރުވެފައިވާ ރާއްޖޭގެ މި ޓާމިނަލަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން އޮޕަރޭޝަނަލް ޓާމިނަލެވެ. އެއާއެކު އެވްރެޖްކޮށް، 4500 އާއި 7000 އާ ދެމެދުގެ އަދަދެއްގެ މީހުން ދުވާލެއްގެ މައްޗަށް މިތަން ބޭނުންކުރާނެ އެވެ.

ނޫސްވެރިންނަށް ޓާމިނަލްގެ ޓުއާ ދެއްވަމުން ތޯހާ ވިދާޅުވީ ލޯ ސީޒަނުގައި އެވްރެޖުކޮށް 300 ސީޕްލޭން މޫވްމަންޓް އޮޕަރޭޓްކުރާއިރު، ހައި ސީޒަނނުގައި 600 މޫވްމަންޓް އޮޕަރޭޓް ކުރާނެ ކަމަށެވެ. ގިނަ ބަޔަކަށް ހިދުމަތް ދިނުމަށް ބޮޑު ސީޕްލޭން ޓާމިނަލެއް އިމާރާތްކޮށްފައިވާއިރު، އެތަނުގައި މަސައްކަތް ކުރުމަށް 100 އެއްހާ ދިވެހިން ރެކްރޫޓުކޮށް، ޓްރެއިންކޮށް، ވަޒީފާ ދީފައި ވާކަން ތޯހާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ޓާމިނަލް ހަދާ ނިންމާލިއިރު، މިތަން ޑިޒައިންކުރިއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ބެލިން އެންމެ ޒަމާނީ އަދި ދިވެހިވަންތަ ހިދުމަތެއް މިތަނުން ފޯރުކޮށްދެވޭތޯ،" ތޯހާ ވިދާޅުވި އެވެ.

ޓާމިނަލް ޑިޒައިން ކޮށްފައިވަނީ، ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންގެ އެކްސްޕީރިއަންސަށް ވަރަށް ބޮޑަށް ބަލައިގެންނެވެ. ތޯހާ ވިދާޅުވީ ޓާމިނަލް ބޭނުންކުރަނީ ވަރަށް ހައި އެންޑް ފަތުރުވެރިން ކަމަށްވާއިރު، އެމީހުންނަށް ރިސޯޓުތަކުން ލިބޭ ފަދަ ހިދުމަތްތައް ޓާމިނަލުން ވެސް ދެވޭތޯ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް "ވިލުނޫ"ގެ ކޮމަން ލޯންޖު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އާ ސީޕްލޭން ޓާމިނަލް "ވިލުނޫ"ގެ ކޮމަން ލޯންޖު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާ ސީޕްލޭން ޓާމިނަލް "ވިލުނޫ"ގެ ކޮމަން ލޯންޖު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކަސްޓަމަރުންނަށް ހިތްގައިމު ތަޖުރިބާއެއް ލިބިދޭކަން ޔަގީންކޮށްދިނުމަށް ޓާމިނަލް ނިމޭއިރު، 50 ވަރަކަށް ރިސޯޓު ލައުންޖު ހުންނާނެ ކަމަށް ތޯހާ ވިދާޅުވި އެވެ. ރިސޯޓް ލައުންޖުތަކުގެ އިތުރުން އެމްއޭސީއެލުން ވަނީ ކޮމަން އަދި ބިޒްނަޒް ލައުންޖެއް ގާއިމްކޮށްފަ އެވެ. އެތަންތަނުން ވެސް އެންމެ ޒަމާނީ އަދި ދިވެހިވަންތަ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ތޯހާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ދެ ލައުންޖު ނޫން އެހެން ހުރިހާ ލައުންޖެއް ރިސޯޓުތަކަށް ހާއްސަކޮށްފައިވާއިރު، ހަ ލައުންޖު ފިޔަވައި ހުރިހާ ލައުންޖެއް މިހާރު ވަނީ ވިއްކާފަ އެވެ. މިހާރު ވިއްކާފައިވާ ލައުންޖްތަކުގެ ތެރެއިން ހަތަރު ލައުންޖެއް ބޭނުން ކުރަން ވެސް ވަނީ ފަށާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ފޯ ސީޒަންސް، އިންޓަކޮންޓިނެންޓަލް، ޖޯލި އަދި ސޮނޭވާގެ ލައުންޖުތަކެވެ.

އާ ސީޕްލޭން ޓާމިނަލް "ވިލުނޫ"ގައި ގާއިމްކޮށްފައިވާ ފޯ ސީޒަންސްގެ ލޯންޖު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އާ ސީޕްލޭން ޓާމިނަލް "ވިލުނޫ"ގައި ގާއިމްކޮށްފައިވާ ފޯ ސީޒަންސްގެ ލޯންޖު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާ ސީޕްލޭން ޓާމިނަލް "ވިލުނޫ"ގައި ގާއިމްކޮށްފައިވާ ފޯ ސީޒަންސްގެ ލޯންޖު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސީޕްލޭން އޮޕަރޭޝަންތަކުގެ ބޮޑުބައެއް އާ ޓާމިނަލަށް ބަދަލުކޮށްފައި ވާއިރު، ކުރިއަށް އޮތް ތިން މަސް ތެރޭގައި، ޓްރަޔަލްތައް ނިމި، ސީޕްލޭންގެ ހުރިހާ އޮޕަރޭޝަނެއް އާ ޓާމިނަލަށް ބަދަލު ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއާއެކު އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ތޯހާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އެންމެ ބޮޑު އަމާޒަކީ އާ ރަންވޭ މި އަހަރުގެ ނިމުމުގެ ކުރިން ބޭނުން ކުރަން ފެށުން

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ސީޕްލޭން އޮޕަޜޭޝަންތައް އާ ޓާމިނަލަށް ބަދަލު ކުރެވި، ރަސްމީކޮށް ހިދުމަތް ދޭން ފެށޭނެ އެވެ. އަދި، އެއާއެކު 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އެތަނުން ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލާ ބެހޭ ޓެކްނިކަލް މައުލޫމާތުތައް ހިއްސާ ކުރަމުން ޗީފް ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ސޯލާހް ވިދާޅުވީ، ކުރީގެ ސީޕްލޭން ޓާމިނަލުގެ ހުރިހާ ތަނެއް ރީލޮކޭޓް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، ހޭންގަރު ރީލޮކޭޓުކޮށް، ބޭނުންކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޓީއެމްއޭއިން ބޭނުންކުރަމުންދާ ޓާމިނަލް އޭ، ބީ އަދި ސީ އާ ޓާމިނަލަށް ބަދަލުކުރާނީ އާ ޓާމިނަލް ފުރިހަމައަށް އޮޕަރޭޓް ކުރަން ފެށުމުން ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް "ނޫވިލް"ގެ ޑޮކް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އާ ސީޕްލޭން ޓާމިނަލް "ނޫވިލް"ގެ ޑޮކް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާ ސީޕްލޭން ޓާމިނަލް "ނޫވިލް"ގެ ޑޮކް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސޮލާހް ވިދާޅުވީ، އާ ޓަމިނަލުގައި މިހާރު 47 ޑޮކެއް ބޭނުންކުރަމުންދާއިރު ހަ ޑޮކެއްގެ މެއިންޓެނެންސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އާ ޓަމިނަލުގެ ބޮޑުބައެއް ޓީއެމްއޭއަށް ދޫކޮށްފައިވާއިރު، ޓީއެމްއޭއަށް ވަނީ 42 ޑޮކެއް ދޫކޮށްފަ އެވެ. އަދި، މަންތާ އެއާއަށް ނުވަ ޑޮކު ދޫކޮށްފައިވާއިރު، މޯލްޑިވިއަނަށް ވެސް ނުވަ ޑޮކު ވަނީ ކަނޑައަޅާފަ އެވެ.

އޭގެ އިތުރަށް 24 ޑޮކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސޮލާހް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox