ބިދޭސީންގެ ޕޯޓަލް ނަކަލުކޮށް ވަގު ވެބްސައިޓުތަކެއް؛ ސަމާލުވާން އެދިއްޖެ

ރާއްޖެ އައި ބިދޭސީންތަކެއް ވެލާނާ އެއާޕޯޓުގައި. -ފައިލް ފޮޓޯ: އަދަދު

ރާއްޖެ އައި ބިދޭސީންތަކެއް ވެލާނާ އެއާޕޯޓުގައި. -ފައިލް ފޮޓޯ: އަދަދު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފަރުމާކޮށްފައިވާ އެކްސްޕެޓް ޕޯޓަލް ނަކަލުކޮށްގެން ހިންގަމުންދާތީ، އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެކްސްޕެޓް ޕޯޓަލް ނަކަލުކޮށްގެން ހިންގާ ވެބްސައިޓުތަކަކީ އާންމުކޮށް އެ ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހޯދައިގެން، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަރުމާކުރާ ސައިޓުތައް ކަމަށެވެ.

އެގޮތަށް ނަކަލުކޮށްފައިވާކަން މިހާތަނަށް ފާހަގަވެފައިވާ ހަ ވެބްސައިޓެއް އެ ބަޔާނުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްދީފަ އެވެ.

އެހެންކަމުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް މިނިސްޓްރީގެ ޕޯޓަލް ބޭނުންކުރާ ހުރިހާ ފަރާތްތައް ވެސް މިކަމަށް ސަމާލުވުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

މިގޮތުން، އޮންލައިން ހިދުމަތް ހޯދާއިރު، ހުރިހާ ވަގުތެއްގައި ވެސް ރަނގަޅު ޕޯޓަލްކަން ޔަގީން ކުރުމަށާއި، އެހެން ޕޯޓަލްއަކަށް އެއްވެސް މައުލޫމާތެއް ނުދިނުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އަދި މިނިސްޓްރީގެ ރަސްމީ ޕޯޓަލް ނޫން އެހެން ވެބްސައިޓަކަށް ލޮގްއިން ކުރެވިފައިވާކަން ޝައްކު ކުރެވޭނަމަ، އަވަހަށް ޕާސްވާޑް ރީސެޓް ކުރުމަށް ވެސް އެ ބަޔާނުގައި އެދިފައިވެ އެވެ.

މަކަރުން ފައިސާ ހޯދުން އާންމުވެއްޖެ

އޮޅުވާލައިގެން ހޯދާ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ފައިސާ ހޯދާ މައްސަލަތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ބޭންކުތަކުގެ ނަމުގައި ގުޅައިގެން ފައިސާ ޓްރާންސްފާ ކުރުވުމާއި، ފްލެޓު ދޭނެ ކަމަށް ބުނެ ފައިސާ ހޯދާ މައްސަލަތަކެއް ވެސް ދޭތެރެއަކުން ފެންމަތިވެ އެވެ.

މިފަހުން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ޕްރޮމޯޝަނެއްފައިސާ ހޯދާ މައްސަލަތަކެއް ފެންމަތިވެ، އެކަމަށް ސަމާލުވާން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox