ހުޅުމާލޭގައި ޕެއިންޓްބޯލް ޓޯނަމަންޓެއް، ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް

ހުޅުމާލޭގައި ޕެއިންޓްބޯލް ޓޯނަމަންޓެއް، ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް

އަންނަ އޮގަސްޓްމަހު ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ޕެއިންޓްބޯލް ޓޯނަމަންޓުގައި ބައިވެރިވާން ބާކީ އެއް ދުވަހަށް ވެއްޖެ އެވެ.

ޔުނިކްސް ސްޕޯޓިން އިން އިންތިޒާމުކުރާ މި ޕެއިންޓްބޯލް މުބާރާތް ބާއްވަން އެންމެ ފުރަތަމަ ނިންމީ 2020 ވަނަ އަހަރެވެ. އެމްއެންޑީއެފް އާ ގުޅިގެން އޭރު އެ މުބާރާތް ބާއްވަން އުޅުނު ނަމަވެސް، ކޮވިޑާހެދި ކުރިއަށް ނުގެންދެވުނީ އެވެ. މިފަހަރު މި މުބާރާތް ބާއްވަން ތައްޔާރުވަމުން ދަނީ ޔުނިކްސް ސްޕޯޓިންގެ ހޯސްޓިން ޕާޓްނާ، އެޗްޑީސީއާ ގުޅިގެންނެވެ.

ޕެއިންޓްބޯލް މުބާރާތާ ބެހޭ މައުލޫމާތު ހިއްސާ ކުރަމުން ޔުނިކްސް ސްޕޯޓްސްގެ ފަރާތުން ރޭޝަން ޝަރީފް "އަދަދު"އަށް ވިދާޅުވީ ޕެއިންޓްބޯލް މުބާރަތް ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ކަމަށާއި، ބާއްވާނެ ވަކިތަނެއް އަދި ފައިނަލް ކުރެވިފައި ނުވާ ކަމަށެވެ.

ހުޅުމާލޭގެ ހުސް ބިމެއްގައި ވަގުތީ ގޮތުން ތައްޔާރު ކުރެވޭ ޕެއިންޓްބޯލް އެރީނާއެއްގައި މި މުބާރަތް އޮންނާނީ

ރޭޝަން ޝަރީފް ވިދާޅުވީ، މި މުބާރާތުގައި އުމުރުން 16 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު ފަސް ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ލިންކު މެދުވެރިކޮށް، ފޯމު ހުށަހެޅުމުން ރަޖިސްޓާ ކުރެވޭނެ އެވެ. އެންމެ ފުރަތަމަ އަންނަ 24 ޓީމަކަށް ފުރުސަތު ދޭ ގޮތަށް މި މުބާރާތުގައި ބައިވެވޭނީ ފަސް މެންބަރުންގެ ޓީމުތަކަށެވެ. ކޮންމެ ޓީމަކަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 2000 ރުފިޔާ ދައްކަން ޖެހެ އެވެ.

ރެކްރިއޭޝަނަލް އާއި ކުޅިވަރުތައް އިންތިޒާމުކުރާ ޔުނިކްސް ސްޕޯޓިން ވަނީ ދާދިފަހުން ވަރަށް ފޯރިގަދަ ފައިގަތަޅާ މުބާރާތެއް ބާއްވާފަ އެވެ. އެ ކުންފުނިން ދަނީ ކުރިއަށް އޮތް އަޟްހާ އީދާ ދިމާކޮށް ސޮނީ ހާޑްވެއާއާ "ކަނޑުފޯރި" ކިޔާ އެޕްލިކޭޝަނެއް ތައާރަފް ކުރުމަށް ވެސް ރާވާފަ އެވެ. ކަނޑުފޯރިއަކީ އޮންލައިންކޮށް، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ބައިވެރިވެވޭ މަސްރޭހެކެވެ.

ޕެއިންޓްބޯލް މުބާރާތަކީ ވެސް ޔުނިކްސް ސްޕޯޓިންގެ މިއަހަރުގެ ކަލަންޑަރުގެ ތެރޭގައި ހިމެނޭ ކުޅިވަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox