ޔޯގާ ހަދަން ތިއްބާ ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ހަތް މީހަކު ހައްޔަރުކޮށްފި

ޔޯގާ ހަދަން ތިއްބާ ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި މިއަދު ހައްޔަރުކުރި މީހުން

ޔޯގާ ހަދަން ތިއްބާ ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި މިއަދު ހައްޔަރުކުރި މީހުން

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ، ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ހަތް މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

އެ ހަތް މީހުންގެ ތެރެއިން ދެ މީހުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އަދި ފަސް މީހަކު ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. ބުރާސްފަތި ދުވަހު ހައްޔަރުކުރީ ކ. މާލެ، މ. ފަޅުމަތީގެ، އަހްމަދު އަލީ އާއި ކ. މާލެ، ގ. ކޮލަމްބިއާ، މުހައްމަދު ޒީޝާން ނާސިރެެވެ. އޭގެ ތެރެއިން އަހްމަދު އަލީގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ޒީޝާންގެ ބަންދަށް ޖަހާފައި ވަނީ ފަސް ދުވަހެވެ.

އިއްޔެ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ، ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު އާއި އއ. މާޅޮސް، ލަކީސްޓާ، އަލީ މިރުޝާދު އާއި ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން އާއި ކ. މާލެ، ގ. ފީނިކްސް، އަބްދުﷲ ނިޔާޒު އަދި ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދެވެ. މި ފަސް މީހުންގެ ބަންދަށް ވެސް މިހާރު ވަނީ 45 ދުވަސް ޖަހާފައެވެ.

ޔޫތް މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ގައުމީ ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އެޅި މައްސަލާގައި މިހާރު ވަނީ ޖުމްލަ 19 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންގާރަ ދުވަހު ހައްޔަރު ކުރި ހަ މީހުންނާއި ބުދަ ދުވަހު ހައްޔަރުކުރި ހަ މީހުންގެ އިތުރުން ބުރާސްފަތި އަދި ހުކުރު ދުވަހު ހައްޔަރުކުރި ހަތް މީހުންނެވެ.

އަންގާރަ ދުވަހު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ކ. ތުލުސްދޫ، ވީނަސް، މުހައްމަދު ނަދީމް އާއި ކ. މާލެ، މއ. ކަނުހުރާ، މުހައްމަދު ޒިލްޔަން އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް އާއި ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމްގެ އިތުރުން ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ހުސައިން އަދި ގދ. ރަތަފަންދޫ، ލިލީޕާކް، އަމީން އަހްމަދެވެ.

ބުދަ ދުވަހު ހައްޔަރުކުރީ ހއ. ހޯރަފުށި، ޔާގޫތުގެ، މުހައްމަދު އިސްމާއީލް އާއި ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން އާއި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން އާއި ގއ. މާމެންދޫ، އަސްރަފީވިލާ، އަހްމަދު ނަސޫހްގެ އިތުރުން ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު އަދި ށ. މިލަންދޫ، ނާޒް، ފަޟްލޫން މުހައްމަދެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅާ، ހަމަނުޖެހުން ހިންގާފައިވަނީ ސަރުކާރުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ހައި ކޮމިޝަނަރުން ވެސް ތިއްބައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox