16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: އީގަލްސް ބަލިކޮށް ވެލެންސިއާ ސެމީ އަށް

Jun 6, 2022, 1:41 PM
ވެލެންސިއާގެ ކެޕްޓަން ޖޫދު (ކ) އީގަލްސްގެ އަބްދުﷲ ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެލެންސިއާގެ ކެޕްޓަން ޖޫދު (ކ) އީގަލްސްގެ އަބްދުﷲ ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއޭއެމުން މިހާރު ކުރިއަށްގެންދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް އީގަލްސް 1-0 އިން ބަލިކޮށް ކްލަބް ވެލެންސިއާ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ތިން ޓީމު ވާދަކުރާ ގްރޫޕް ބީގެ ފުރަތަމަ މެޗުން ވެލެންސިއާ ވަނީ 10-1 އިން ދަ ގްރާންޑޭ ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ ދެ ވަނަ މެޗުގައި ވެލެންސިއާ މިއަދު މޮޅުވިއިރު، އެ ޓީމު ސެމީ އަށް ދާނީ މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ދަ ގްރާންޑޭ އާއި އީގަލްސް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މި ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ސެމީގެ އަނެއް ޖާގަ ލިބޭނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ވެލެންސިއާ އިން ދިޔައީ އީގަލްސް ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އެ ގޮތުން ވެލެންސިއާ އިން ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ވެލެންސިއާގެ ކެޕްޓަން، މުހައްމަދު ޖޫދު އަޝްފާގު ޖެހި ދެ ބޯޅައެއް އީގަލްސް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. ފުރަަތަމަ ހާފުގައި ވެލެންސިއާގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާތެރެއަށް ވަދެ، އީގަލްސްގެ އަހުމަދު އަފްލާޒް ޖެހި ބޯޅަ ވެލެންސިއާގެ ކީޕަރު އަބްދުﷲ ރަޒީފް ވަނީ މަތަކޮށްފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ވެލެންސިއާ އާއި ކްލަބް އީގަލްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އާދަމް އަބްދުއްލަތީފް (ލައްޗޭ)ގެ ކޯޗުކަމުގައި ކުޅޭ ވެލެންސިއާ އިން މޮޅުވި ގޯލު ޖެހީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. އީގަލްސްގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި، ވެލެންސިއާގެ މިޑްފީލްޑަރު، އަހުމަދު ހަމްދާން އަޒްލީން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ހުއްޓުވަން، އީގަލްސްގެ ކީޕަރު، މުހައްމަދު ރައްޔާނަށް ކުރެވޭނެ ކަމެއް ނެތެވެ.

ލީޑުފުޅާކުރަން ވެލެންސިއާ އަށް ލިބުނު ފުރުސަތުގައި ގޯލެއް ޖެހޭގޮތެއްނުވި އެވެ.

ވެލެންސިއާގެ އިތުރުން ސެމީ ފައިނަލުގެ ޖާގަ ދެން ލިބިފައި އޮތީ ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް އަށެވެ. ޓީސީން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް، ބާކީ އެއް މެޗު އޮއްވައި ސެމީން ފުރުސަތު ހޯދައިފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ދެން ކުޅޭނީ ބުދަ ދުވަހު އެވެ. އެ ދުވަހު ހަވީރު ޓީސީ ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެވެ. އެރޭ ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ސަސްއާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox