ޒުވާން ގައުމީ ޓީމާ މެދު މުހައްމަދުގެ ބޮޑު އުންމީދެއް

17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން މުހައްމަދު.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން މުހައްމަދު.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

އޭއެފްސީ 17 އަހަރުން ދަށުގެ ކޮލިފައިން އާއި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ގައުމީ ޒުވާން ޓީމުގަ ތިބި ކުޅުންތެރިންނާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، އުންމީދަކީ ރަނގަޅު ނަތީޖާތަކެއް ނެރުން ކަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވެހުރި މުހައްމަދު އާދަމް ބުނެފި އެވެ.

ކުރިއަށް އޮތް ދެ މުބާރާތައް ގައުމީ ޒުވާން ޓީމުގެ ސްކޮޑް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ޒުވާން ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި މުހައްމަދު މަސައްކަތް ކުރާއިރު, އޭނާގެ އެސިސްޓެންޓަކަށް މަސައްކަތް ކުރާނީ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ޓީސީ ސްޕޯޓްސް ކުލަބާއެކު އުފުލާލި އަހުމަދު ނިމާދު (ނިމާ) އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި މުހައްމަދު ބުނީ، މި މަހު 20 ގެ ކުރިން ގައުމީ ޒުވާން ޓީމުގެ ސްކޮޑް ފައިނަލްކޮށް ފޮނުވަންޖެހޭ ކަމަށެވެ. އަދި މި ވަގުތައް ބަލާއިރު، ސްކޮޑާ ބައެއް ކުޅުންތެރިން ނުގެޅޭ ކަމަށް މުހައްމަދު ވަނީ ފާހަގަކޮށްފަ އެވެ.

"ބައެއް ކުޅުންތެރިން އަދި ސްކޮޑާ ނުގުޅޭ. ސްކޫލް ކަންކަން ހުރުމާ އަދި އެއް ކުޅުންތެރިއަކު ގައުމުން ބޭރުގައި ހުރީ, އެ ކުޅުންތެރިންނާ އެކު، ރަނގަޅު ސްކޮޑެއް ނެގޭނެ" މުހައްމަދު ބުންޏެވެ.

17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓްރަޔަލް ޕްރެކްޓިހުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

މުހައްމަދު ބުނީ، ޒުވާން ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލަން ފަރިތަކުރުންތައް ފެށިއިރު، ވަރަށް ހުނަރުވެރި ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ކަމަށެވެ. ހާއްސަކޮށް އަތޮޅުތެރެއިން އައިސްތިބި ކުޅުންތެރިންގެ ހުނަރު މުހައްމަދު ފާހަގަކުރި އެވެ.

އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ނިމާ ހުރުން އެއީ މުހައްމަދު މި ފަހަރުގެ މުބާރާތައް ގައުމީ ސްކޮޑު ނަގައިގެންދާއިރު، ހުރިހާ ގޮތަކުން ވެސް ފައިދާ ވާނެ ކަމެއް ކަމަށް ފާހަގަކުރި އެވެ. އެ ގޮތުން، މިހާރުގެ ޔޫތު ފުޓްބޯޅައިގެ ކަންކަން އެންމެ ބޮޑަށް އެނގޭނެ އެއް ކޯޗަކީ ނިމާ ކަމަށް މުހައްމަދު ފާހަގަކުރި އެވެ.

އޭޝިއަން ކަޕް ކޮލިފައިން އާއި ސާފްގެ 17 އަހަރުން ދަށުގެ މުބާރާތަށެވެ. ބޫޓާނުގައި ސެޕްޓެމްބަރު 18-28 އަށް ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ، އިންޑިއާ އާއި ބަންގްލަދޭޝާ އެއް ގްރޫޕެއްގަ އެވެ. އެ މުބާރާތުގެ މެޗު ޝެޑިއުލް އާންމުނުކުރެ އެވެ.

ސަތާރަ އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން, އޮކްޓޫބަރު 19-27 އަށް ކުރިއަށްދާއިރު، ރާއްޖެ ހިމެނުނީ، ގްރޫޕް ސީގަ އެވެ. އެ ގްރޫޕްގެ މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖޭގެ އިތުރުން ދެން ހިމެނެނީ، ދެކުނު ކޮރެއާ އާއި ބަހުރޭން އަދި ބޫޓާން އެވެ. އޮކްޓޫބަރު 19 ވަނަ ދުވަހު ކޮލިފައިން ފުރަތަމަ މެޗުގައި ރާއްޖޭން ބޫޓާނާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، 21 ވަނަ ދުވަހު ބަހްރޭނާ ކުޅުމަށް ފަހު ތިން ވަނަ މެޗުގައި، ކޮރެއާއާ ކުޅޭނީ 23 ވަނަ ދުވަހު އެވެ. އަދި ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް 25 ވަނަ ދުވަހު ނުކުންނާނެ އެވެ.

ޑިފެންޑަރެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރުގައި ހޭދަކުރި މުހައްމަދުގެ ކޯޗިން ކެރިއަރުގައި އެންމެ ބޮޑު އުސްއައްޔަކީ ސްރީ ލަންކާގެ ޓީމުތަކުގައި އޭނާ ކޮށްފައިވާ މަސައްކަތްތަކެވެ. އެ ގޮތުން އޭނާ ވަނީ ސްރީލަންކާގެ ޕްރިމިއާ ލީގު ކްލަބެއް ކަމަށްވާ ޖާވާ ލޭން ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކޮށްދީފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ކޯޗިންގައި މުހައްމަދު ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކޯޗުކޮށްދީފަ އެވެ.

އެފްއޭއެމްގެ އަތޮޅު ފުޓްބޯޅައިގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ވަނީ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox