16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: ބޮޑު މޮޅެއް ހޯދައި ވެލެންސިއާ ފައިނަލަށް

Jun 29, 2022, 6:31 PM
ވެލެންސިއާގެ އަމާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަން ވަހީދު

ވެލެންސިއާގެ އަމާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަން ވަހީދު

އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުގައި 6-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ވެލެންސިއާ އިން މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ 20:30 ގައި ފަށާ ފައިނަލުގައި ވެލެންސިއާ އިން ކުޅޭނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. ޔުނައިޓެޑް ވިކްޓަރީ ވަނީ މިއަދު ހަވީރު ކުޅުނު ފުރަތަމަ ސެމީގައި 4-0 އިން ކްލަބް އީގަލްސް ބަލިކޮށްފަ އެވެ.

ކުރީގެ އެއް ވަނަ ފޯވާޑް އާދަމް އަބްދުއްލަތީފް (ލައްޗޭ)ގެ ކޯޗުކަމުގައި ކުޅޭ ވެލެންސިއާ އިން މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ޓީސީ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. ޓީސީގެ ކޯޗަކަށް ފުރަތަމަ ޑިވިޝަނުގެ ކޯޗިންގެ ތަޖުރިބާ ބޮޑު މުހައްމަދު ޝާހިދު (ޝާޑު) ހުރިއިރު، ދެ ޓީމުން ވެސް ފުރަތަމަ ކޮޅުގައި ފުރުސަތު ތަނަވަސްކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ.

ވެލެންސިއާ އިން ލީޑުނެގީ މެޗުގެ 30 ވަނަ މިނިޓްގައި އޭރިއާތެރެއިން، ޓީސީ ކީޕަރު މުހައްމަދު މާހިލް މުފީދު އަތުގައި ޖެހިފައި ނުކުތް ބޯޅައެއް ހޯދައި، މުހައްމަދު އައިހަމް އިބްރާހިމް ޖެހި ގޯލުންނެވެ.

ޓީސީ ކުޅުންތެރިއަކު ކައިރިން ވެލެންސިއާގެ ކެޕްޓަން، ޖޫދު ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ވެލެންސިއާ އިން ލީޑުނެގިތާ 10 މިނިޓް ފަހުން، ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެ ޓީމުން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ އޭރިއާތެރެއިން ވޮލީ އަކުން ވެލެންސިއާގެ މުހައްމަދު ނާމީ ނަޒީފް ޖެހި މޮޅު ގޯލެކެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ވެލެންސިއާ އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ދެ ލަނޑު ޖެހީ އަގްސާން އަހުމަދު ނަސީމް އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އަގްސާން ވަނީ ކީޕަރު މާހިލް ގައިމަތިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ އަގްސާން ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ.

މެޗުގެ 60 ވަަނަ މިނިޓްގައި އައިހަމް ވެލެންސިއާގެ ފަސް ވަނަ ގޯލު ޖަހާފައިވަނިކޮށް، އޭގެ މިނިޓެއް ފަހުން ވެލެންސިއާ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ޔޫސުފް އާއިޝް މުހައްމަދު ގޯލު ޖެހީ ވެލެންސިއާ ކީޕަރު އަބްދުﷲ ރަޒީފް ބޯމަތިން ބޯޅަ ފޮނުވާލައިގެންނެވެ.

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ވެލެންސިއާ އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ވެލެންސިއާގެ ކެޕްޓަން، މުހައްމަދު ޖޫދު އަޝްފާގު އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ވެލެންސިއާގެ ފަހު ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ހަސަން އަމާން ޒާހިރު އެވެ. އޭނާ މި ގޯލު ޖެހީ ހުރަސްދަނޑީގައި ޖެހިފައި އައި ބޯޅައެއް ހޯދުމަށް ފަހު ތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ސޯޅަ އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޫބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، އެ ޓީމާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ އިންޑިއާ، މިޔަންމާ އަދި ކުވޭތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox