16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދައިފި

Jul 3, 2022, 6:15 PM
ވެެލެންސިއާ ކުޅުންތެރިން ޔޫތު ޗެމްޕިއަންޝިޕް ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ވެެލެންސިއާ ކުޅުންތެރިން ޔޫތު ޗެމްޕިއަންޝިޕް ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި މިރޭ 2-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ކްލަބް ވެލެންސިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ އަވަސް ކުޅުމެކެވެ. ލިބޭ ބޯޅަތައް ހިފަހައްޓައިގެން ކުޅުމުގެ ބަދަލުގައި ދެ ޓީމުން ވެސް އެޓޭކަށް ސަމާލުކަން ދީގެން ކުޅެން ފެށި އެވެ. އެ ގޮތުން މެޗުގެ ހަ ވަނަ މިނިޓްގައި ވެލެންސިއާގެ ކުރިއަށް ކުޅޭ މުހައްމަދު އައިހަމް އިބްރާހިމް އަރިމަތިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން، ޔުނައިޓެޑް ވިކްޓަރީގެ ކުރިއަށް ކުޅޭ އަހުމަދު އަޒުލާން އަލީ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ވެލެންސިއާ އިން ލީޑުނެގީ މެޗުގެ 22 ވަނަ މިނިޓްގައި އަގްސަން އަހުމަދު ނަސީމް އެވެ. ޕެނަލްޓީ އަކުން އަގްސަން ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އާރިޒް ބިން ޝާހިދު އަތުގައި ޖެހިފައި ނުކުތް ވަގުތު، އަގްސަން ވަނީ ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިފަ އެވެ. މިއީ އައިހަމް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެެވެ.

ވެލެންސިއާގެ އަގްސަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓަރީ އަށް އެއްވަރުކޮށްދޭން ހުސް ފުރުސަތެއް ލިބުނެވެ. އެ ގޮތުން މެޗުގެ 38 ވަނަ މިނިޓްގައި އޭރިއާތެރެއިން އަޒުލާން ފޮނުވާލި ބޯޅަ ވެލެންސިއާ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 15 މިނިޓް ހިނގިތަނާ، މެޗުގެ 55 ވަނަ މިނިޓްގައި ވެެލެންސިއާގެ ކުރިއަށް ކުޅޭ އަަގްސަން އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ވެލެންސިއާ އިން ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް މެޗުގެ 60 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ގޮތުން ޔުނައިޓެޑް ވިކްޓަރީގެ އޭރިއާތެރެއިން ވެލެންސިއާގެ ހުސެއިން އާއިޝް އަބްދުލް ވާހިދު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ނަތީޖާ ހަމަހަަމަކުރަން ޔުނައިޓެޑް ވިކްޓަރީން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް، ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތުން މެޗުގެ 68 ވަނަ މިނިޓްގައި އައިހަމް ވަނީ ވެލެންސިއާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އައިހަމް ބޯޅަ ހިފައިގެން އޭރިއާތެެރެއިން ވަދެ، ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ވެލެންސިއާ އިން ލީޑުފުޅާކުރުމާ އެކު ޖެހިގެން ޔުނައިޓެޑް ވިކްޓަރީން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ، 70 ވަަނަ މިނިޓްގައި ލަނޑެއް ޖަހައި އުންމީދެއް ހޯދި އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު ރަޒާން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

އޭގެ ހަ މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީ އަށް ނަތީޖާ ހަމަހަމަކޮށްދޭން އެ ޓީމުގެ މުހައްމަދު އަރުޝަދު ސަލީމް މުޅިން ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ދުރު ކަނަށް ފޮނުވާލަން ޖެހިި ބޯޅަ ވެލެންސިއާގެ ކީޕަރު އަބްދުﷲ ރަޒީފް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ އަރުޝަދު (ކ) މިރޭގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެން ދުވަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެލެންސިއާގެ އައިހަމް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެލެންސިއާގެ އަގްސަަން ހޯދީ ހަ ގޯލު ޖަހައިގެންނެވެ. އެެންމެ މޮޅު ކޯޗަކީ ވެލެންސިއާގެ އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ވެލެންސިއާގެ، ރަޒީފް، އަގްސަން، މުހައްމަދު ޖޫދު އަޝްފާގު، އަހުމަދު ހަމްދާން އަޒްލީން، ޔޫސުފް ނަމިކް އަލީ ނަސީރު، ޓީސީގެ ޔޫސުފް އާއިޝް މުހައްމަދު، އީގަލްސްގެ އަޝްހަމް އިބްރާހިމް މުހައްމަދު، ޔުނައިޓެޑް ވިކްޓަރީގެ އަޒުލާން، މުހައްމަދު އުނައިޝް ބިން ނޫހު، ރަޒާން، އަދި އަހުމަދު އަލްތަފް އަޒީމް އެވެ.

ސޯޅަ އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޫބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، އެ ޓީމާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ އިންޑިއާ، މިޔަންމާ އަދި ކުވޭތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox