16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: ފަސޭހައިން އީގަލްސް ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ފައިނަލަށް

Jun 29, 2022, 1:24 PM
އީގަލްސްގެ އަޒުލާން ބޯޅަ ފޮނުވާލަނީ: މި މުބާރާތުގައި އަޒުލާން އަންނަނީ މޮޅު ކުުޅުމެއް ދައްކަމުން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އީގަލްސްގެ އަޒުލާން ބޯޅަ ފޮނުވާލަނީ: މި މުބާރާތުގައި އަޒުލާން އަންނަނީ މޮޅު ކުުޅުމެއް ދައްކަމުން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުން ފަަސޭހަކަމާ އެކު 4-0 އިން ކްލަބް އީގަލްސް ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ގްރޫޕް ސްޓޭޖު ނިމުނުތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން ސެމީ ފައިނަލް މެޗުތައް ކުޅޭއިރު، އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ ކުޅެން ޖެހޭނީ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ފުރަތަމަ 13 މިނިޓް ތެރޭ ޔުނައިޓެޑް ވިކްޓަރީން ވަނީ އީގަލްސް ކޮޅަށް ތިން ގޯލު ޖަހައިފަ އެވެ. މި ތިން ގޯލުގައި ވެސް ޔުނައިޓެޑް ވިކްޓަރީން ފައިދާނަގާފައިވަނީ އީގަލްސްގެ ފަހަތުން ލިބޭ ހުސް ޖާގަތަކުގެ އެވެ. ރަނގަޅު ތަނުގައި ހުރެެ، ގޯލުގެ ހުސްތަނަށް ބޯޅަ ފޮނުވާލަނީ އެވެ.

މެޗުގެ ދެ ވަނަ މިނިޓްގައި އީގަލްސްގެ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ އަހުމަދު އަލްތަފް އަޒީމް ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުލުފުލުގައި ރަނގަޅު އެޓޭކްތަކެއް ކުރަމުންދިޔަ ޔުނައިޓެޑް ވިކްޓަރީގެ ދެ ވަނަ ގޯލު ޖެހީ، މެޗުގެ 10 ވަނަ މިނިޓްގައި މުހައްމަދު އަރުޝަދު ސަލީމް އެވެ. އީގަލްސް ޑިފެންސް ފަހަތުން ލިބުނު ބޯޅަ އަރުޝަދު ވަނީ އީގަލްސްގެ ކީޕަރު މުހައްމަދު ރައްޔާން ބޯމަތިން ގޯލަށް ވައްދާލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީގެ ކުރިއަށް ކުޅޭ އަހުމަދު އަޒުލާން އަލީ ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލީ ތިިރިތިރިންނެވެ.

އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އީގަލްސް އިން މެޗު ފަށައި ރަނގަޅަށް ހަމަޖެހިނުލެވެނިސް ތިން ގޯލު ބައިކޮޅަށް ވަނުމުން މެޗުގެ ތެރެއަށް ވަންނަން އުނދަގޫވި ނަމަވެސް ގޯލު ޖަހާނެ ފުރުސަތައް ތަނަވަސްކުރި އެވެ. އެކަަމަކު، އެ ފުރުސަތުތަކުގެ ބޭނުންހިފައި ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.

އީގަލްސް އިން ފުރަތަމަ ހާފުގައި ގޯލެއް ޖެހި ނަމަވެސް އެ ޓީމުގެ އަޝްހަމް އިބްރާހިމް މުހައްމަދު ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އަޝްހަމް ފުރަތަމަ ހާފުގައި ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވި އެވެ. ޔުނައިޓެޑް ވިކްޓަރީ އޭރިއާބޭރުން ލިބުނު ދެ ހިލޭ ޖެހުމުން އީގަލްސްގެ އަހުމަދު އަފްލާޒް ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

މި މެޗުގައި ޔުނައިޓެޑް ވިކްޓަރީން ފަހު ގޯލު ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އީގަލްސްގެ ޑިފެންސް ފަހަތަށް މަތިން ވެއްޓުނު ބޯޅަ ހިފައިގެން އޭރިއާތެރެއަަށް ވަދެ، އަޒުލާން ފޮނުވާލި ބޯޅަ ކީޕަރު ރައްޔާން އަތްކައިރިން ވަނީ ގޯލުގެ ކައިރީ ކަނަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް އަޒުލާން އެވެ.

ސޯޅަ އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޫބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، އެ ޓީމާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ އިންޑިއާ، މިޔަންމާ އަދި ކުވޭތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox