16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: އަފްލާޒްގެ ހެޓްރިކުން އީގަލްސް ސެމީ އަށް

Jun 9, 2022, 2:56 PM
އީގަލްސްގެ އަފްލާޒް (ވ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އީގަލްސްގެ އަފްލާޒް (ވ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމުން މިހާރު ކުރިއަށްގެންދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަހުމަދު އަފްލާޒްގެ ހެޓްރިކާ އެކު 4-3 އިން ދަ ގްރާންޑޭ ސްޕޯޓްސް ބަލިކޮށް، ކްލަބް އީގަލްސް އިން ސެމީ ފައިނަލުގެ ފަހު ޖާގަހޯދައިފި އެވެ.

މި މަހު 29 ވަނަ ދުވަހު ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުތައް ކުޅޭއިރު، ފުރަތަމަ ސެމީގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ކުޅޭނީ އީގަލްސްއާ އެވެ. ދެ ވަނަ ސެމީގައި ކްލަބް ވެލެންސިއާ އިން ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތްއިރު، ދަ ގްރާންޑޭ އާއި އީގަލްސް ތެރެއިން މޮޅުވާ ކޮންމެ ޓީމަކަށް ވެސް އޮތީ ސެމީގެ ދޮރު ހުޅުވިފަ އެވެ. އެއީ މި ގްރޫޕްގައި އޮތީ ތިން ޓީމު ކަމަށްވާއިރު، ފުރަތަމަ ދެ މެޗުން މޮޅުވެ، ވެލެންސިއާ ސެމީ އަށް ދަތުރުކޮށްފައިވާތީ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިއަދު ހަވީރުގެ މެޗުގައި އީގަލްސް އިން މޮޅުވީ ފަހު ވަގުތާ ހަމައަށް ރަނގަޅަށް މަސައްކަތް ކޮށްގެންނެވެ. މެޗުގައި އީގަލްސްގެ ފޯވާޑް އަފްލާޒް ހެޓްރިކެއް ހަދައި، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، މުހިންމު ދަނޑިވަޅުތަކުގައި ތަފާތު ދެއްކީ އޭނާ އެވެ.

މިއަދުގެ މެޗުގެ ތެރެއިން އީގަލްސްގެ އަފްލާޒް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗުގެ ހަތަރު ވަނަ މިނިޓްގައި އީގަލްސްގެ އަޝްހަމް އިބްރާހިމް މުހައްމަދު ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދިނެވެ. މެޗުގެ 27 ވަނަ މިނިޓްގައި އަފްލާޒް އީގަލްސްގެ ލީޑުފުޅާކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭގެ މުހައްމަދު ނަހުޒާން އަހުމަދު ވަނީ ގޯލެއް ޖަހައި އެ ޓީމަށް މެޗުގެ އުންމީދު ހޯދައިދީފަ އެވެ. އަދި ދެ ވަނަ ހާފް ފެށިގެން ލަސްތަކެއް ނުވެ، ނަހުޒާން ވަނީ ދެ ވަަނަ ގޯލެއް ޖަހައި ދަ ގްރާންޑޭ އަށް ލީޑުނަަގައިދީފަ އެވެ.

އެކަމަކު، މެޗުގެ 64 އާއި 72 ވަނަ މިނިޓްގައި ދެ ގޯލު ޖަހައި، އަފްލާޒް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެެވެ. މެޗުގެ އިތުރު ވަގުތުގައި ދަ ގްރާންޑޭ އިން ތިން ވަނަ ގޯލު ޖެހިިއިރު، މިއީ އީގަލްސްގެ ކީޕަރު އަބާން އިބްރާހިމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ސޯޅަ އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޫބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، އެ ޓީމާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ އިންޑިއާ، މިޔަންމާ އަދި ކުވޭތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox