ދަރަނި ނެގުމާ ބެހޭ މާއްދާތަކުގެ ސަސްޕެންޝަން އުވައިލަން ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފައިސާ ޗާޕްކުރަން ސަސްޕެންޑް ކުރި މާއްދާތަކުގެ ސަސްޕެންޝަން އުވައިލަން އޭނާ ހުށަހެޅުއްވި

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފައިސާ ޗާޕްކުރަން ސަސްޕެންޑް ކުރި މާއްދާތަކުގެ ސަސްޕެންޝަން އުވައިލަން އޭނާ ހުށަހެޅުއްވި

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްޖެއަށް ކުރިމަތިވި މާލީ މައްސަލައަށް ހައްލެއް ހޯދަން، އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ޓަކައި (ފައިސާ އިތުރަށް ޗާޕްކުުރުމަށް ޓަކައި) އެކަމަށް ހުރަސް އަޅާ މާއްދާތައް ސަސްޕެންޑްކޮށްފައި އޮތް އޮތުން އުވައިލަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ކޮވިޑް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ޓޫރިޒަމް ހުއްޓުމުން، ފައިސާ އިތުރަށް ޗާޕްކުރުމަށް ޓަކައި ސަސްޕެންޑްކުރީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ބ) އެވެ.

އެ މާއްދާތައް ފުރަތަމަ ސަސްޕެންޑްކުރީ 2021 ވަނަ އަހަރު އެވެ. އެ މާއްދާތައް ސަސްޕެންޑްކޮށް، ހަތަރު ބިލިޔަން ރުފިޔާ ޗާޕްކުރުމުގެ ހުއްދަ، މަޖިލީހުން ދިނީ އެއް އަހަރު ދުވަހަށެވެ. އޭގެ ފަހުން މިއަހަރުގެ އޭޕްރިލް މަހު އެ ހުއްދަ ވަނީ އަލުން އާކޮށްދީފަ އެވެ. ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އިތުރަށް ލޯނު ނެގުމުގެ ފުރުސަތު ވެސް އެ މާއްދާތައް ސަސްޕެންޑްކޮށްފައި އޮތުމުން ސަރުކާރަށް ލިބެ އެވެ.

އެ މާއްދާތަކުގެ ސަސްޕެންޝަން އުވައިލަން ޖެހޭ އެއް ސަބަބަކީ ގަރާރުގައި ސައީދު ވިދާޅުވި ގޮތުގައި އެ މާއްދާތަކުގެ ސަސްޕެންޝަން އުވައިލަން އެދިވަޑައިގަންނަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވުމެވެ. އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ 9.7 ޕަސެންޓުން ކުރިއަރާނެ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވުމަކީ ވެސް ސައީދު ވިދާޅުވި ގޮތުގައި މާއްދާތަކުގެ ސަސްޕެންޝަން އުވައިލަން ޖެހޭ ސަބަބެކެވެ.

"ގާނޫނުގައި ކަޅާއި ހުދުން މި މާއްދާތައް ލިޔެފައި ވަނީ ގައުމުގެ އިގުތިސާދު ނަގަހައްޓައި އަދި ސަރުކާރުން ނަގަމުންދާ ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓައި ހަރުދަނާ އިގުތިސާދީ ސިޔާސަތުތަކެއް ތަންފީޒުކުރުމަށާއި ދުނިޔެ ގަބޫލުކުރާ އެކައުންޓިން ހަމަތަކަށް ތަބާވެ، ގައުމުގެ އިގުތިސާދުގެ މައިތަނބު ރޫޅިގެން ދިޔަ ނުދިއުމަށް ޓަކައި ކަމަށް ވީ ހިނދު،" ގަރާރުގައި ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ސަރުކާރުން ހިތުހުރި ގޮތަކަށް ލޯނު ނެގުމާއި ދަރަނި ދައްކަން ލޯނު ނެގުން ފަދަ އިގުތިސާދަށް އޭގެ ގެއްލުން ބޮޑު ކަންތައްތައް ކުރުމުގެ ފުރުސަތު އޮތުމުން ގައުމަށާއި ރައްޔިތުންނަށް އިއާދަކުނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އެހެންވެ, އެ މާއްދާތަކަށް އަމަލުކުރުން ހުއްޓުވާފައި އޮތް އޮތުން ނިމުކަކަށް ގެންނަން އޭނާ އިލްތިމާސް ކުރެއްވި އެވެ.

ސަސްޕެންޑް ކުރި މާއްދާއިން މަނާކުރާ ކަންތައްތައް

ކޮވިޑްގެ ބަލިމަޑުކަމުގައި ފައިސާ ޗާޕްކުރުމަށް ޓަކައި ސަސްޕެންޑްކުރީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ތިން އަކުރެކެވެ. އޯވަޑްރޯކުރުން ނުވަތަ ފައިސާ ޗާޕްކުރުމުގެ މިންގަނޑުތައް އޮތީ އެ މާއްދާގެ (ހ) ގަ އެވެ. އެ އަކުރުގައިވާ ގޮތުން މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގޭނީ ގިނަ ވެގެން 91 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރާ ގޮތަށެވެ. އެގޮތަށް ނެގޭނީ ވެސް ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީގެ ޖުމްލައިން އަހަރަކަށް ޖެހޭ އާމްދަނީގެ އެއް ޕަސެންޓާ އެއްވަރުގެ އަދަދެއްގެ ފައިސާ އެވެ.

މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ފައިސާ ޗާޕްކުރީ މި މިންގަނޑާ ހިލާފަށެވެ. އެއީ އެ އަކުރަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓައިލަން މަޖިލީހުން ފާސްކޮށްފައި އޮތީމަ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުން 1 ޖެނުއަރީ 2016 އިން ފެށިގެން، ދައުލަތުން ދަރަންޏަށް ފައިސާ ނަގަންވާނީ، ގައުމީ ތަރައްގީގެ މަޝްރޫއުތަކަށާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަންޏެވެ. ދަރަނި އަދާކުރުމަށް ޓަކައި ދަރަންޏަށް ފައިސާ ނެގުމަކީ އެ އަކުރުން މަނާކޮށްފައި އޮތް ކަމެކެވެ.

އެ މާއްދާގެ (ބ)ގައިވާ ގޮތުން ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ޓަކައި ( ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ޓަކައި) އެމްއެމްއޭ އިން ފައިސާ ނެގޭނީ 14 ދުވަހުގެ ތެރޭގައި ދައްކާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox