ނިމިދިޔަ ހަފުތާ: ކައުންސިލްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުވުމަށް އުއްމީދެއް

Jun 4, 2022, 2:57 AM
ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައެއް ބައިވެރިންނާ ރައީސް ސޯލިހު ވާހަކަ ދައްކަވަނީ: މި ކޮންފަރެންސްގައި ކައުންސިލްތަކަށް އުއްމީދެއް ލިބިގެންދިޔަ. -- ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައެއް ބައިވެރިންނާ ރައީސް ސޯލިހު ވާހަކަ ދައްކަވަނީ: މި ކޮންފަރެންސްގައި ކައުންސިލްތަކަށް އުއްމީދެއް ލިބިގެންދިޔަ. -- ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ގާނޫނު ހިންގުމުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބަލައި އެކަމަށް ހައްލު ހޯދުމަށް އއ. އުކުޅަހުގައި މެއި 28-29 އަށް ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިމިގެން ދިޔައީ ކާމިޔާބު ކަމާއެކު އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުންނާއި ދައުލަތުގެ އިދާރާތަކުގެ އިސްވެރިންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި މެދުރާއްޖެތެރޭގެ ރަށްރަށުގެ ކައުންސިލްގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ހިމެނޭ ގޮތަށް ޖުމުލަ 172 ބައިވެރިންނާއެކު ބޭއްވި ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކުން ގިނަ ކަންބޮޑުވުންތަކެއް ބަންޑުންކޮށްލި އެވެ.

މިހާރު އިންތިހާބުކޮށްފައިވާ ކައުންސިލްތައް ހިންގަމުން އަންނަތާ އަހަރެއްވީއިރު، ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކައުންސިލްތަކުން ވިޔަފާރި ކުންފުނި އުފައްދައި ވިޔަފާރިކުރުމުގެ ފުރުސަތު ދީފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރި އެވެ. ކޮންފަރެންސަށް އައުމުގެ ކުރިން ސަރުކާރުން ވަނީ ކައުންސިލްތަކުން ވިޔަފާރިކުރުމުގެ ގަވާއިދު އެކުލަވާލައި ނެރެފަ އެވެ. ނަމަވެސް އެ ގަވާއިދުގެ ދަށުން ކުންފުންޏެއް ރަޖިސްޓްރީކޮށްފައި ނެތްއިރު، ކުންފުނިތައް ރަޖިސްޓްރީކުރުމުގައި ދޭންޖެހޭ ސަމާލުކަމާއި ހުއްދަ ދޭނެ ގޮތްތައް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހިއްސާކޮށް ދެއްވެވި އެވެ.

ކައުންސިލްތައް ހިންގުމަށް ދެވޭ ބަޖެޓް ކުޑަވުމުގެ ޝަކުވާއަށް ހައްލެއް ގެނައުމަށް ކައުންސިލްތަކުން ހުށަހެޅީ މިހާރު ދައުލަތުގެ ބަޖެޓުން ދޭ މިންވަރު އަށް ޕަސެންޓަށް އިތުރުކޮށް، ކައުންސިލްތަކަށް ފައިސާ ދޫކުރާ ފޯމިއުލާއަށް ބަދަލު ގެނައުމަށެވެ. އަދި އިންވެސްޓްމެންޓް ފަންޑެއް އެކުލަވާލެއްވުމަށް ވެސް ކައުންސިލަރުން އެދިފައިވެ އެވެ. އޭގެ އިތުރުން މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި, އަތޮޅު ކައުންސިލްތަކަށް އެއްކޮށް ލިބޭނެ ގޮތް ހެދުމަށް ވެސް ހުށަހެޅި އެވެ.

އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ނިންމަވާފައިވާކަން ރައީސް ސޯލިހު އިއުލާނު ކުރެއްވީ ވިއަވަތި ކޮންފަރެންސްގަ އެވެ. އޭގެއިތުރުން ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ގްރީން ޓެކްސްއިން ބައެއް ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވާކަން ކޮންފަރެންސްގައި ވަނީ ހާމަކޮށްފަ އެވެ.

މާލީ ދަތިކަމުގެ އިތުރުން ކައުންސިލްތައް ހިންގުމަށާއި ރަށުގައި ކުރަންޖެހޭ ކަންކަމަށް ބުރޫއަރާފައި ވަނީ ގާނޫނުގައި ލާޒިމުކުރާ ލޭންޑްޔޫސް ޕްލޭން ނުވަތަ ބިނާވެެށި ޕްލޭން ނުނިމިގެންނާއި އެ ނިންމުމަށް ފަހު ވެސް ފާސް ނުވެގެންނެވެ. އެ ދަތިތައް ފިލުވަން ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ރައީސް ސޯލިހު، ވިިއަވަތި ކޮންފަރެންސްގައި ވިދާޅުވި އެވެ.

ނިމިދިޔަ ހަފުތާގައި ފާހަގަކޮށްލެވޭ މުހިންމު ދާއިރާތަކުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ހާއްސަކޮށް ތެލާއި ކާބޯތަކެތީގެ އަގު ބޮޑުވަމުން ދިޔުމުގެ އަސަރު ރާއްޖެއަށް ކުރިމަތިވުން ފާހަގަ ކުރެވެ އެވެ. ރާއްޖޭގައި ވެސް ތެލުގެ އަގު މަތީގައި ހުރިއިރު ކާބޯތަކެތީގެ ބައެެއް ބާވަތްތަކުގެ އަގުވެސް ވަނީ އުފުލިފަ އެވެ. މިދިޔަ ހަފުތާގައި އެންމެ ބޮޑު ފާހަގަކޮށްލެވެނީ މަސްދަޅުގެ އަގު ބޮޑުކުރުމާއި ކުކިން އޮއިލްގެ އަގު ބޮޑުވުމެވެ.

ދަތިތައް ހުރި ނަމަވެސް ރާއްޖޭ އިގްތިސޯދުގެ ދުވެލި މިވަގުތު ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވާ ކޮންމެ ހާދިސާއެއް އަދި ބަލިމަޑުކަމެއްގެ އަސަރު ވެސް އެންމެ ބޮޑަށް ކުރާ ގައުމަކީ ރާއްޖެ ކަމަށެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށް، ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"މި ހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް ދާން މި ޖެހެނީ. އިރާދަކުރެއްވިއްޔާ އެހެންނަމަވެސް އަޅުގަނޑުމެންގެ އިގްތިސޯދު ދުވެލި ހުރީ ރަނގަޅު ދިމާލަށް. ހަރަދުތައް ބޮޑުވުމާއެކީގައި ގެންނަން ޖެހޭ ބަދަލުތައް ޕްރޮޖެކްޓުތައް ގެނެސް، ރަނގަޅު މިސްރާބަށް ކުރިއަށް ގެންދާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރަށާއި އެހެން ގައުމުތަކުގެ މާލީ ހާލަތުގެ ސަބަބުން ރާއްޖެއަށް ވެސް އަސަރު ކުރާ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއާ "ނުބެހޭ ކަންކަމުގެ އަސަރު ވެސް" ރާއްޖެއަށް ފޯރާ ކަމަށް ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރުގައި ހާއްސަކޮށް ތެލާއި ކާބޯތަކެތީގެ އަގު ބޮޑުވަމުން ދިޔުމުގެ އަސަރު ރާއްޖެއަށް ވެސް ކޮށް، އެކަމާ ގުޅިގެން ދައުލަތުގެ ބަޖެޓަށް ފިއްތުންތައް ކުރިމަތިވި ނަމަވެސް، ދައުލަތުގެ ދަރަނި އަދާކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވާފައިވެ އެވެ. ނަމަވެސް ދަތިތައް މިހެން ހުރުމާއެކު ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނެ ތަރުތީބަށް ބަދަލު ގެނެސް، ދައުލަތުގެ ހަރަދުތައް ކުޑަކުރުރަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

މުހިންމު ހަބަރުތައް

  • ކުލީގެ 34 މިލިއަން ދޫކޮށް، އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ނިންމައިފި

ބީއެމްއެލް ޕީއޯއެސް ބޭނުންކޮށްގެން ކައުންސިލްތަކަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

    • ރައީސްގެ ވިއަވަތި ތަސައްވަރު: "ބާއްޖަވެރި، ފުދުންތެރި ރަށްތަކެއް، އިޖުތިމާއީ ހިތްފަސޭހަކަން މާލެއަށް"
    • ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުމާއި އެތެރެކުރުން މިހާރު މަނާ ވާނެ
    • އައްޑޫ މާރާމާރީގައި އަނިޔާވި ޒުވާނަކު މަރުވެއްޖެ
    • އިހަވަންދިއްޕޮޅުގައި އެސްޓީއޯއިން ތެޔޮ ސްޓޯރޭޖެއް އަޅަނީ
    • އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 ގައި، ބައިވެރިކުރާނީ އީސީގެ ދަފްތަރަށް ބަލައިގެން

    ހަފްތާގެ ހޮވާލެވޭ ލިޔުންތައް

    1. ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ކުޑަކުރަން ސަރުކާރުން ހުށަހެޅި އިސްލާހު އެގޮތަށް ފާސްވިނަމަ ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް، 17 އަތޮޅެއްގައި ހިންގަމުން އައި ރިސޯޓުތަކާއި، މެރީނާތަކާއި، ހޮޓާތަކުގެ ކުލި ކުޑަވެގެންދާނެ ގޮތަށް، ސަރުކާރުން އިސްވެ ޓޫރިޒަމް ގާނޫނު އިސްލާހުކުރަން އުޅުމުން އުފެދުނު ކަންބޮޑުވުމާއި އެކަމުން ދައުލަތަށް ލިބޭނެ ގެއްލުން އަމަން ހަލީމްގެ މި ރިޕޯޓުގައި ގެނެސްދީފައިވެ އެވެ.
    2. ލޭންޑްޔޫސް ޕްލޭން ހެދުމުގައި ދަތިތަކާއި ޝަކުވާތައް ބޮޑުވެފައި އޮތް ދަނޑިވަޅެއްގައި ނިމިގެންދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި "ޑްރޯން"ގެ ހައްލުގެ ވާހަކަ އާއި މިނިސްޓަރަށް ކުރިމަތިވި ފާޑުކިޔުންތައް ނާޒިމް ހަސަން މި ލިޔުމުގައި ގެނެސްދީފައިވެ އެވެ.
    3. "ރާއްޖެއާ ނުބެހޭ" ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކުގެ އަސަރު ރާއްޖެއަށް ވެސް ފޯރާނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެފައިވާއިރު ތެލުގެ ސަބްސިޑީ ބޮޑުވެފައިވާ ކަމަށް އެ ބޭފުޅުން ވެސް ވިދާޅުވެ އެވެ. މުހައްމަދު ވިޝާމްގެ މި ލިޔުމުގައި ސަބްސިޑީ ދިނުމުގެ ކަންބޮޑުވުމާއި ހައްލު ބުނެދީފައިވެ އެވެ.
    • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ކުނިމެނޭޖްކުރުމާބެހޭ ގަވާއިދަށް ގެނެވުނު ފަސް ވަނަ އިސްލާހު ލާޒިމުކޮށްފައި ވަނީ ޖޫން 1 އިން ފެށިގެން ގޭބިސީ ތަކުގައި އުފެދޭ ކުނި އުކާލަން ހަވާލުކުރުމުގެ ކުރިން، ތިން ބާވަތަކަށް ކުނި ވަކިކުރުމަށެވެ. މިކަމަށް ދީނީ ނަޒަރަކުން ރޫޙުލްއަމީން ޢަބްދުﷲ ލިޔުމެއް ލިޔުއްވާފައިވެ އެވެ.

    ކޮމެންޓް

    ފަހުގެ ޚަބަރު

    ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

    ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

    ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

    ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

    ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

    ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

    ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

    ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

    ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

    މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

    ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

    ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

    ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

    ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

    Newsletter

    Get the latest news delivered straight to your inbox