ހުލާސާކޮށް އިއްޔެ: ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ދެއްވުން

ހުލާސާކޮށް އިއްޔެ: ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ދެއްވުން

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން ދިޔުމާ ގުޅިގެން ބަޖެޓަށް ފިއްތުންތަކެއް ހުރި ނަމަވެސް ދަރަނި އަދާކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ދިމާނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިއްޔެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިގުތިސޯދީ ކޮމިޓީގައި އަމީރު އިއްޔެ މިހެން ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި އެއްވެސް ދަތިކަމެއް ހުރިތޯ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އަމީރު ވަނީ ދަރަނި ދެއްކުމުގެ އެއްވެސް "ރިސްކެއް" ނެތް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މި ޔަގީންކަން ދެއްވާ ސަބަބެއްގެ ގޮތުގައި އަމީރު ފާހަގަކުރެއްވީ މި އަހަރު އަދާކުރަން ޖެހޭ ދަރަނީގެ ހިރާސް ބޮޑުކަމަށް ބަލައި، ފިނޭންސް މިނިސްޓްރީން ދުރާލާ އެޅި ފިޔަވަޅުތަކެވެ.

"ފަހަތަށް ބަލާފައި މިހާތަނަށް ކުރެވުނު ރަނގަޅު ކަންތައްތައް އެންމެ އުފާވަނީ 2021 ގައި ސުކޫކް ވިއްކައިގެން ލަޔަބިލިޓީ މެނޭޖްމަންޓް އެކްސަސައިޒެއް ހިންގާފަ މާކެޓް ޕްރޯ ގޮތަކަށް އަޅުގަނޑުމެންގެ ޑެޓް ސްޓްރަކްޗާ ކޮށްފައިވާތީވެ،" އަމީރު އިއްޔެ ވިދާޅުވި އެވެ.

އަމީރު އެހެން ވިދާޅުވީ މި އަހަރު އަނބުރާ ދައްކާ ގޮތަށް 2017 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިއްކި 200 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑަށް އިޝާރާތް ކުރައްވަ އެވެ. މިއީ ދިވެހި ސަރުކާރުން ބޭރުގެ މާލީ ބާޒާރުގައި ވިއްކި ފުރަތަމަ ސޮވަރިން ބޮންޑެވެ.

ކުރިން އޮތް ގޮތުން ނަމަ މި ބޮންޑަށް އަދާކުރަން ޖެހޭ 250 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ އަންނަ ޖޫން މަހު އެއްފަހަރާ އެވެ. އެކަމަކު ސުކޫކް ވިއްކައިގެން ސަރުކާރުން ވަނީ މިދިޔަ އަހަރު އޭގެ ތެރެއިން 192 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ. މިހާރު ޖޫން މަހު ދައްކަން ޖެހޭނީ ބާކީ 58 މިލިއަން ޑޮލަރެވެ.

އިއްޔެ އަމީރު ވިދާޅުވީ މި 58 މިލިއަން ޑޮލަރާއި އިންޓްރެސްޓް ހިމަނައިގެން މި ބޮންޑުގެ ބާކީ ދައްކަން ބޭނުންވާ 62 މިލިއަން ޑޮލަރަށްވާ ފައިސާ އެބަހުރި ކަމަށެވެ. ބަޖެޓުގައިވާ ގޮތުގައި ބޮންޑުގެ ބާކީ ދައްކާނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިންނެވެ.

ދަރަނީގެ މައްސަލައިގައި އަމީރު އިތުރަށް ވިދާޅުވީ މިހާރު އޮތްގޮތުން ދަރަނި ދެއްކުމުގައި ދަތިކަމެއް ދިމާވާނީ 2026 ގައި ކަމަށެވެ.

ނަމަވެސް ހާލަތާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން އަބަދުވެސް ހަދަންޖެހޭ ދިރާސާތައް ހަދާ، އެއަށް ބިނާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުން މެނޭޖުކުރިި ގޮތަށް މިހާރު ދުނިޔޭގެ އިގުތިސޯދަށް ދިމާވެފައިވާ ކަންކަން ވެސް މެނޭޖުކުރާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކްރައިސިސް މެނޭޖްކުރުން އެއީ ކުރަން ޖެހޭ ކަމެއް. ކުރިން ދިމާވި ކްރައިސިސް ވެސް ރަނގަޅަށް މެނޭޖުކުރިން، އެކަން އެންމެންވެސް ފާހަގަކޮށްފައި ވަނީ. ދަރަނި މެނޭޖުކުރާ ގޮތާ މެދު ވަރަށް ޔަގީންކަން އެބައޮތް." އަމީރު ވިދާޅުވި އެވެ.

އަގުތަކަކީ ކަންބޮޑުވުމެއް، އެކަމަކު އިގުތިސޯދު ދުވެލި ބާރު

މިވަގުތު ނުރައްކަލެއް ނެތް ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާ އަގުތައް، ހާއްސަކޮށް ތެލުގެ އަގާ ހުރެ ބަޖެޓަށް ފިއްތުންތަކެއް އެބަހުރި ކަމަށް އަމީރު އެއްބަސްވެވަޑައިގެންނެވި އެވެ.

އެއީ ތެލާއީ ކާޑުގެ ބާވަތްތައް ސަބްސިޑައިޒްކުރަން ކުރަން ޖެހޭ ހޭދަ އިތުރުވާތީ އެވެ.

ސީދާ އަދަދެއް ވިދާޅުނުވި ނަމަވެސް އަމީރު ވަނީ ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. މިއާ އެކީ ބަޖެޓުކުރި ވަރަށް ވުރެ ބޮޑު އަދަދެއް ހޭދަކުރަން ޖެހި، މިހާރު ވެސް ފައިނޭންސިން ދަތިތައް ދިމާވެފައިވާ ބަޖެޓަށް އިތުރަށް ދަތިވާނެ ކަމަށް ވިދާޅުވި އެވެ.

"ޔޫކްރެއިންގައި މިހިނގާ ހަނގުރާމައާ އެއްކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެއްޖެ. ފުޑް ޕްރައިޒަސް މަތިވެއްޖެ. އެއާ އެއްކޮށް ރާއްޖެއަކީ ސީދާ ރައްޔިތުންނަށް އެ ޕާސް ނުކޮށް ފިއުލް ސަބްސިޑީ، ފުޑް ސަބްސިޑީ ދޭ ގައުމަކަށް ވާތީވެ، ބަޖެޓުން ކުރާ ހޭދަ އިތުރުވެއްޖެ. އެހެންވެ ފިސްކަލް ސްޕޭސް ވަރަށް ބޮޑަށް ސްޓްރެއިން ވެއްޖެ،" އަމީރު ވިދާޅުވި އެވެ.

މި ކަންބޮޑުވުންތަކާ އެކުވެސް ދުނިޔޭގެ އިގުތިސޯދުތަކާ އަޅާ ބަލާއިރު ރާއްޖޭގެ އިގުތިސޯދީ ދުވެލި ބާރު ކަމަށް އަމީރު އިއްޔެ ވިދާޅުވި އެވެ. އަދި މިކަން ވާލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ފަދަ މާލީ އިދާރާތަކުން ފާހަގަކޮށް މި އަހަރު އެންމެ ދުވެލި ބާރު އިގުތިސޯދުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، މައި ސިނާއަތް ޓޫރިޒަމް ހިމެނޭހެން ކޮންސްޓްރަކްޝަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތްތައް ބަރާބަރަށް ހިނގަމުންދާ ކަން އަމީރު ފާހަގަކުރެއްވި އެވެ. ވަކިން ހާއްސަކޮށް ޓޫރިޒަމަށް ބަލާއިރު، އަންދާޒާ ކުރި 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެނުއަރީ، ފެބްރުއަރީ، މާޗް، އޭޕްރީލް، މޭ، މިހާތަނަށް އައިއިރު އަޅުގަނޑުމެންގެ ހަމަ ފޯކާސްޓާ ގާތްގަނޑަކަށް އެއްވަރަކަށް ޓޫރިސްޓުން އެބައާދޭ. 2019 ވަނަ އަހަރުގެ ހަމަ މި މުއްދަތާ އަޅާ ބަލާއިރު އަޅުގަނޑުމެންގެ 2022 ވަނަ އަހަރު، ގާތްގަނޑަކަށް 92 ޕަސެންޓު.. އެޗީވްވެއްޖެ"

އޭގެ ސަބަބުން އިގުތިސޯދީ ކުރިއަރާ ވަރަކަށް ސަރުކާރުގެ އާމްދަނީ އިތުރުވެ، ޖީޑީޕީގެ ނިސްބަތުން ދަރަނި ވެސް ކުޑަވަމުން ދާނެ ކަމަށް އަމީރު ވިދާޅުވި އެވެ. އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނީ ހުރީ ޖީޑީޕީގެ ނިސްބަތުން 122 ޕަސެންޓުުގަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމަށް އާއިލާއިން ނިންމާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ވަކީލުންނަށް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންނެވީ އިއްޔެ އެވެ.
  • ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ސިންގަޕޫރާއި މެލޭޝިއާއަށް ކާގޯ ދަތުރުތައް ފަށަން ތައްޔާރުވެފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ފާޑު ވިދާޅުވަމުން އިއްޔެ ވިދާޅުވީ:

ސިޔާސީ ވެރިކަންގެ ސިޔާސީ ބޭނުމަށް ޓަކައި ދިވެހިން ބާކީވެ، ނިކަމެތި ވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަން ވާނެ. އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަމަށް ސާބިތު ވަނީ އެކަމުގައި ބައިވެރިވާ މީހުންގެ މަދު ކަމުން،

ދުވަހުގެ ފޮޓޯ

ކ. ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ނައިބު ރައީސް ވަޑައިގަންނަވަނީ. ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެ ރަށެއް ހިއްކިއިރު، މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި، ފުޓްސަލް ދަނޑު ފަދަ ތަންތަން --- ފޮޓޯ: ރައީސް އޮފީސް
ކ. ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ނައިބު ރައީސް ވަޑައިގަންނަވަނީ. ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެ ރަށެއް ހިއްކިއިރު، މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި، ފުޓްސަލް ދަނޑު ފަދަ ތަންތަން --- ފޮޓޯ: ރައީސް އޮފީސް

ކ. ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ނައިބު ރައީސް ވަޑައިގަންނަވަނީ. ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެ ރަށެއް ހިއްކިއިރު، މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި، ފުޓްސަލް ދަނޑު ފަދަ ތަންތަން --- ފޮޓޯ: ރައީސް އޮފީސް

ދިރާސާތަކުން ކިޔާލުމަށް

"ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ"

މިއީ އިގްތިސާދީ ގޮތުން ރާއްޖެ ހޯދާ ކުރިއެރުންތަކުގެ ސަބަބުން ދަރަނި ނަގަން ޖެހޭ މިންވަރާއި ދަރަނި ދެއްކޭނެ މިންވަރާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ ސިޔާސަތެވެ. އެގޮތުން 2019 އިން 2021 އަށް ރާއްޖޭގެ ދަރަނި މެނޭޖުކުރަން ނިންމި ގޮތް މި ޝާއިއުކުރުމުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox