ދޯންޏެއްގައި ދެ ކޮންޓެއިނަރު ދޭތެރޭ ފިތިގެން މީހަކު މަރުވެއްޖެ

ހާދިސާގައި މަރުވި އަބްދުﷲ: އޭނާގެ އަންބަކާއި ފަސް ކުދިން ދުނިޔޭގައި އެބަ ތިބި

ހާދިސާގައި މަރުވި އަބްދުﷲ: އޭނާގެ އަންބަކާއި ފަސް ކުދިން ދުނިޔޭގައި އެބަ ތިބި

މ. ތުވަރު ބޭރުގައި ބަނދަރުކޮށްފައި އޮތް ދެ ދޯންޏެއްގެ ދޭތެރޭ މީހަކު މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވީ ބ. ހިތާދޫ، އަބްދުﷲ އަހުމަދު، 60، އެވެ.

ފުލުހުން ބުނީ ދެ ދޯނި ދޭތެރޭ މީހަކު ފިތުނު ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެފައި ވަނިކޮށް މ. ތުވަރު ކައިރިން ބަނދަރުކޮށްގެން އޮތް ދެ ދޯންޏެއް ކައިރިކޮށްގެން އުޅުމުގެ ތެރޭގައި މިއަދު ހަވީރުކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:40 ހާއިރުކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement

އެ ހާދިސާ ހިނގި ދެ ދޯނި ދުއްވާ ލިޓަސް ކުންފުނިން ބުނީ އަބްދުﷲ ފިތުނީ އެއް ދޯނީގައި ހުރި ކޮންޓެއިނަރަކާއި އަނެއް ދޯނީގެ ފައްގަނޑާ ދޭތެރެއަށް ކަމަށް ބެލެވޭ ކަމަށެވެ.

ލިޓަސް ކެރިއާ-2 ، އަބްދުﷲ މަސައްކަތްކުރަމުން އައީ މި ދޯނީގައި
ލިޓަސް ކެރިއާ-2 ، އަބްދުﷲ މަސައްކަތްކުރަމުން އައީ މި ދޯނީގައި

ލިޓަސް ކެރިއާ-2 ، އަބްދުﷲ މަސައްކަތްކުރަމުން އައީ މި ދޯނީގައި

ލިޓަސްގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވި ގޮތުގައި އެކުންފުނީގެ ދެ ދޯނި ކަމަށްވާ، 92 ފީޓުގެ ލިޓަސް ކެރިއާ-2، އަދި 100 ފޫޓަށް ވުރެ ދިގު ލިޓަސް ކެރިއާ-6 ދޯނި، މ. ތުވަރު ބޭރުގައި ބަނދަރުކުރީ ކޮންޓެއިނަރުތަކެއް އަރުވައިގެން އައްޑު އަށް ދަތުރު ކުރަނިކޮށް ކަނޑު ގަދަ ވެގެންނެވެ. އަބްދުﷲ ހުރީ އޭނާ މަސައްކަތްކުރާ ލިޓަސް ކެރިއާ-2 ދޯނީގައި ކަމަށާއި އޭނާ ފިތުނީ ދޯނި ރޯލުކުރުމުގެ ތެރޭގައި ކަމަށް ވެސް ލިޓަސްގެ އޮފިޝަލް ވިދާޅުވި އެވެ. ދެ ދޯނި އަޅާފައި އޮތީ، އެއް ދޯންޏާއި އަނެއް ދޯންޏާ ޖައްސައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ލިޓަސްގެ އޮފިޝަލް ވިދާޅުވީ ހިނގި ހާދިސާއަށް ފަހު އަބްދުﷲ ދޯނިތެރެއަށް ވެއްޓުނީ، ތެދުވެ ހިނގައިގަތް ފަހުން ކަމަށެވެ.

މ. ތުވަރު
މ. ތުވަރު

މ. ތުވަރު

ހާދިސާ އަށް ފަހު ސީއެމްބިއުލާންސްގައި އަބްދުﷲ ގެންދިޔައީ ތުވަރާ 22 ކިލޯމީޓަރު ދުރުގައި އަތޮޅުގެ އިރުމަތީ ބިތުގައި އޮތް މުއްޔަށެވެ.

މ. މުލި ރީޖަނަލް ހޮސްޕިޓަލާ ހަވާލާ ދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެނައިއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އެ ހޮސްޕިޓަލް މެނޭޖަރު އަހުމަދު ނާފިޒު މި ނޫހަށް ވިދާޅުވީ އެ މީހާ މަރުވީ، ދެ ދޯނި ކައިރިކޮށްގެން އުޅުމުގެ ތެރޭގައި، ދެ ދޯނި ދޭތެރެއަށް ވެއްޓުމުގެ ސަބަބުން ކަމަށެވެ. ހާދިސާ ހިނގައިގެން މުލިން ޑޮކްޓަރުންގެ ޓީމެއް އެ ދޯނި ކައިރިޔަށް ދިޔަ ކަމަށް ނާފިޒު ވިދާޅުވި އެވެ.

ނިޔާވިއިރު އަބްދުﷲ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ޑޮކްޓަރުންގެ ފަރާތުން އަދި ނުލިބޭ ކަމަށް ނާފިޒު ވިދާޅުވި އެވެ.

ތުވަރަކީ ޒަމާނުއްސުރެ ވެސް ދެކުނުގެ ރަށްތަކަށް ދާ އަދި އަންނަ ބޯޓުފަހަރު ބަނދަރުކުރާ ރަށެކެވެ. އެ ރަށަކީ އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ރަށެކެވެ.

އަބްދުﷲ މަރުވިއިރު، އޭނާގެ އަންބަކާއި ފަސް ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. ކުރިން މަސްވެރިކަމަށާއި ކަންނެއްޔަށް ދިޔަ އަބްދުﷲ ލިޓަސްގެ ވަޒީފާ އަށް ވަނީ 2018ގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox