އެއް އާއިލާއެއްގެ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މީހާ އަނެއްކާވެސް ހައްޔަރުކޮށްފި

ކުޑަކުދިންނަށް އަނިޔާކުރުމާއި ދެކޮޅަށް މާލޭގައި މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން. ފޮޓޯ: ފައިލް

ކުޑަކުދިންނަށް އަނިޔާކުރުމާއި ދެކޮޅަށް މާލޭގައި މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން. ފޮޓޯ: ފައިލް

އެއް އާއިލާއަކަށް ނިސްބަތްވާ ދެ ކުއްްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލުމަށްފަހު ހމަ އެކޯޓުގެ އަމުރެއްގެ ދަށުން އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

އެމީހާ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބައެއް މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައި ވިޔަސް ކޯޓް އަމުރުގައިވާ ގޮތުން އޭނާއަށް ކުރަނީ ދެކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި 55 އަަހަރުގެ އެ މީހާގެ ބަންދަށް ކޯޓުން އެންމެ ފުރަތަމަ ދިނީ 30 ދުވަހެވެ. ފުލުހުންގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވި ގޮތުގައި، އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ބަންދުން ދޫކޮށްލި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ފުލުހުން މިއަދު ބުނީ ކޯޓުގެ އަމުރެއްގެ ދަށުން އަނެއްކާ ވެސް އެ މައްސަލައިގައި ހިމެނޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރު ލިބުމާއެކު ފުލުހުން މިހާރު ވަނީ އެމީހާ މާލޭގައި ދިރިއުޅޭ ގެޔަށްގޮސް އެމީހާ ހައްޔަރުކޮށްފަ އެވެ.

އޭނާ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ދިން އަމުރުގައިވާ ގޮތުން އޭނާ ފުރަތަމަ ދޫކޮށްލީ ގާނޫނީ ހައްޔަރުކުރުމުގައި ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުވާތީ އެވެ. އެހެންވެ އޭނާ ދޫކޮށްލީ އެ އިޖުރާއަތްތައް ފުރިހަމަކޮށްގެން އަލުން ހައްޔަރުކުރަން ކަން ވެސް ކޯޓު އަމުރުން އެނގެ އެވެ.

އޭނާ ބަންދުކުރަން އަމުރު ދިނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތަށް ބާރުލިބޭ ހި ހުރުމުންނެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު ކުދިންގެ ބަޔާންތަކާއި ފަންނީ ރިޕޯޓްތަކާއި ތަހުގީގު ބަޔާންތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox